މާލޭގެ ސްކޫލެއްގެ ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުލީކޮށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު، އެނގިފައިވާ ގޮތުގައި ބުލީކޮށް ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވި ކުއްޖާ އަށް މިވަގުތު މާލޭ ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފަހަކަށް އައިސް މާލޭގެ ކުދިން ބުލީ ކުރުމާއި ޖިންސީ ފުރައްސާރަ އިތުރުވެފައިވާއިރު، އެކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކޮންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސިރާޖު

    ޓިޔަކަމަކީ މައްސަލަޔަކައްތުރެންބޮޑައް
    ގައުމައްދިމާވެފައިވާ ބައްޔަކާވައްތަރީ

  2. ކީއްކުރާނީ

    ކުދިންނަށް ޖިންސީ އަނިޔާ އާއި ފުރައްސާރަ ނުކުރެއެކޭ ނުބުނަމެވެ. އެހެނަސް މިހާރަކަށް އައިސް އެކަންކަން ހިނގަނީ، ސީދާ ބަޔަކު ރާވައިގެން ކުޑަކުދިންގެ ޤާނޫނު ދަނެ ތިބެއެވެ. 17 ނުވަތަ 16 އަހަރުގެ ކުދިންލައްވާ މިހާރު ހަމަ 2 ފޮޅުވަތުގެ ބަޔާނެއް ދިނަސް ނޫނީ މީހަކު މިހެން ހަދައިފިޔޭ ބުނެލިޔަސް ގެންގޮސް އަނެއްމީހާ ވާނުވާ ޖަހާލެވެއެވެ.

  3. Anonymous

    ތިކަމެއް ނުހުއްޓުވާނެ ތީ އާންމު ކަންކަން

  4. Anonymous

    އަބަދުވެސް ހިމާޔަށް ކުރަނީ ދާދާ ހެދިގެން އުޅޭ ތަޅާ ފޮޅާ ކުދިން އަދަބު ލިބެނީ ކުއްނުކުރާ ކުދިންނަށް

  5. Anonymous

    އަބަދުވެސް ހިމާޔަށް ކުރަނީ ދާދާ ހެދިގެން އުޅޭ ތަޅާ ފޮޅާ ކުދިން އަދަބު ލިބެނީ ކުއްނުކުރާ ކުދިންނަށް އަޅުގަޑު ގެ ދަރިފުޅަށް ކަލާފާނުން ދިން ގެއްލުމަކީ ފޫނުބެދޭނެ ބޮޑު ގެއްލުމެއް މާފެއް ނެތް އެޓީޗަރުންނަކަށް ދުވަހަކުވެސް

    4
    1
  6. އަތް ދޮންނަ ސަންތި

    ތިބާ އަށް މިކަން ވެއްޖިއްޔާ ދެރަވާނެއްނު
    އެހެންވެ ތިބާ ވެސް އެކަން ނުކުރަންވީ.🍿

  7. ފުރައްސާރަ

    ޖިންސީ ފުރައްސާރަ އަކުން ހޮސްޕިޓަލަށްދާ ވަރަށް ކުއްޖަކަށް ތިޔަދިން ހަމަލާ ކުއްވެރިކުރަން. ތިޔަފުރައްސާރަ ދަނެގަންނަންއެބަޖެހޭ

  8. ސސ

    ޖިންސީ ފުރައްސާރަ ޖިންސީ ގޯނާ ކިންސީކުށް، މީ ނަފުސާނީ ބަލިމަޑުކަމެއް މިކަން ރަގަޅުވާނީ ނަފުސު އިސްލާހުކޮށް ނަފުސާނީ ދުޅަހެޔުކަން ލިބިގެން، ނޫސްތަކުގައި ލިއުނަސް މިކަމެއް ރަގަޅުނުވާނެ ! މީ ޕޮރަޕަގަންޑާ ކުޅޭ ސިޔާސީ ކަޓުމަރާގެ ސިޔާސީ ވަފާތެރި ކެހިވެރިންގެ ކިއްލާ !