ދައުލަތުގެ ހަރަދުގައި ކައިބޮއި ހަދާ ބޭފުޅަކަށް ރައްޔިތުން އުޅޭ ހާލު އިހްސާސް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ އެގޮތަށް ވިދާޅުވެފައި ވަނީ ކޮތަޅުން ޓެކްސް ނެގުމުގެ ސަބަބުން ހަރަދު ބޮޑުވެފައި އޮތް އޮތުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ނަޝީދަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު ވެރިކަމަށް އަރައި ވަޑައިގަތް ދުވަހުން ފެށިގެން ދައުލަތުގެ ހަރަދުން އާމްދަނީ ހޯއްދަވާ ބޭފުޅަކަށް ވާތީ، އެ މަނިކުފާނަށް އާންމު ރައްޔިތުން އުޅޭ ހާލު ފަހުމްވެވަޑައިގަންނަން ދަތިވާނެ ކަމަށެވެ.

"ތާއީދު ނުކުރާނެތާދޯ. ރައީސް މުޙައްމަދު ނަޝީދަކީ 2008 ނޮވެމްބަރު 11 އިން ފެށިގެން ދައުލަތުގެ ހަރަދުގައި މިއަދާހަމައަށްވެސް ކައިބޮއި ހަދައިގެން އުޅޭ މީހެއް. މީނާއަކަށް އިހުސާސް ނުވާނެ ރައްޔިތުން އުޅޭ ހާލު މުރައިދޫ ގަނޑުވަރުގައި ދައުލަތުގެ ހަރަދުތައް ހިތުހުރި ގޮތަކަށް ބޭނުން ކުރާހާ ދުވަހަކު" މޮސްޓާ ކުރެއްވި ޓްވީޓްގައި ނަޝީދަށް ފާޑު ކިޔުއްވަމުން އޭނާ ވިދާޅުވެފައިވެއެވެ.

ވިޔަފާރި މުއާމަލާތްތަކުގައި ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގު ކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނާ އެއްގޮތަށް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.

މިއާއެކު ކޮތަޅު ބޮޑީގެ އަގު ވަނީ ވަރަށް މައްޗަށް އަރައިގެން ގޮސްފައެވެ. އެހެންވުމުން ވިޔަފާރިވެރިންނާއި އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް ކުރިމަތިވިއެވެ.

މިކަން ހައްލު ކުރުމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިހާރު ވަނީ މަޖިލީސްއަށް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީސްގެ ވަޓްސްއެޕް ގްރޫޕަށް ނަޝިދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ސިންގަލް ޔޫސް ޕްލާސްޓިކް މަދު ކުރުން ކަމަށެވެ. މިކަން ކޮންޓްރޯލް ކުރެވޭނީ އުގޫބާތެއް ކަނޑައަޅައިގެން ނޫނީ ޓެކްސް ބޮޑުކޮށްގެން ކަމަށް ވިދާޅުވިއެވެ.

"ޕްލާސްޓިކް ކޮތަޅު ބޮޑު ކުރީ އެނގިތިބެ، އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ". ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ޕްލާސްޓިކް ކޮތަޅުގެ އަގު ދަށް ކުރަން ތާއިދު ނުކުރައްވާ ކަަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސިޔާސަތު ލާހޫރޭކަމީ އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް ކަމަށްވެސް ވިދާޅުފިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަތްއިތުން

    ސާބަސް މޮސްޓަރ މިއީތެދެއް

    16
    2
  2. ކާސިނޖީ

    ސަަބަހޭ ބުރޯ

    13
    2
  3. ގަލަން

    ރަގަޅައް މޮސްޓާ ތިޔަބުނީ ހުރިހާ މޮޅެއް އަންނިމެންނައް ގައުމައްލބޭ ފައިސާވެސް އަނަނިމެންގެ ޚަރަދައް ދެން އުޅޭނީ ރަތްޔިތުން ގުނބޯ ހައްދައިގެން ރަތްޔިތުންވެސް މޮޔައީ

    11
    1
  4. ޅަބޭ

    މިއަންނި އަދި ސޯލިބެއާ އެއްބައިވާނެ މިއީ ފަހުޒަމާނުގެ އަލާމާތެއް މިކަމޭގެ ސޯލިބޭއާ ގުޅިގެން އަދި ރާއްޖޭގަ ކޮތަޅުރައީސްކަން ކުރަން.

  5. Anonymous

    ކޮތަޅުންވެސް ޓެކުސް ނަގަނީ ނަޝީދު އެއުޅޭ މުރައިދޫ ގެޔަށް ހަރަދުކިރަން ޑިމޮކްރަސީގެ ބޮޑު ދިދަ ޖަހައިގެން ރައްޔިތުން ގުމްބޯ ހައްދާ އެމްޑީޕީ !