ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހަމަވާނެއެވެ.

އެމްޑީޕީން ބާއްވާ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު މިއަދު 4:00 ޖެހުމާ ހަމައަށް އޮންނާނެއެވެ.

ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުން މަގާމަށް އެދޭ ފޯމް ފޯމާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

އެ ޕާޓީގެ ފަރާތުން މިއިންތިހާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުއެވެ.

އެމްޑީޕީގެ އިތުރުން އެމްއެންޕީ އާއި ޕީޕީއެމުން ވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއެވެ.