ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް ޢަބްދުލް ޢަޒީޒު ބިން ސަޢުދު ބިން ނާއިފް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިއަދު ސޮއިކުރެއްވި އެއްބަސްވުމަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިގާރޑިންގ ދަ ސަޢުދީ ފަންޑް ޕަރޓިސިޕޭޝަން އިން ދަ ފައިނޭންސިންގ އޮފް އެފޯޑަބްލް ހައުސިން ސްކީމް ޕްރޮޖެކްޓް، އެންޑް ޑިވެލޮޕްމެންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓް" އެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޓް ޓްރެޜަރީ އަޙުމަދު މުނައްވަރާއި، ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއާރމަން އަޙްމަދު ބިން އަޤީލް އަލް ޚަތީބެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖައްސާތި

  މިދިޔަ މަހު މީރާ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ ނަމަ އެއީ މަމެން އުފާކުރާ ކަމެކޭ އެއީ އެކަމަކު މާ މަދު އަދަދެކޭ އެއަދަދު އެބަޖެހޭ މަދުވެގެން 1 ޓްރިލިއަން ރުފިޔާ އަށް މަހަކު ހަދަން އެކަން ކުރެވެން އޮތީ މާލެ ސަރަހައްދުގައި އޮތް ގުޅިފަޅު ހިއްކާ ގުޅިފަޅުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކުން ކޮންމެ ކުންފުންނަކަށް މަހަކު އަކަފޫޓަކަށް 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 10 ހާސް އަކަފޫޓްގެ 50 ހާސް ގޯތި ކުއްޔަށް ދޭންވީއޭ ގުޅިފަޅު އެއްކޮށް ހިއްކާލާ އަދި ތިލަފުށި ފަޅުއެއްކޮށް ހިއްކާލާ އެއިރުން މަހަކު 500 މިލިއަން ރުފިޔާ ހަމަ އެކަނި ކުލީގެ ގޮތުގައި ލިބޭނެ ނޫންތޭ ދެން އެ 500 މިލިއަން ރުފިޔާ އަށް ގިރާވަރު ފަޅު ހިއްކާ އެތަނުން ވެސް މިދެންނުވުނު އަދަދަށް ބިން ތައް ކުއްޔަށް ދޫކޮށްލުމުން އަނެއް 500 މިލިއަން ރުފިޔާ ލިބޭނެއޭ ދެން މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑުއޮޅި ހިއްކާލާނީ އެފައިސާ އިން އެއިރަށް ލިބޭނެއޭ އެތަނުގެ ބިން ތަައް ކުއްޔަށް ދީގެން 1 ޓްރިލި

 2. އަލީ

  ތަފުސީލު ނުދޭނެ އެެއްވެސް ކަމަކަމި ސަރުކާރުން. ކާލި ލާރި ކޮޅު ފަޅާއަރާފާނެތީ

 3. އަލީ

  ތަފްސީލް ނުދޭނެ އެއްވެސް ކަމެެއް މިސަރުކާރުން. ކާލި ލާރިކޮޅު ފަޅާއަރާފާނެތީ

 4. ރިޝްމާ އަޙްމަދު

  ލާރި ކޭމީހުން ޢަލީއަކަށް އަދިވެސް ނޭގޭތަ؟ މި ކޮމެންޓް ކިޔާލާ! ޖީއެމްއާރަށް އެޔަރޕޯޓްވިއްކާފަ ލިބުނު ޑޮަލަރުތައް ދައުލަތަށް ވަދެފައެއްނެތް! ރާއްޖޭގެ ހުރިހާ ކޮމެޓީތަކުގެ އެކައުންޓތައް ދަވާލާފައި ފައިސާތއް ވީތަނެއް ނޭގޭ! ފެންކުންފުންޏާ ދިރާގުހިއްސާ ވިއްކާލަފައި ލިބުނު ޑޮލަރުތައް ވީ ފޮށާދަށުގައި! ސިވިލްސާވަންޓުންގެ މުސާރައިން 15 ޕަސެންޓް އަތުލާ ވަނީ ބަނޑުއަޅާފަ! ކޮންވެންސަން ސެންޓަރެއްހަދަން 300 މިލިޔަން ރުފިޔާ ބަޖެޓްކޮށް ނުވަސަތޭކަ މިލިޔަން އަތުލާ 600 މިލިޔަން ރުފިޔާ ވީ ބަނޑުއަޅާފަ! މުައައްސަސާތައް ހިންގަން 3 އަހަރު ދިން ބަޖެޓުން ކަމެއް ކޮށްފައިނުވައިރު 3 އަހަރުތެރޭގައި 2 ބިލިޔަންރުފިޔާ ވަނީ ޕަކަޅާކޮށްލާފަ! ހިލޭއެހީދޭ ޖަމާޢަތްތަކުން ދިން އެއްވެސް އެހީއެއް ދައުލަތުގެ އާމުދަނީގެތެރެޔަށް ވަދެފައެއް ނެތް! ދެނ ލަލަލާ