ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، ސޮލަރެލް އިންޝުއަރަންސް ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޕްރިސްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރިސްކޯގެ ޗެއާމަން ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އެވެ. އަދި ސޮލަރެލް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އެންޑް ކޮމްޕްލަޔަންސް މަރިޔަމް ސައިމާއެވެ.

ކަރެކްޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން ސޮލަރެލްގެ މެޑިކަލް ސްކީމް މެދުވެރިކޮށް އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުން އަދި އާއިލާތަކަށް ވަކި ހޮސްޕިޓަލް އަދި ކްލިނިކްތަކަކުން ބޭސް ފަރުވާގެ ހިދުމަތް ހޯދުމުގައި ވަކި އަދަދެއް ހަމަވަންދެން 90 އިން ސައްތަ ކަވަރޭޖް ލިބޭނެއެވެ. އެގޮތުން އާއިލާގެ ތެރޭގައި ހިމެނެނީ އަނބިން/ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނެވެ.

މި މެޑިކަލް ސްކީމްގެ ސަބަބުން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ސިއްހީ ހިދުމަތް ހޯދުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުދަންނަމީހާ

    ކޮބާ މަންމަ ބައްޕަ މި މީހުންނަށް ވެސް ލިބެންޖެބޭދޯ ހިދުމަތް

    2
    1
  2. އަބްދޫ

    ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ދިވެހި ހުރިހާރައްޔިތުންނަށް ވެސް ބޭސްފަރުވާ ކޮށްދެވޭނީ އެއް ފެންވަރެއްގަ އެއްތަނަކުން ނުވަތަ ސަރުކާރުން ކަނޑައޅާފައިވާ އާސަންދަ ހިދުމަތުން އެލައިޑް އިންސޫރަންސް އިން.. ތިޔަ އެއްބަސް ވުމަކީވެސް ގާނޫނުއަސަސިއާ ހިލާފު އެއްބަސް ވުމެއް.

    2
    1