ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު މާދަމާ ހުޅުވުމަށް ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ދަފްތަރު ހުޅުވާނީ އާޓް ގެލެރީގައެވެ. ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު ހޯމަ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

އުމަރު ޒާހިރު އަވަހާރަވެފައި ވަނީ ކޮވިޑް-19 ގެ އާލާސްކަންފުޅާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އުމަރު ޒާހިރު އަދާކުރެއްވި މުހިންމު ބައެއް މަގާމުތައް:

  • ދާޚިލިއްޔާގެ މަގާމުތައް، އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ
  • މަޖީދިއްޔާގެ ހެޑްމާސްޓަރ
  • ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ
  • ބަނޑޮސް ރިސޯޓްގެ މެނޭޖަރު
  • މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު
  • މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު

އުމަރު ޒާހިރު ކުރެއްވި ހާއްސަ ހިދުމަތްތައް:

  • 1960ގެ އަހަރުތަކުގައި، ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރި ގައުމީ ރޫހާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސް ސަފުގައި
  • މަޖީދިއްޔާގައި އިލްމީ އަހްލާގީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
  • މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތައް

އުމަރު ޒާހިރު އަދާކުރެއްވި އިސް މަގާމުތައް:

  • މާލޭ މުނިސިޕަލްޓީގެ ރައީސް (1980-1993)
  • މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް: (1983-1988)
  • މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް: (1988-1993)
  • މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް: (1993-2004)
  • މިނިސްޓަ އޮފް ހޯމް އެފެއާޒް: (2004-2005)
  • ސީނިއަ މިނިސްޓަރު: (2005-2008)
  • ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން (1960، 1970، 1990ގެ އަހަރުތަކުގެ ނިޔަލަށް)
  • ރައްޔިތުންގެ ޚާއްސަ މަޖިލިސްގެ މެންބަރުކަން (1970، 1970، 1980 1990ގެ އަހަރުތަށް 2004-2005)