ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންސްއަށް ޖުމްހޫރީ ޕާޓީން ވާދަކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި އެމްއެންޕީން ވެސް ނިންމާފައިވެއެވެ. މި ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން އެތެރޭގެ ޕްރައިމަރީއެއް މި މަސް ތެރޭ ބާއްވައެވެ.

ޖުމްހޫރީ ޕާޓީގެ ނިންމުމާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން އެ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ އެ ޕާޓީގެ ކައުންސިލްގައި ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެކަމަކު އަދި ވަކި ގޮތެއް ނިންމާފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޝްވަރާގެ މޭޒު މަތީ އެކަން ހިނގަމުން ދަނީ، ވަކި ގޮތެއް ނިންމުމުން އަޅުގަނޑުމެން ހާމަ ކުރާނެ،" އަލީ ސޯލިހް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރު އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވުމުންނެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާ ތަމްސީލް ކުރެއްވި ހުސައިން ވަހީދަކީ އެ ދާއިރާއަށާއި އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި އަދި މިހާތަނަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ މެންބަރަކަށް ނުލިބެއެވެ. އަށާރަވަނަ މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރެއްވީ އެމްޑީޕީގެ މެންބަރު އަހްމަދު ނާޝިދެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    ގާސިމަށް އެންމެ އައުލާކަން ބޮޑީ ހަތަރު އަނބިން ގޮވައިގެން ފަރަށްގޮސް ބޮލިހިލަން . ހިޔެއްނުވޭ އެކަން ވެސް ކުރެވޭނެހެނެއް. # އިންޑިއާ އައުޓް #

  2. ޓިނު ވަގު

    މޮޔަފުޅު ނުވޭ! ގާސިމް ޕާޓީ އަށް ކޮމަންޑޫ ދާއިރާއިން ޗާންސެއް ނެތް.

  3. ފުލޯކު

    މިހާރު ރިއަލިޓީ އިލްހާމު ކައިގެން ހުންނަނީ ގާސިމު ދިނީމާތަ؟

  4. މޮހޮރު

    ޖޭ ޕީ އަށް ތިގޮނޑިއެއް ނުނެގޭނެ ސޭޓް ހުސްކޮށް ހަރަދު ކުރިޔަސް

  5. ައަބޫ

    ގޮތެއްނުނިއްމާތި ސޯޓްބޭލޭނެ ކާކުވޯޓްދޭނީ ނިއްމީމަ މިހާރުވެސް އަނބިދަރިން ތިބީމުޅިއެތީގަ ތި80 80 ފެޅިޒަމާނިމިއްޖެ