ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހުގެ ރަސްމީ ވަޓްސް އެޕް ގްރޫޕުގައި އަވަގުރާނަ ގޮވައިފިއެވެ.

ބޭއަދަބީ ބަހުން މޮސްޓާ ވާހަކަ ދެއްކެވީ މަޖިލީހުގެ މެމްބަރުންނަށް ހަދާފައިވާ "ޕީޕަލް މަޖިލީސް" ގްރޫޕުގައެވެ. އެ ގްރޫޕުގައި މޮސްޓާ ވާހަކަ ދެއްކެވި ސްކްރީން ޝޮޓްތަކެއް ދަނީ ދައުުރުވަމުންނެވެ.

މޮސްޓާ އަވަގުރާނަ ގޮވީ ސީދާ ކޮން މެމްބަރަކާ ދިމާލަށް ކަމެއެ ސްކްރީން ޝޮޓުން ސާފެއް ނުވެއެވެ. ނަމަވެސް "މިއަދު މޮސްޓާ ފިރިހެނުންނާ އަޅައިގެން އުޅުއްވާ ދުވަހެއްތޯ" މެމްބަރަކު ގްރޫޕުގައި ސުވާލުކުރުމުން އެއަށް ރިޕަލައި ކުރައްްވަމުން މޮސްޓާ ވަނީ އެ މެމްބަރުންގެ މަންމައާ ދިމާލަށް ބޭއަދަބީ ބަސް ބޭނުންކޮށްފައެވެ. ބޭއަދަބީ ބަސް ބޭނުންކުރެއްވުމުން ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯއްދެވުމަށް އެ މެމްބަރު ގްރޫޕޫގައި ލިޔުއްވުމުން އަނެއްކާވެސް މޮސްޓާ ވަނީ ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާފައެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ވަޓްސް އެޕް ގްރޫޕެއްގައި ބޭއަދަބީ ބަސް ބޭނުން ކުރެއްވުމާއި މަޖިލީހުން ވަނީ މޮސްޓާއަށް ފިޔަވަޅު އަޅާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، އެމްޑީޕީގެ ބައެއް މެންބަރުންނަށް އަމާޒުކޮށް އަދަބު ކުޑަކޮށް މުހާތަބު ކުރައްވާފައިވާ ކަމަށް ބުނެ އެއިދާރާއިން ވަނީ އެފަދަ ކަމެއް ނުކުރުމަށް އޭރު މެމްބަރުގެ އަރިހުގައި ނަސޭހަތްތެރިވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް އަބަދުވެސްް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަމަށެވެ. އަދި ގަވާއިދުގެ ރޫޙަށް މަޖިލީހުގެ މެންބަރުންް އަބަދުވެސް އިހްތިރާމުކުރަންވާނެކަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މުހައްމަދު

    ޖާހިލުން މަޖިލީހަށް ވެއްދީމާ ވާނެ ގޮތް ތިޔަވަނީ.

    5
    3
  2. ކޮވިޑް

    "މިއަދު މޮސްޓާ ފިރިހެނުންނާ އަޅައިގެން އުޅުއްވާ ދުވަހެއްތޯ" މީކީ ހުތުރު ވާހަކަ އެއް ނޫންތޯ؟ މޮސްޓާ ބުނީމަ ތަ ގޯސް ބަހަކަށް ވަނީ ؟ މޮސްޓާ ހަމަ ބަރާބަރު ދަނގަޑު ކެޑޭނީ ދަނގަޑުން . މޮސްޓާ އަށް މުހާތަބު ކުރާ ގޮތަކަށް މޮސްޓާ ވެސް މުހާތަބު ކުރަން ވާނީ . ތި ބުނާ މަޖިލީސް ތީ މާ ކަރާމަތެއް އޮތް ތަނެއްތަ؟ ދެން ކޮން ވަޓްސްއަޕް ގްރޫޕެއް ބަރާބަރު މޮސްޓާ.

    8
    1
  3. ވަށަފަރު މުދިމު

    ތައުލީމެއް ނެއް ބައެއް ރަތްޔިތުން ހޮވީމަ ވާހޮތް. ހޮޅުއަޝީ ގަ ބާރައް ހަޅޭލަވާ ފަ ހަމަނުޖެހޭ މޮޅުވާހަކަ ދައްކާ ހެދީމަ ރަތްޔިތުން ނަށް ހީވަނީ މީމޮޅުމީހެކޭ މަޖްލިހަށް ހޮވަން
    ...އަދިވެސް ހޭނާރާތި ރަށުގަ ތައުލީމީ ކުދިން ނެތީތަ އަޅެ..

    5
    1
  4. Anonymous

    ބަކަރި ކޮށީގެ ގްރޫޕްތަކުގައި ދައްކަން ޖެހޭ ބަހުރުވަ އެއީ

  5. ޢިޔާބު

    މޮސްޓާއާއި ދިމާލަށް ހުތުރު ބަސް ބުނި މީހާވެސް އެބުނީ ތައުބާ ވާންޖެހޭ ވަރުގެ ވާހަކައެއް.

    9
    2
  6. ޝަނީފް

    ގޮތެއް ފޮތެއް ހުންނަ ބައެއްނޫން ތިޔަތާނގަ އުޅެނީކީ. ވަރަށްއަޚުލާގު ދަށް ބައެއް. އަދަބެއް އިހްތިރާމެއް ދަންނަ ބައެއް ނޫން. ވަކިން ހާއްސަކޮށް މޮސްޓާ.

    4
    1
  7. ބުއްޅާބެ

    ޕީޕީ ކުދިންގެ ހާލަތު

    3
    5
  8. Anonymous

    ނަޝީދު އޯކޭ ކޮންމެ ގޮތަކައް އުޅުނަސް.

    11
    • ޖާހިލު

      ބަލަ އެހެން މީހުން ޒިނޭކޮށް ވައްކަން ކުރާތީ ކަލޭވެސް ކުރަންވީނު

      1
      2
  9. ަސަޒަން

    ގޮތްކުޑަ މުޑުދާރުމީހެއް ހެޔޮނުވާނެ ތީނަ ބަހައްޓަންވެސް..... ނޮޅިވަރަމް ދާއިރާގައި ފަރުގެ މީހަކުހުރުން އެއީ ވަރަށް ބޮޑުމައްސަލައެއް.... ސަބަބަކީ ނޮޅވަރަމްގައި ދިރިއުޅޭ ރައްޔިތުންގެ 10 ބައިކުރީމާ ވާ އަދަދުވެސް ނޮޅިވަރަންފަރުގައި ނޫޅޭކަން! އަނެއްކާ ނޮޅވަރަމަކީ ކުޅުދުއްފުށި ނަގާފަ އެންމެ ބޮޑު އަދި އާބާދީވެސް އަދި ރަށްވެސް އެންމެބޮޑުރަށްކަމަށްވުން!

    1
    5
  10. އައިސް

    ޖާބިރަކަށް ފިޔަވަޅެއް ނާޅާނެ

    11
  11. އަހްމަދު

    މަޖިލީހުގެތަޅުމުގައި ލައިވްގަ ހަޑިހުތުރުބަސްބޭނުންކުރާބަޔަކު ވަޓްސަޕްގުރޫޕެއްގަ ބަލަންޖެހޭނެކަމެއްއޮންނެތޯ

  12. ތެޔޮބިޑި

    ރަނގަޅުވާނެ

  13. ބޭބެ

    ޖާބިރަކަށް ދޭނެ އެެއްޗެއް ނެއްތަ

  14. ހެވެލިން

    މިވަރުގެ އަހުލާގެއްނެތް މީހުން ރައްޔިތުންގެ މައްޗަށް ގާނޫނުހަދަން ލީމަ ދެންވާނީ ކިހިނެއް