ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އިމާރަތް ކުރި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ އޮޕަރޭޝަން ތިއޭޓަރުތައް ބޭނުންކުރަން ފަށައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ އެތަނުގެ ބޭނުން ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އެ ހޮސްޕިޓަލުގައި އާދައިގެ ހަތަރު އޮޕަރޭޝަން ތިއޭޓަރެއް އަދި ހައިބްރިޑް ތިއޭޓަރެއް ގާއިމްކޮށްފައި ވެއެވެ.

ދަރުމަވަންތައިގެ އޮޕަރޭޝަން ތިއޭޓަރު އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭގެ ފަހުން މިހާރު އެތަނުގައި ޝެޑިއުލް އޮޕަރޭޝަންތައް ވެސް ކުރަމުން ކަމަށް ކަމަށެވެ. އަލަށް ބޭނުންކުރަން ފަށާ ދެ ތިއޭޓަރާއި އެކު ޖުމްލަ ހަތަރު ތިއޭޓަރުގެ ބޭނުންވެސް ކުރަން ފެށޭނެ ކަމަށް އޮޕިޝަލް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގެ މަސައްކަތް ނިންމާ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ހުޅުވާފައި ވީނަމަވެސް އަދިވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމައަށް ކުރަމުން ނުދާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދުބޭ

    ހޮހަޅަ މިޙާރު ބޭނުން ކުރަން ފެށީ

    13
  2. Anonymous

    އަދި ފަސް އަހަރު ފަހުން ފަށަން މަޑުކޮށްލާ

  3. Anonymous

    ޝުކުރިއްޔާ ލޮބުވެތި ރައީސް ޔާމީން.
    މަނިކުފާނު ގެ ބިރުވެރި ހޮހޮޅައިން އިތުރު ޚިދުމަތެއް.

    10