ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ) ދޫކޮށްފިއެވެ.
ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.
ސޯޝަލް ހައުސިންގެ ތެރޭގައި ހިމެނޭ އެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަން އެފްޑީސީން މީގެ ކުރިން ވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ. އެގޮތުން މި ހައުސިން ޔުނިޓްތައް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އިންނެވެ.
ކޮންމެ ކުންފުންޏަކުން 2،000 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ މަޝްރޫއު ގެދަށުން އިމާރާތްކުރެވޭ ދެ ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި ތިން ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.
މި މަޝްރޫއުގެ ދަށުން 900 އަކަ ފޫޓުގެ ތިން ކޮޓަރި އާއި ތިން ފާހަނާގެ 2،800 ހައުސިން ޔުނިޓް އަދި 650 އަކަ ފޫޓުގެ ދެ ކޮޓަރި އާއި ދެ ފާހަނާގެ 1،200 ޔުނިޓް އިމާރާތް ކުރާނެއެވެ.
އިންޑިއާ ހައި ކޮމިޝަނުން ރޭ ބުނީ ރިއަލް އެސްޓޭޓް ތަރައްގީ އާއި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިންޑިއާ އަދި ބޭރު ގައުމުތަކުގައި ހިންގުމުގައި ތަޖުރިބާ ހޯދާފައިވާ ދެ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ވަގުތީ ތައްޔާރީތައް ފެށިފައިވާ ކަމަށެވެ.
ހައި ކޮމިޝަނުން ބުނި ގޮތުގައި އިމާރާތްތަކުގެ ޑިޒައިންގެ ތަފްސީލީ ކުރެހުންތައް މިހާރު ދަނީ ދިވެހި ސަރުކާރު މެދުވެރިކޮށް ފައިނަލް ކުރަމުންނެވެ. އެއީ އިމާރާތްތަކުގެ ޖާގަ އެންމެ ފަހި ގޮތުގައި ބޭނުންކޮށް އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ވީހާވެސް މަތި ކުރުމަށްޓަކައި ކަމަށް ހައި ކޮމިޝަނުން ފާހަގަ ކުރެއެވެ.
ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް ހިޔާވަހިކަން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތެވެ. އެފަދަ ބައެއް މަޝްރޫއުތައް ހިންގަން ބައެއް ކުންފުނިތަކާ މީގެކުރިން ވެސް ވަނީ ހަވާލުކޮށްފައެވެ.
ޥެރިކަމުގެ ދަހިވެތިކަމުގަ ހޮޅިވައުދުތަކެއް ވުމުން ލޯނުންފެންވަރަންޖެހިފަވަނީ ސަރުކާރު ގައުމު ވިއްކާލާފަވެސް ބުނާނެ ވިސްނިއްޖެއޭ ގޯހެއްކަން މީގެހެކި ގުރުއާން ބައެއްފޮތްތަކުން އުނިކުރަން އުޅެނި ކޮއް ގޯހެއްކަމައްބުނެ މިހާރުވިސްނިއްޖެކަމައްބުނުމުން މަސްތުގެ ހުކުން ތަންފީޒް ކޮއްފަތިބޭ ބައެއްފަރާތް ތަކުން ތަކުރާރުކޮއް ކުއްކުރާތަންފެނޭ ވިސްނިއްޖެ ކަމަތް ނަސޭހަތްދިނުމުންބުނާނެ އެއިންކޮއްމެފަހަރަކު.
650 އަކަފޫޓް ކޮތަރު ކޮށި ނޫން ތޯ މީ
އިންޑިއާ ކުންފުނި ތަކަށް ތިޔާ ފްލެޓްސް×ތްއް ނުނިންމޭނެ 2070 ވަނަ އަހަރުވެސް އަދި ތިޔާ ލޯންގެ އިންޓަރެސްޓް ރޭޓް އުޅެނީ %25 ގައޭ އިންޑިއާ ލޯން ބޭނުމެއް ނޫނޭ އިންޑިއާ އައުޓްވާންވީއޭ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ވަރިހަމަ ބިލިއަނުން ދިނަސް، އިންޑިޔާ ސިފައިން ތިބޭކަށް ތާއީދެއް ނުކުރާނަން....
މިސަރުކާރުން ރަށެ އްގަ ކަޑަ އެ އްވެސް ޖަހާތޯބަލަން ސުވާލުކުރަންޖެހެނީ އިންޑިޔާ ސަފީރާ..މިވާ ވެރިކަމެ އް ދިވެހިން ހޮވާފަމި އޮތީ...މަލިކުގަ ތަރަ އްގީ އަށް ކަމެ އް ހިގާތޯ ސުވާލުކުރާގޮތަށް ދިވެހި ރާ އްޖޭގެ ތަފްސީލުވެސް އިންޑިޔާ ސަފީރަށް އެގެނީ..
އަޅެފަހެ އަދިވެސްދަރަނި ނުނަގާ އުޅެވޭވަރު ނުވަނީތޯ 227 މިލިއަންޑޮލަރު ދިނީމަ އަބުރާ 327 މިލިއަންޑޮލަރު ތޯ ދައްކާންޖެހެނީ 2008 ގަ 7 ބިލިއަންވެސްނުލިބޭ މިހާރު 30 ބިލިއަން ލިބޭ އިރުވެސް 30ޢަހަރުން 12 ބިލިއަންދަރަނި އޭރުބުނީ ދަރިންނާއި ދަރިންގެ ދަރިންގެ ބޮލުގަ ކޮންމެ ބޮލަކައް 60 ހާސްރުފިޔާ އޭ މިތިން އަހަރުން އެކަނިވެސް 50 ބިލިއަން ދަރާފި މިހާރުކޮބައިތޯ ދަރިންނާ ދަރިންގެ ދަރިން...
ޢިންޑިޔާ އައުޓު
ހުޅުމާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އިންޑިއާ އިން 34 މިލިއަން ޑޮލަރު ދީފި މިސުރުޙީފެނުނީމާ އަންނަނީ ހިނި އެއީ ބޯހިޔާވަހިކަންތޯ ހުޅުމާލޭގަ އެހިންގަނީ އެއީސަރުކާރުތާކުން ބިންތައް ހިސޯރުކޮއްގެން ހިންގާ ރިޔަލްސުޓޭޓް ވިޔަފާރި މެކުހައް ބޭނުމަކީ ރައްޔިތުން ކުލީގެ އަޅުންނައް ހަދާ އަޅުވެތިކޮއް ނިކަމެތިކޮއް ވޯޓްހޯދައިގެން ބޭރުގައުމަކައް ގައުމުގެ ބާރުތައްދީގެން އުމުރައް ވެރިކަމުގަތިބެން