ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދުގެ މައްޗަށް ޖިންސީ ކުށްތަކެއް ތުހުމަތުތަކެއްގައި ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ މިނިވަންކޮށްފިއެވެ.

މުހައްމަދު މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ، ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާއާއި، އަދި ކުޑަކުއްޖަކާއި އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ކުށުގެ ދައުވާއެވެ.

އެނގިފައިވާ ގޮތުގައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނިންމާފައިވަނީ މި ދައުވާތައް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމުގައެވެ.

ދައުލަތުން ހުކުމާ މެދު ހިތްހަމަނުޖެހޭނަމަ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މުހައްމަދު އަހްމަދު ގައްދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިޚާބުގައި ވާދަކުރީ ވެސް މި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވަނިކޮށެވެ. ޝަރުއީ ކޯޓަކުން ޖިނާއީ ހުކުމެއް ނުކުރާހާ ހިނދަކު އިންތިޚާބުތަކުގައި ވާދަކުރެވެއެވެ.

އިންތިޚާބުގެ ފަހުން މިދިޔަ މެއި މަހުގެ ތެރޭގައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކުން އޭނާ މިނިވަންކުރިއެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އަނެއްކާ ވެސް އޭނާ ބަންދު ކުރަން އަމުރުކުރިއެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިމެންދެން އޭނާ ހުރީ ވެސް ގދ. ތިނަދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ދަނިކޮށް ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ބަންދު ކޮށްފައި ވަނީ ރަނގަޅު ތުހުމަތުތަކެއްގައި ކަމަށް ޕީޕީއެމްއާއި ޕީއެންސީއިން ޤަބޫލެއް ނުކުރެއެވެ.

މުހައްމަދު އަހްމަދުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވިނަމަ އޭނާ ކައުންސިލްގެ ރައީސްގެ މަގާމުން ވަކިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އައްނި

  ހުކުންތައް އަނެއކޮޅައް ޖަހައިފި ސަރުކާރު ހޫނުފެނައްވެއްޓިއްޖޭ ނުފޫޒު ފޯރުވަން ވވ މަސައްކަތްކުރި މިކަމުގަވެސް މިހާރުވެސް އެބަކުރޭ ރައްޔިތުންނޭ ވިސްނާލާތި މިފަހަރު

 2. ޢަޒު

  އަލްޙަމްދުލިﷲ

 3. ޚަލީލު

  ޕީޕީއެމް މީހެއް ކަމަށްވާތީ ތިޔަ މައްސަލަ އިސްތިއުނާފް ކުރާނެ.

 4. އަހަންމާ

  މަރުޙަބާ! މަރުހަބާ!