ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އިންޑޮނޭޝިއާއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވަރޗުއަލްކޮށް ސޮއިކުރި މިއެއްބްސްވުމުގައި ހެލްތް މިނިސްޓްރީގެ މިނިސްޓަރ އަޙްމަދު ނަސީމެވެ. އަދި އިންޑޮނޭޝިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ ހެލްތު މިނިސްޓަރ ބުޑީ ގުނާޑީ ސަޑިކިން އެވެ.

އިންޑޮނޭޝިއާއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތް މިނިސްޓްރީން ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއަރ، ސެކަންޑަރީ ކެއަރ، ހެލްތު ރެޒިލިއެންސް، ހެލްތު ފިނޭންސިންގ، ހެލްތު ޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެގައުމުގެ ސިއްހީ ދާއިރާގެ ފަންނުވެރިން ބަދަލުކުރުމާއި، ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ތަމްރީނުކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ ސަބަބުން ސިއްހީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިހާރު މިފެންނަނީ ސަލާން ޖަހަން އޭޝިޔާ ހުރިހާ ގައުމަކާ ގުޅުންތައް އުފައްދާތަން

  2. ދަރަނި ދަންތުރަ

    ރުވާންޑާޔާ އެކު ތިޔަފަދަ އެއްބަސްވުމެއް ހަދާބަލަ ސިއްހީދާއިރާގަ ވަރަށް ކުރީގައުޅޭ ގައުމެއް....