ދަރުމަވަންތަ ވަކި ހޮސްޕިޓަލަކަށް ނެހެދިޔަސް އެ ތަނުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދެވޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން އެގޮތަށް ވިދާޅުވީ, މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލު އަދިވެސް އައިޖީއެމްއެޗްގެ އެނެކްސްއެއްގެ ގޮތުގައި ބޭނުން ކުރާއިރު ކުރިއަށް އޮތް ތަނުގައި އެތަން ވަކި ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުން ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިއުވާން ވިދާޅުވީ, ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް ބޭނުން ބަރާ ބަރަށް ކުރެވޭ ކަމަށާއި އަދި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ވެސް ފޯރުކޮށްދެވޭ ކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ، އައިޖީއެމްއެޗްގެ ހިދުމަތްތައް އިތުރަށް ތަރައްގީވަމުން އަންނައިރު ދަރުމަވަންތަ އިމާރާތުން ވެސް ހިދުމަތްތައް ލިބެމުންދާ ކަމަށެވެ.

"ރައްޔިތުންނަށް މުހިންމީ އެތަނުން ސިއްހީ މުހިންމު ހިދުމަތްތައް ލިބުން. އެކަން އެބަ ކުރެވޭ" މިއުވާން ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލު ހޮސްޕިޓަލުގެ ބޭނުން ކުރަން ފަށާފައިވާއިރު، ރަސްމީކޮށް އެތަން ނުހުޅުވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ މިސަރުކާރަށް ހަޖަމު ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުޑަމަނިކު

    އެހެން !އެހެން ! ޚިދުމަތް އެބަދެވޭ ! އެމް އާރ އައި މެޝިނެއް ހާ ހިސާބުވެސް ތި އިންދިރާގާންދީ ހޮސްޕިޓަލްގައި ނެތި އެތައް ދުވަހެއް ވީ ފަހުން ވަގު ޔާމީން ތިކިއާ މީހާ ދަރުމަވަންތަ ހޮސްޕިޓަލް އެކަހަލަ ހުރިހާ ފަހުގެ ވަސީލަތް ތަކާއެކީ ދިވެހިންނަށް ހޯދައިދިނީ. އެއާޕޯޓްވެސް ހޯދައިދިން ގޮތަށް ތީ އަނެއްކާވެސް އެތަނުގެ ނަން ބޯޑު އިންދިރާގާންދީގެ ނަމަށް ބަދަލުކުރަން ދައްްކާ ވާހަކަ ބާ ؟

    35
  2. ހުސޭނުބޭ

    ހިންގޭނީވެސް ހޮސްޕިޓަލެއް ހިންގަން އެގިގެންދޯ! ތިތަނުގައި އުޅޭ ބޮޓުންތަކަށް ހިންގުންތެރިކަން އެއީ ކޮން އެއްޗެއްކަމެއްވެސް ނޭގޭނެ!

    26
  3. މުހުސިން

    ދަރުމަވަންތަ ހަސްފަތާލު ވާން ޖެހޭނީ ވަކި ހޮސްޕިޓަލަކަށް ސަބަބަކީ ދިވެހީން 100 ޕަސެންޓް ހިއްސާގައިގާއިމު ކޮށްފައިވާ ހަސްފަތާލެއްކަމުން. އިންދިރާގާންދީ ހަސްފަތާލަކީ އޭރު ކެރެލާއިން ކިޔަވާ އިންޑިއާ ބޭފުޅުން ޕޮރެކްޓިސް ކުރުމަށް އިންޑިއާ ސަރުކާރުން އަޅައިދިން ތަނެއް. ހަގީގަތް ނުވާނެ ބަދަލެއް ދެބޯގެރި ދުއްވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގަ ވިޔަސް.

    23
  4. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ދިވެހިރައްޔަތުންނަ ރައީސްޔާމިންގެ 5އަހަރު ނިމުނުއިރު ވަނީ ސިއްހީދާއިރާއަށް ބަދަލުކޮށްލާފަ މިއަދުތި ހިދުމަތްތައް ތިހޯއްދަވަނީ އެދުވަހު ރައީސްޔާމިން ދިވެހިރައްޔަތުންނައްޓައްކާ ކޮއްދެއްވި އަގުހުރިހިދުމަތް އެހެނަސް އެމަނިކުފާނުންގެ އަބުރާ ކަރާމަތް ނަގާލާވެއްޔާމޮޑެމުންތިދަނީ އަޅުގަޑު އެމަނިކުފާނު މިގައުމާ ރައްޔަތުންނައްކޮއްދެއްވި ހިދުމަތަށް ސެލިއުކުރަން ސްކުރިއްޔާ ރައީސްޔާމީން

    18
  5. ޔަސީ

    އާނ.. އޭރުންތާ އަދިވެއް އިންޑިޔާއަތުގަ އައިޖީއެމްއެޗްގެ ބިން ދަށުވެފަ އޮންނާނީ.....