ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ކޮވިޑް-19 ބަލީގައި އަވަހާރަވެއްޖެއެވެ.

އުމަރު ޒާހިރު އަވަހާރަވެފައި ވަނީ ކޮވިޑަށް ފައްސިވެގެން، ހާލު ސީރިއަސްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. ދިވެހި ގައުމަށް އެތައް ހިދުމަތްތަކެއް ކުރައްވާފައިވާ އުމަރު ޒާހިރު މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރެއްވުމުންނެވެ.

އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެވަޑައިގެންވި ފަހުން އުޅުއްވީ އާލާސްކަންފުޅާއެވެ. ގަދަ ހުމުގެ އާލާސްކަންފުޅެއް ޖެހި، ހިންގަވައި އުޅުއްވުމަށްވެސް އެމަނިކުފާނަށް އުނދަގޫފުޅުކަމަށް އޭރު އާއިލާ އިން ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 85 އަހަރުފުޅުގެ އުމަރު ޒާހިރަކީ ސަރުކާރު މަތީ އެތައް މަގާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 1953 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

ޢުމަރު ޒާހިރު ވަނީ 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމަޔަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި 1988 އިން ފެށިގެން 1993 ވަނަ އަހަރާއި ހަމަޔަށް ޢުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަޤާމު އަދާކުރައްވާފައެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީވެސް އެމަނިކުފާނެވެ. އޭގެ ފަހުން ޢުމަރު ޒާހިރު ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަން ކުރައްވާ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ އެންމެ އިސް ޒިންމާތައް އުފުއްލަވާފައެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަމެވެ.

އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު އަސްލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުމަރު ޒާހިރަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އެމަނިކުފާނުގެ ހިދުމަތް އަޅުގަނޑުމެންގެ މި ފަސްގަނޑުން ފޮހެވިގެން ނުދާނެ،" އަސްލަމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އުމަރު ޒާހިރު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވި ހަބަރު އަޑު އެހީ ނުހަނު ފުން ހިތާމައާ އެކުގައި ކަމަށެވެ.

"މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި،" މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަޙުމަދު

    إنا لله وإنا إليه راجعون މަރުޙޫމަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ އާމީން.

    46
  2. ޙުސައިން ރމ

    ‎إنَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن

    38
  3. Anonymous

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
    ކެތްތެރި ހިތްތިރި މަޑުމައިތިރި މުރާލި ހިތްވަރުގަދަ ގައުމުދެކެ ލޯބިވާ ހިންގުންތެރި ވެރިއެއް. ﷲ އުމަރު ޒާހިރުގެ ފުރާނަފުޅަށް ހެޔޮރަޙްމަތް ލައްވަވައި ކަށްވަޅު ތަނަވަސްކޮށް ދެއްވަވައި، އާޚިރަތުގެ ހެޔޮ ޖަޒާ މިންވަރުކުރައްވާށި. އާމީން

    47
  4. ޙަސަނާ

    މާތްﷲމަރުހޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރިނިއުމަތް މިންވަރުކުރައްވާށި އާމީން

    35
  5. Anonymous

    މަރްޙޫމް ގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި ، ޢާއިލާ އަށްކެތްތެރިކަން ދެއްވާށި އާމީން.
    ޤައުމީ ފެންވަރުގައި ޖަނާޒާ ބާއްވަންޖެހޭނެ
    ވ.ބޮޑު ޤައުމީ ޚިދުމަތްތެރިއެއް.
    "ދާދިއަވަހަށްނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް
    ތާއަބަދު ދެމިހުންނަ ހެޔޮޒިކުރާއަކަށް ނިމުމެއްނެތޭ"

    42
  6. ދިރިތިބީންނަށް ބޮޑުވެގެންވާ ޢިބުރަތެއް

    إنا لله وإنا إليه راجعون! ކޮންމެ މީހަކުވެސް މަރުވާނެކަމީ ކަށަވަރު ކަމެކެވެ. މިމަރު ޚާއްޞަވަނީ އޭގައި ދިރިތިބީންނަށް ބޮޑު ޢިބުރަތެއް ވާތީއެވެ. އަމިއްލަފުޅު ޚަރަދުގައި މިސްކިތެއް (ދެމިގެންދާ ޞަދަޤާތެއް) ބިނާކޮށް އެ މިސްކިތް ހުޅުވައިދެއްވުމާއި އެކު ބަލިވެ، އެޑްމިޓްކޮށް ޢާއިލީ އެއްވެސް މީހަކަށް އުނދަގުލެއް ނުވެ، ދެތިންދުވަސް ތެރޭގައި އެނބުރި ﷲގެ ޙަޟްރަތަށް ރުޖޫޢަ ވުމަކީ ހާދަ އުފާވެރި ނިމުމެކެވެ. ނިޢުމަތެކެވެ.

    12
  7. އަމީ

    إنَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن

  8. ރީތި މޫސަ

    أنا لله وأنا اليه راجعون މަރުހޫމަށް ސުވަރުގޭގެ ދާއިމީ نعمة ލައްވާ عائلة އަށް ކެއްތެރިކަން ދެއްވާށި آمیـــــن

  9. ޔަރާ

    މާﷲ މަތްޔިތާގެ ފާފަފުުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮއްދެއްވާށި އާމީން ޔާރައްބަލް ޢާލަމީން

  10. މަޢީ

    نا لله وإنا إليه راجعون މަރުޙޫމަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ އާމީން.

  11. ނަސީރު

    إنا لله وإنا إليه راجعون މަރުޙޫމަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ އާމީން.

  12. އުގުރި

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

  13. ހަސަން

    إنا لله وإنا إليه راجعون

  14. އަހުމަދު

    إنا لله وإنا إليه راجعون މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ امين

  15. ރައްޔިތުމީހާ

    إنا لله وإنا إليه راجعون. ގިނަ ޚިދުމަތްތަކެއް ކޮއްދެއްވި ރައްޔިތުންގެ ލޯބި ލިބިފައިވާ ދަރިއެއް ނިޔާވެގެން ދިއުމީ މުޅި މި ދިވެހިގައުމު ހިތާމަ ކުރާނެކަމެއް. މަރުޙޫމަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ އާމީން.

     

  16. ހާލުގެ ދުލުން

    نَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن

  17. ދިވެހި ރައްޔިތުން

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
    ކެތްތެރި ހިތްތިރި މަޑުމައިތިރި މުރާލި ހިތްވަރުގަދަ ގައުމުދެކެ ލޯބިވާ ހިންގުންތެރި ވެރިއެއް. ﷲ އުމަރު ޒާހިރުގެ ފުރާނަފުޅަށް ހެޔޮރަޙްމަތް ލައްވަވައި ކަށްވަޅު ތަނަވަސްކޮށް ދެއްވަވައި، އާޚިރަތުގެ ހެޔޮޖަޒާ މިންވަރުކުރައްވާށި އެވެ. އާމީން

  18. ޢިއްބެ

    إنَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن

  19. Khalid Waheed

    إنَّا لله وإنا إليه راجعون
    ‎މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!آمیـــــــــــــن