ވިމެން އޮން ބޯޑް އިން ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސް ޔާމީނުގެ ރަނިންގް މޭޓް ޑރ. ޝަހީމަށް ތާއީދުކޮށް މަރުހަބާ ދަންނަވައިފިއެވެ.

ވިމެން އޮން ބޯޑް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. ޝަހީމަކީ އަންހެނުން ބާރުވެރިކުރުވުމަށް ނުހަނު މައްސަކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ރަނިންގް މޭޓެއްގެ ގޮތުގައި ވާދަކުރައްވާތީ މަރުހަބާ ދަންނަވާކަމަށެވެ.

ޑަބްލިއުއޯބީއަކީ އަންނަން އޮތް ޖީލުތަކުގެ އަންހެނުން އިގްތިސާދީގޮތުން ބާރުވެރިކޮށް، ރާއްޖޭގެ އެކި ފަންތީގެ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި އެންޖީއޯއެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްޙުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓަކަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު، ހަމަޖެއްސެވުމަކީ ދީނީ ވަހުދަތު ރައްކާތެރިކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް ދީނީ ޢިލްމުވެރިންވެސް ދަނީ ބުނަމުންނެވެ.

ޑރ.ޝަހީމް ރަނިންމޭޓް ކަމަށް ހަމަޖައްސަން ރައީސް ޔާމީން ނިންމެވުމަކީ ފާއިތުވި ތަނުގައި ރައީސް ޔާމީން އިދިކޮޅު ފަރާތްތަކުގެ މައްޗަށް ހޯދި ކާމިޔާބީ ތަކުރާރުކުރަން އެމަނިކުފާނު ނިންމެވި ވަރަށް ވިސްނޭ ނިންމުމެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި މިވަގުތު ޑރ.ޝަހީމް ހުންނެވިއިރު އޭނާ ވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަން ވެސް މީގެކުރިން ކުރައްވާފައެވެ. އަދި ރައީސް ޔާމީނުގެ ކެބިނެޓުގައި އިސްލާމިކް އެފެއާޒް މިނިސްޓަރުކަން ވެސް ޝަހީމް އަދާކުރެއްވިއިރު އޭގެ ކުރީގެ ވެރިކަމުގައިވެސް އޭނާވަނީ އިސްލާމިކް މިނިސްޓްރީގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  އަންހެނުން ބާރުވެރިކުރުވުމަށް؟ ދީނީ މީހެއް؟ ލޮލް.

 2. ސައިނާ

  އައި ލަވް ޔޫ ޑރ.ޝަހީމް....ޔުއާ ސްމައިލް އިޒް ސޯ ކިއުޓް..އިންޝާﷲ ރައީސް ޔާމީނާއެކު މިކަންވާނެ.

 3. ނަޖްވާ

  ތި ވިމެން އޮން ބޯޑަކީ ސިޔާސީ ފިކުރުގަ ހިންގާ ޖަމްއިއްޔާ އެއް ވިމެން އިން ބޯޑު ގެ ނަން އަޅުވައިގެން!

 4. ބޮޑޫމީހާ

  އައްޔޯ. ހަާދަ އަވަހަކަށް ތިޔަ މަރުޙަބާ ކީ. އަހަރެންވެސް ބައިވެރިކޮށްލާތި އިގޭ

 5. އިބްރާހިމްބެ

  އަޅުގަނޑު ވިލުފުށީ އިބްރާހިމް ގޯލްޑަންހައުސް ގެ ފަރާތުން ސަހީމް އައް ވަރައް ހޫނު މަރުހަބާއެއް ކިޔަން.

 6. މަލަކުރި

  ރާއްޖޭގެ ނާއިބު ރައީސްކަން ގދ އިން ގއ އަށް އައުމަކީ ކުޑަކަމެއް ނޫން މިކަމާއި ހުވަދޫ މީހުން ވިސްނާނެ