ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލްގެ މެއިންޓަނެންސް މަސައްކަތްތަކަށް 20 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމައި ދެ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި 25 ބުރީގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލު ކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏަށާއި، ސިންގަޕޫރުގެ ޝަންހުއާ ކޮންސްޓްރަކްޝަނަށެވެ. މި ދެ ކުންފުނީގެ ތެރެއިން ޝަންހުއާ ކޮންސްޓްރަކްޝަނަކީ ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުންޏެވެ.

ޓާމެކްސް އަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސާމާނުތައް ސަޕްލައިކޮށް ދިން ކުންފުންޏެވެ. މާލޭގައި ސަލްމާން މިސްކިތް އެޅި ކުންފުންޏަކީ ވެސް ތުރުކީގެ ޓާމެކްސްއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ މެއިންޓަނެންސްގެ މަސައްކަތް ހަވާލުކުރީ 15.7 މިލިއަަން ރުފިޔާ އަށް ޝަންހުވާއާއެވެ. މެޑިކަލް ސާމާނުތަކުގެ މެއިންޓަނެންސް މަސަައްކަތް ހަވާލުކުރީ 4.6 މިލިއަން ރުފިޔާއަށް ޓާމެކްސްއާއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިންޓަނެންސްގެ މަސައްކަތްތައް ކުރަން ބަޔަކާ ހަވާލުކުރީ ހޮސްޕިޓަލްގެ މުވައްޒަފުން ތަމްރީން ކުރާ ގޮތަށެވެ.

ހޮސްޕިޓަލްގެ މެއިންޓަނެންސް މަސައްކަތްތައް ބަޔަކާ ހަވާލު ކުރި ނަމަވެސް އެ އިމާރާތުގެ ބޭނުން އެންމެ ފުރިހަމަ އަށް އަދިވެސް ނުހިފައެވެ. އަދި ބައެއް ހިދުމަތްތައް ނުފެށި ލަސްވާތީ އާންމުންގެ ޝަކުވާ ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަލަން ތުނޑު

    މިތަނުންވެސް ބަޔަކަށް ދޭނަމުގަ ލާރިގަނޑެއްކައްވާލަން ކުރާކަމެއް. އިންޑިޔާއިން އެލިތަން މަރާމާތުކޮށްބަލަ ފަސްޓް..ދަރުމަވަންތައަކީ އަދި އާއިމާރާތެއް ކޮން މާރާމާތެއް ތިބުނާވަރުގެ..ހަމަވަގަށް ލާރިކާން ޖައްސާ ސްޓަންޓް

  2. ވަގުންވާނީވަގުންނަށް

    ސަޅިއެއްނު. ތަން ނުހުޅުވާ ހުއްޓާ 20މިލިއަން މަރާމާތަށް އެކަނި. ވަރަށް ސަޅި

  3. Anonymous

    ރައްޔިތުންނަށް އޮޅުވާލުމަށްކުރާ ކަމެއްކަމަށް ފެންނަނީ ނޫސްވެރިން އެތަނަށްވަދެ ރަގަޅަށް ބެލީމާ އެނގޭނީ މަރާމާތުކުރުންތޯ ނޫނީ އިހުމާުވުމުގެ ސަބަބުން އެތަނުގެ ތަކެއްޗަށް ގެެއްލުން ލިބިގެން އެތަކެތި މަރާމަތުކުރުންތޯ.
    ތަނެއް ހަލާކުވެ އެފަދަ މަރާމާތެއް ކުރަން ހުރިތަނެއް ނުފެނެ އެތަނަށްވަދެ އުޅޭއިރު.