ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މި ލިސްޓު ބޮޑު އީދު ކުރިން އާންމުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން އޮތީ ބުނެފައެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ މި މަސް ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، މާލެ ސަރަހައްދުން ގޯއްޗާއި ފެލްޓަށް ހުޅުވާލުމުން ލިބުނު ތަރުހީބާއެކު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް އޮތް މިންވަރު ފެނިގެން ދިޔަ ކަމަށެވެ. އަދި އެ ލިސްޓްގެ މަސައްކަތް މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

"މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ވަޒީރުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮންނާނެ". މިއުވާން ވިދާޅުވިއެވެ.

އަދި މި މަސް ނިމުމުގެ ކުރިން ލިސްޓް އާއްމު ކުރާނެ ކަަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، އެކަމާ ގުޅޭ މައުލޫމާތު ސަރުކާރުގެ ކޮމެޓީ އާއި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ދޭނެ ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން - ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް އިއުލާނުކޮށްފައި ވަނީ ޖުމްލަ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް އެ އަދަދު އިތުރު ކުރާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސައްކަތް ފެށި 16 ޓަވަރުގެ ތެރެއިން އަށް ޓަވަރުގެ މަސައްކަތް އަންނަ ޖުލައިއަށް ނިމޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޜާއްޖެ ތެރެމީހާ

    ކޮންތާކު އޮތް 5000 ގޯއްޗެއްތޯ. ޢަދި މާލޭ މީހުން ނަށް އެ ގޯތި ލިބެން ވީ ކީއްވެ ތޯ.؟
    ޥޯޓް ލާންވެސް ތިބީ އަހަރު މެންކަން ހަދާން ބަހައްޓާ!!!

    21
    23
    • ރައްޔިތުމީހާ

      ކަލޯ.. ތިރަށުން ދީބަ މަށަށް ގޯއްޗެއް....

      27
      4
      • ރަށްބެ

        ރަށޭ ކިޔާއިރު ރަށްރަށުން ވެސް ގޯއްޗެއް ނުލިބޭ

        7
        3
      • ރާއްޖެ ތެރެމީހާ

        އަހަރުން ގޯތިން އަހަރެންނަށް ލިބޭ ބައި ތިބޭފުޅާއަށް. މާލެއިން ނޫނީ މާލެ އޭރިއާއިން ދީބަލަ ކޮތަރު ކޮށްްޓެއް ވަރު ތަނެއް ވިޔަސް

        3
        3
        • ރައްޔިތުމީހާ

          އާނ ރަނގަޅު ގޮތެއް

    • 😡

      ޜާއްޖެ ތެރެމީހާ ކެކެނީ 😱

      6
      3
    • މޮޅު

      ފުލެޓް އަދި ގޯތި ދިނީމަވެސް ކުލި ނުދައްކާ ގިނަމީހުން އުޅެނީ

    • މާލެ ރައްޔިތު

      ކަލޭމެން ރަށުގަހުރި ގޯތިތަށް އަހަރެމެންނަށް ދޭންވީނުން ...މާލެ ބަޔަކަށް ކަމެއް ވަންޔާ ހާދަ ހިރުވައޭ ދޯ.

      9
      4
  2. ރައްޔިތުމީހާ

    އީދުކުރިންނޭވެސް ކީ ދޯ....
    މިހާރު މަސް ނިމުމުގެ ކުރިންނަށް ބަދަލުވީ؟

    25
    1
  3. އަލީ

    ގުނބޯ ހައްދަން ހާދަމޮޅޭ އަންނަނީ އަންނަނީ ހަދަނީ ހަދަނީ ވަނީ ވަނީ ދަނީ ދަނީ ނިމެނީ ނިމެނީ ހަދަނީ ހަދަނީ އަޅަނީ އަޅާނީ 100 އިން 10000 ނިމެނީ ލޮލަށް ނުފެންނަ ބަސްބަސް ދެނީ ދެނީ ލޮލަކަށް ނުފެނުނު ކާކުކައިރިޔަށް ކޮން އޮފީހަކަށްތޯ ދާނަވީ މިބަސްތަކުގެ މާނަޔާ ފެނޭތީބަލަން.

  4. ލުޓޭރުންގެ ސަރުކާރު

    އެއްމެން ސިމެންތިގަނެ ވެލި ގާ ހޯދާ ރާނަންފަށާ..ގޯތި ނުލިބޭމީހެއް ހުރިހެން ހީނުވޭ.

  5. ވަބާ

    ބަހާ ނިމުނީތަ، ޕާޓީ މީހުންނަށާއި ، އަޅުނަށާއި، އައުވާނުނަށް. ޙައްޤުވާ މީހުންނަށް ތި ދުވަހަކުވެސް މިވީހާތަނަށް ނެތް ލިބިފަ، ސިޔާސީ މީހުން ބޭނުންވާ އެމީހުންގެ އަރިސް މީހުނަށާއި އައިލާ އަށް ދެނީ، ދެން އެކަން ފޮނުވަން އެތިން ނިކަމެތިންނަށް ދީފަ ނިންމާލަނީ، އާކަމެއް ނޫން ތީކީ، ކަންފަތުން އަޑުއެހީން މެމްބަރުންނަށް ސްލޮޓް ބަހާފައޭ އޮތީ، ޕާޓީ މީހުންނަށް ވަކި އަދަދެއް ގެ ސްލޮޓެއް، މީ މިޤައުމް ހިނގާ ގޮތް ، އާރާއި ބާރު އޮތް މީހުން އެބައިމީހުން ބޭނުންހާ ގޮތަކަށް ހަދަން އޮތް ތަނެއް ނޫން މީކީ .

  6. ބިއްލިކަލޯ

    ބާކީ އޮތް 80 ވަރަކަށް ދުވަސްތެރޭގައި އިންވަކިކޮށް ގޯތިދިނުމަކީ ނުވާނެކަމެއް. ގޯތީގެ ލިސްޓް ނެރުނީމާ ޝަކުވާ ހުޝަހަޅަންވެސް މުއްދަތެއްދޭންޖެހޭނެ

    4
    1
  7. އާންތު

    އެމްޑީޕީ މެންބަރުން ބުނީ ކިތަންމެ ބޮޑު ގޯއްޗެއް ދިނަސް ޗޯރަށް ދޭނެ ވޯޓެއް ނެތޭ. ގޯތިދެނީ ޔާމީނު ހިއްކި ތަނަކުންނޭ އެވެސް ރައްޔިތުންގެ މުދަލޭ ތިއޯ އިބޫ ދޭ އެއްޗެއް ނޫނޭ

  8. އިބްރާހިމް

    ރައްޔިތުންނޭވެ. މިވެރިންގެ ތެރޭގައި ދޮގުހެދުން މިވަނީ އިންތިހާއަށް ގޮސްފައެވެ. އެންމެ ގިނައިން ދޮގުހައްދަވަނީ އެންމެ ބޮޑުމީހާއެވެ.

  9. ފުރަހަނި ޝުއައިބު

    މިއީ ރައީސް ސޯލިހު ލައްވާ އައްނިއާ ފުރަހަނި ޝުއައިބު ކުރުވި ކޮސް ކަމެއް. މާލޭ މީހުންނޭ ކިޔާ ބަޔަކަށް ރާއްޖޭގެ އެންމެ އަގުބޮޑެތި ބިންތައް ހިލޭ ބަހާލާފަ ވެރިކަމުން ފައިބައިގެން ގޮސް ގޭގަ އޮންނަ އިރު ވަރަށް އަސަރު ކުރާނެ. ހިތައް އަރާނެ މި ކަން ނުކުރި ނަމަ އަދި 5 އަހަރު ލިބުނީސްތާއޭ. ހާދަ ގިނަ ބަޔެއްގެ ބަދު ދުއާ ލިބޭނޭ މިކަމުގެ ސަބަބުން ރައީސަށް.

    7
    1
    • ހަކުޅި

      ބޮޑުމަންޒަރު ފެންނަ މީހުންނާއި ނުފެންނަ މީހުން.

  10. ނަތާ

    މާލޭ މީހުންނަށް ގޯތި ދޭންވާނީ އެމީހުންގެ ފަސްގަނޑުންނެންނު. ޢެވަރުވެސް ނޭގެނީތަ އަމިއްލަ އެދުން ބޮޑުކަމުން. ދެން ލަންޑަނުންތަ އެހެންވިއްޔާ ދޭންވީ. ވޯޓާ ހިސާބައް ކޮއްކޮ ދުއްވައިގަންނަވަރެއް އަދި ނުވޭދޯ

    4
    6
  11. އިބިލީސް

    މާލޭ މީހުއްނަށް މާލެއިން ބިން ލިބެންޖެހޭ. އަމިއްލައެދުމައި ހެދި ރައްޔިތުން ޖައްސަން ކޮއްމެ އެއްޗެއްވެސް ފެތުރިދާނެ. އެކަމު ތިއިން ކޮންމެ މީހަކަށް އެމީހެއްގެ އުފަން ރަށުން ބިން ލިބެންވާނެ. ހުރިހާ މައްސަަލަ އަކީ ހުރިހާ ވެރިކަމެއްގައިވެސް މާލެ ސެންޓްރެލައިޒް ކުރާތީ. އިޙްލާސްތެރި ވެރިން މިޤައުމަށް އައިނަމަ މާލެއަށް ބަރޯސާވުން ހުއްޓުވިތާ ކިތަންމެ ދުވަހެއް