ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.

ދަ ޑިމޮކްރެޓްސް ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތައް ދޮގު ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތީމަ، ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކި ފާޑުގެ ތާކުން ތާކު ނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފިތުނައިގެ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަ ކުރައްވާ ކަމަށާއި އެކަމާ މެދުގައި ހިތާމަ ކުރައްވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

"އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަކުރަން- ހައިރާނެއް ނުވޭ، ހިތާމަކުރަން." މިއުވާން ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައީސް "މުސްކުޅި" ވެފައިވާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ވެރިކަން ޒުވާން ބޭފުޅަކަށް ދެއްވަން ޖެހޭ ކަން ފާހަގަ ކުރައްވައިފައެވެ.

ރާއްޖެ ގޮވަނީ ޒުވާން ވެރިކަމަކަށް، ރައީސް ސޯލިހް މުސްކުޅިވެއްޖެ: ނަޝީދު

"އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ތަކުރާރުކޮށް ދަންނަވަން، ތި ބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓް، ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރައި ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ. ތި ބޭފުޅުންގެ ކެންޑިޑޭޓްގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓްގެ ސިއްހީ ހާލުކޮޅު އެއީ ވިސްނަވަން ޖެހޭނެކަމެއް. ރާއްޖެއަށްޓަކައި އެ ވިސްނުން ކުރިއަށް ނެރެން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ވަފާތެރި ބޭފުޅުން އިސްކޮށް ތިއްބަވައިގެން ޑިމޮކްރެޓްްސް އުފެއްދީ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައެވެ. ރައީސް ސޯލިހް ކާމިޔާބު ކުރެއްވި ޕްރައިމަރީގައި އެމަނިކުފާނަށް 24,566 ވޯޓު ލިބިވަޑައިގަތެވެ. ނަޝީދަށް ލިބިވަޑައިގަތީ 15,641 ވޯޓެވެ.

ޕްރައިމަރީއިން ބަލިވީމާ، ކާމިޔާބުކުރި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކިފާޑުގެ ތާކުންތާކުނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފަތުރަމުންދާ ފިތުނައިގެ އިތުރު ބޮޅެއް. އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަކުރަން- ހައިރާނެއް ނުވޭ، ހިތާމަކުރަން.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަރީ

    ނަޝީދު ވިދާޅުވިޔަށް ބޭސް ކާ މީހަކު ވާނީ ބޭސް ކާ މީހަކަށް.

    22
    1
  2. ހުސޭނުބޭ

    ތިޔަ ފެނިވަޑައިގަންނަވަނީ މި ސަރުކާރުގެ ފިތުނަ މިނިސްޓަރު!

    20
    1
  3. ނަމަސްތޭ

    ނަޝީދު އެއުޅުއްވަނީ ހިނދު ކޮޅު އައިސްގެން . . . ހަޔާތުގެ ކަންފުޅެއްވެސް ނެތީތާދޯ

    6
    16
  4. މޭފުޅު

    ޑިމޮކް މީދާ ޓީމަށް ލިބިފައި ތިހިރަ މޮޔަ ބޭގަނޑު ކާންޖެހޭ ބޭސް މިރޢްޖޭގެ އެންމެންނަށް ދައްކަވާށި!

    5
    13
  5. ލުޠުފީ

    މި ދިވެހިރާއްޖޭގައި އެންމެ ގިނަ ފިތުނަ އުފައްދާފައިވާ މީހުންގެ ތެރޭގައި އަތުގެ އިނގިލިން ގުނާލެވޭ މީހުންގެ ތެރެއިން އެކަކު ތިޔަ މިއުވާނަކީ. ތިޔަކަހަލަ ގޮތެއްފޮތެއް ނެތް މީހުން ދައްކަން މާ ރަނގަޅު ވާހަކައެނޫން ތީކީ.

    20
    4
  6. ޜައްޔިތުމީހާ

    އެންދުނު ހެންދުނާ ތިޔަދެއްވި ޖަވާބުން ބެލެވެނީ ކޮންމެވެސް ގޯހެއްއުޅޭކަމައް

    15
    1
  7. އައިނު

    ގަންޖާ ޕްރޮމޯޓް ކުރީ އަންނި އެއް ނޫންތަ؟ އެކަހަލަ ކޮސް ގޮވާނީވެސް އޭގެ މީހުން!

    8
    7
  8. އަހްމަދު

    ބެސްޓްފްރެންޑައް އެނގޭ ކަންކަން ގިރުވާނަކަށްނޭނގޭނެދޯ އެހެންނޫނަސް ޕްރައިމަރީން ބަލިވީ ނަޝީދުއަށްތާއީދުކުރާއެތައް މެމްބަރުންނެއް ޕާޓީން ވަކިކޮށްވޯޓުނުދެވުނީމަދޯ

    13
    5
  9. އިކުރާމު

    ފައިސަލު ނަސީމު ރައީސްކަމައް ލާންވީ ކިޔަވައިގެން ހުރި ގާބިލު ބޭފުޅެއް

    11
    6
  10. ޗަކަ މަރީނާ

    ކަލޭމެން ރާއްޖެ ޓީވީގައި މުޅިންވެސް ފެތުރީ ފިތުނަ ހަޤިޤަތާ ޚިލާފް އެތަންވާހަކައެއް ދެއް މިހާރު ކޮނަވާހަކައެއް ދައްކަން ކަލޭމެން ދައްކާ ވާހަކަ ޤަބޫލް ކުރާނެ މީހުން ވަރަންވެސް މަދުވާނެ

    17
    5
  11. އިއްބެ

    ކަލޭތީ ކާލިގަނޑުޓީވީގައި 11 އަހަރު ފިތުނު އުފައްދާ ދޮގުފެތުރުމުގެ ވަޒީފާގައި އުޅުނުމީހެއް! މިހާރު ނުއުފުލޭވަރުގެ ވަޒީފާއެއްގައިހުރެވެސް އެކަން ތިޔަކުރަނީ! ކަލެޔަށް ތިކަން ބޮޑަށް އެނގޭނީ

    12
    1
  12. އެއްކަލަ މީހާ

    ކޮމެންޓް ކުރީމަ ބެލުންތެރިންނާ ހަމައަށް ގެނެސްދެން ނުވާވަރުގެ ކޮމެންޓެއްބާ މަށަށް ކުރެވުނީ. އެންމެ ފުރަތަމަ މި ލިޔުމަށް ކޮމެންޓް ކުރި މީހެއްމީ.

  13. އަހޭ

    ދެން ނަޝީދު އެހެން ވިދާޅުވީމަ ތަރުޖަމާނުގެ ކައްގަނޑަށް ބާރު ކުރަނީ؟ އެ ވިދޅުވަނީ ކެނޑިޑޭޓް މިހާރު މިފަދަ ގައުމެއްގެ ހަލުވި ވެރިކަމެއް ކޮށްލާވަރުގެ ހަކަތައެއް ނެތޭ އިބޫގެ ގަޔަކު، ދެން މިހެން ބުނީމާ ޕްރައިމަރީ އޯ، އަޖައިބެއް؟

  14. ދުނބުރި

    ނަޝީދު އެވިދާޅުވީ ތެދުފުޅެއް މުށެއްފުރާބޭސްކައިގެން އުޅޭކަން ވަރަށްރަނގަޅަށް ރަށްޔަތުންނަށް އެނގޭ އެހާވަރަށް ބޭސްކާކަމުގަ ވަނީނަމަ ހުންނާނީ އަބަދުވެސް ނިދިއައިސްފަ ގައުމުހިން ހިންގަނީ އެހެންބަޔަކު ކަން މިއަދު މިވަނީ ފަޅާއަރާފަ ދެންވެސް ވެރިކަމާ ނޫޅުއްވާ.

  15. ކިނބޫ

    ކަލޭ ހިތްޕުޅު ހަމަޖެހޭގޮތަށްތަ، ރނ ވާހަކަ ދައްކަންވީ، ޙަޤީޤަތް ވާނީ ހަމަ ޙަޤީޤަތަށް.....!

  16. އަބްދޫ

    ނަސީދު އަކީ ކާކުކަން ކުރިން މީހުނަށް އޮޅުނަސް މިހާރު މީހުނަށް ނަސީދު ދަސް ވެއްޖެ. . ގާނޫނުއަސާސީގެ 109 މާއްދާގަ ބުނާގޮތުން ވައްލަމުގެ ހުކުމެއް އޮތްމީހަކަށް ރައީސްކަމުގެ ސަރުތު ފުރިހަމަނުވޭ. ދެން މާގިނަވާހަކަ ކިޔާނެ ކަމެއްނެތް ރާއްޖެއަށް ބޭނުންވަނީ ތަޖްރިބާހުރި އިލްމީގާބިލް މީހުން

  17. އިދުރީސް

    މިއުވާން ކިތަންމެ ވަރަކަށް ކަރުން ނާރުނަގާފައި ބުންޏަސް ރައީސް ސޯލިހަކީ ޒުވާނެއްނޫން.މުސްކުޅިއެއް. ބަލިމީހެއް. ބަލިހާލު ބޮޑަށް އެނގޭނީ ރަޢިސްކަމުން ވަކިވީމާ. އަމިއްލަ ބާލީހަށް ބަންޑަރަ ކަފަ ލަންޏާ ބާލީސް އަބަދުވެސް އޮންނާނީ ފުއްޕާފާ.