އިލްމީ، ގާބިލް، ޒުވާން ވެރިކަމަކަށް ރާއްޖެ ގޮވަމުންދާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މުސްކުޅި"ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ވެރިކަމަކީ ޒުވާން އިރު ކުރެވޭނެ ކަމެއްކަން އެމަނިކުފާނަށް މިހާރު ވިސްނިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހް، މިހާރު އެ ވަޑައިގަންނަވަނީ އުމުރުފުޅުން 60 އާ ގާތަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"މާތް ރަސްކަލާނގެ އަނބުރާ އިރާދަފުޅުން އަޅުގަނޑަށް މުށެއް ފުރާ ބޭސް ހެނދުނު ކާކަށް ނުޖެހޭ. މާތް ރަސްކަލާނގެ އަނބުރާ އިރާދަފުޅުން އަޅުގަނޑުގެ ހިތުގައި ހަތަރު ސްޓެންޓް ލައްވާފައެއް ނެތް." އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމަކީ ޒުވާން ކަމުގެ ރޫހެކެވެ. ޒުވާން ކަމާއެކީގައި ކޮށްދެވޭނެ މަސައްކަތެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ޓެކްސްގެ ނިޒާމާއި ދަތުރުފަތުރުގެ ނިޒާމާއި ފްލެޓް ދޮންބެއާ މި އެންމެ ކަންކަމަކީ ފަންސާހުން މައްޗަށް އަޅާލީމަ، ދެން އަލުން ވިސްނައިގެން ގެނެވޭނެ ކަންކަމެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނު ވެސް މުސްކުޅިވި ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ."

އީވާ މިރޭގެ ޖަލްސާގައި އަތްތިލަބަޑި ޖައްސަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މުސްކުޅިވެ ގައިބާރި ކެނޑުނީމަ، އަދި ސިއްހީ ހާލަތު ތަން ނުދޭއިރު، ވެރިކަމަށް ވަޑައިގެން ސެކްރެޓަރީ އާއި އަރިސް ބޭފުޅުންލައްވާ ގައުމު ހިންގުމުގެ މަސައްކަތް ކުރެވުނު ގޮތަކަށް ކުރެވިދާނެ ކަމަށާއި ނަމަވެސް އެކަމުން ގައުމާއި ރައްޔިތުންނަށް ލިބޭނެ އެއްވެސް މަންފާއެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅުވައި އެކަމާ ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ތަކުރާރުކޮށް ދަންނަވަން، ތި ބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓް، ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރައި ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ. ތި ބޭފުޅުންގެ ކެންޑިޑޭޓްގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓްގެ ސިއްހީ ހާލުކޮޅު އެއީ ވިސްނަވަން ޖެހޭނެކަމެއް. ރާއްޖެއަށްޓަކައި އެ ވިސްނުން ކުރިއަށް ނެރެން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ރާއްޖޭގެ ރައީސް ކަމަށް ޒުވާން ބޭފުޅަކު އައްޔަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދޮހިކަރު

    ކަލޭ ނުޖަހާ ޒުވާން ވައްތަރެއް

    34
    1
  2. ޒުވާނުން

    ޒުވާނުން ތިބީ އަވާމެންދުރުގައި

    30
    1
    • ލޮލް

      ޒުވާނުން ތިބީ ގޮނޑުހޮވަން. ގައުމު އޮތީ ބިދޭސީންގެ އަތްމަތީ.

      9
      1
    • ލޮލްް

      ޒުވާނުން ތިބީ ގޮނޑުހޮވަން. ގައުމު އޮތީ ބިދޭސީންގެ އަތްމަތީ.

  3. މޮޔަމީހާ

    މިހިރަ ގޮތެއްފޮތެއް ނެތް މީހެއްދޯ. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ.

    46
    4
  4. ލާދީނީ އައުޓް

    މިގައުމު އެދެނީ ނަޝީދާއި އިބޫގެ ނުބައިކަމުން ސާލާމަތްވާން. ތިއީ އެއްފައިސާފޮތީގެ ދެފުށް

    30
    4
  5. Anonymous

    ޤައުމުތަކުގައި ވެރިކަން ކުރަން ރަނގަޅީ ތަޖުރިބާކާރު މުސްކުޅިންނެވެ. ޒުވާނުން ރަނގަޅީ ތަޖުރިބާ ލިބޭ މަސައްކަތްތަކުގައި އުޅުމަށެވެ. ޒުވާނުންނަށް ވެސް އެކަށީގެންވާ ތަޖުރިބާ ލިބުމުން ވެރިކަމަށް އާދެވިދާނެއެވެ. ލާދީނީމީހާ އެ އުޅެނީ އޭނަގެ ޕަޕެޓު އައްޑޫ މީދޫ ޒުވާނާއަށް ރައީސްކަން ދީގެން ބޮޑުވަޒީރުކަމަށް ސަވާރުވުމަށެވެ.

    28
    3
  6. މުލޭ

    އިލްޔާސް ލަބީބަކީ އަޅެދެން ކާކު. އަންނި ޖަހާހާ ބެރަކަށް ނަށާ ގުނބޯލެއް. އޭނާ ކުރިއަށް ނެރެގެން ބޮޑުވަޒީރުގެ ހުވަފެނުގައި ތިޔަ އޮވެވެނީ އަދިވެސް.

    19
    1
  7. މައި

    ރައްޔިތުން ގޮވަނީ ތިބޭ މުސްކުޅިވެއްޖޭ. ރައްޔިތުން އެތައް ޤުރުބާނެއްވެ ތިބެއަށް ވެރިކަން ހޯދައިދިނުމުން ވެސް ވެރިކަން ކުރާކަށް ނުއެނގުނު. ކުރިހާ ކަމަކީ ރައްޔިތުންގެ ހަރު މުދާތައް ވިއްކުން. އެއާރޕޯޓާ ދިރާގާ ފަޅުރައްތަކާ ވިއްކުން. ވެރިކަން ނުދެމިހެއްޓި އިސްތިއުފާ ދިނުން. ދެވަނަ ފަހަރަށް ތަބަމަށް ލާފަ މަމެން ޓިކެޓް ދިނުމުން ވެސް ރައްޔިތުން ބުނީ ބޮޑުތަނުން ނޯއޭ. ތިބޭ މުސްކުޅިވެއްޖޭ. ދެން ލަދެއް އަގަލެއް ނެތީމަ ވެތިކަމާ ތިއުޅެނީ!

    17
    • Anonymous

      ތިމަންމެންނީ ސިޔާސީ މީހުންނޭ ކިޔާއިގެން މިއުޅޭ ގިނަމީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް ، ޗޯރު ޗޯރު ޗޯރު !

      • ކިހާދެރަ

        އެފަދަމީހުން މިގައުމުގެ ވެރިކަން ހިސޯރު ކުރިކުރީނުން މިހާރު ދިވެހިންނަށް ދިރިއުޅެން އުނދަގޫވެ، ރައްޔިތުން އިތުބާރު ކުރަންވީ ކާކަށް ކޮންބަޔަކަށްކަން ނޭނގޭ ދަރަޖައަަށް ސިޔާސީކަންތައްތައް ހިނގައްޖެ.

  8. ޖަނާޒާ

    ޖޯޝުގައި ހުރެ ވިދާޅުވާ ބަސްފުޅެއް ، އޭގެ ރޫހުގައި ޖެހި ، އަވާމެންދުރަކުން ކެކުނު ޒަމާން އެއީ މާޒީ. މަނިކުފާނަށް ވަގުތު ލިބުނު. މަނިކުފާނު އެ ވަގުތު ނަގާ ލެއްވީ. ވަރަށް ބޮޑަށް ޝުކުރިއްޔާ

    16
    1
  9. ވިސްނާ

    އެހެންވީމަ ތިކަމަށް އެންމެ ޤާބިލް މީހަކީ އުމަރު ކަންޔަޤީން

    13
    6
  10. ނަމަ

    ނަޝީދު ކަހަލަ ޒުވާން ވެރިއެއްތަ ދިވެހިން ބޭނުން ވެގެން މިއިލެނީ އަނެއްކާ

  11. ާމުހައްމަދު

    މީނަ މީހުންގެ ޒާތީ ކަންތަކާއި ބެހެމުން މިދަނީ ކީއްވެބާ ބޮލުރޮދި ކެޑުނީހެންހީވަނީ އިންސާނެއްވިއްޔާ ގޮތެއްހުންނަންވާނެ ސިޔާސީ ގޮތުންވެސް ދައްކަން ވަކިވާހަކައެއް ހުންނަންވާނެ

  12. ހަގީގީ މަސްރަޙު

    ދުހިޔޭގެ ހަރު ގައުމުތަކުން ފެންނަން ތިބީ ޢަމަލީ ތަޖުރިބާގައި ގައުމު ހިންގުމުގެ އެވެއަރ ހުރި ހަރު ލީޑަރުން. ގާނޫނުން ހިނގާ ހެޔޮ ވެރިކަމަކަށް މިރާއްޖެ އައުމަށްޓަކާ 2008 ގައި ވ.ރަނގަޅު ގާނޫނުއަސާސީއެއް އެކުލަވާލެވި އެއަސާސުން މިނިވަން އިންތިޚާބެއް ބޭއްވުނު. ރައްޔިތުން އިޚްތިޔާރުކުރީ ކުރިން މިބުނި ސިފަތައް ނެތް މަގުމަތިން ލީޑަރުކަން ހޯދި ލލީޑަރެއް. އޭނާގެ ސީނިޔާ މުޅިޓީމަކީ ވެސް މަގުމަތީ ހީރޯއިން. ގައުމަށް ތަޢާރަފު ކޮށްދިނީ ލިޔެވިފައިވާ ގާނޫނުއަސާސީއަކީ އަދި ވެރިކަމަށް އައުމަށް ވާ ވައުދުތަކާ އެއްބަސްވުންތަކަކީ ވެސް ބޭނުން ގޮތަކަށް މާނަ އަނބުރާލެވޭނެ ފަލްސަފާތަކެއް ކަމަށް. ވެރިކަން ނުކުރެވި އިސްތިއުފާ ދީފައިވެސް މަގާމުތައް ގެއްލުނު އެންމެންލައްވާ އަލުން ރައްޔިތުންނަށް އޮޅުވާލީ. ހެޔޮވެރިކަން ބަޣާވާތަކުން ޖަހާގަތީއޭ ކިޔައިގެން ތަކެއްޗަށް ގެއްލުންދީ މުޒާހަރާ ފުޅާކުރީ. އާޚިރުގާ ރާއްޖޭގައި އަށަގަތީ މިތަޢާރަފުކޮށްދިން ގޮތެއްފޮތެއް ނެތް މުޑުދާރު ސިޔާސީ ކަލްޗަރ. ވެރިކަމަށް އަރާ ކޮންމެމީހެއް ގާނޫނުގެ މައްޗަށް ބާރުހިންގާ ވެރިކަން ދަމަހައްޓަން ކޮރަޕްޓް ވެގަންނަނީ އަމިއްލަ ފަލްސަފާއިން ގާނޫނު މާނަ ކޮށްކޮށްގެން! ރައްޔިތުންވެސް ފަސާދައާ ފަގީރުކަމުގައި ލިބުނު އެއްޗެއް ހޯދަން އާދަވެއްޖެ. ހެޔޮލަފާ ތަހުޒީބު ގާނޫނީ ވެރިކަމެއް ގާއިމުކުރުން މިވަނީ ކުރިއަށްވުރެ އުނދަގޫ ވެފައި. ނަޝީދުގެ ވާހަކައިން ބަޔަކަށް ތާއީދު. އެއީ ތައުލީމީ އާ ޖީލު ނުކުތުން. އެކަމަކު ސިޔާސީ ފަސާދައަށް ނުހެއްލޭ ނަޒާގަތްތެރި ޢަމަލީ ތަޖްރިބާވެރިންނާ ގުޅިގެން ގައުމު ލީޑުކުރަން އުޅުން. ޒާތީވުމާ ރޮށިފަޅިއަށް ހެއްލުމުން ސަލާމަތްވާން މަސައްކަތް ކުރުން.

  13. ބަރުގޮނު

    މީހަކު ބޭސް ބޭނުުންކުރާ ކުރުމާ ނުކުރުމާ އަދި މީހަކު މަޤާމަކަށް ކުރިމަތިލުމާ ނުލުމަކީ އެހެންމީހަކު ގޮތްކިޔާ ފާޑުކިޔަން ޖެހޭ ކަމެއްނޫން. އެއީ އެމީހެއްގެ ޒާތީކަމެއް. މިކަހަލަ ކަންކަމާ ގޮތްކިޔާ ފާޑުކިޔާ މީހަކީ ވިސްނުމާ ޚިޔާލުގެ ގޮތުން ނުކުޅެދޭ މީހެއް. ކެތްނުލަވާ ޙަސަދަވެރިޔެއް.

  14. ހާރޓް

    ތިއުޅެނީ އިލްޔާސް ލަބީބު ސިޔާސީ ގޮތުން ރައްޔިތުންނަށް ވިއްކަން ނޭނގިގެން. ކިޔާނެ އެެއްޗެއް ނޭނގިގެން. މާދަމަ ކިޔާފާނެ ވެރިކަން ކުރަން ރަނގަޅީ ބޮލުގައި ފަތްހުރި، ނުރަނުޖަހާ ޅަަނދޮޅުކުދިންނަށޭ 🤣