"އިންޑިއާ އައުޓް" ޝިއާރާއެކު ނުކުންނަ މީހުންގެ "ކަންފަތް މަތީގައި ޖަހަން ޖެހޭ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވުމާއި ގުޅިގެން ދެކެވޭ ވާހަކަތައް އޭނާ ސާފުކޮށް ދެއްވައިފިއެވެ.

އެމްޑީޕީން މާލެ ދާއިރާ އަށް ހާއްސަކޮށްގެން ސަލްޓަން ޕާކްގައި އިއްޔެ ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަށް ނިސްބަތް ކުރައްވާ ފަލާހް ވިދާޅުވީ އިންޑިއާ އައުޓެކޭ ނުގޮވޭނެ ކަމަށެވެ.

"އެގޮވާ ކަމަށް ވާނަމަ، އަޅުގަނޑުމެން ޖެހޭނެ އެމީހެއްގެ ކަންފަތް މަތީގައި ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެ ކުރަން ޖެހޭ ކަމެއް މިހާރު." ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ފަލާހް ވިދާޅުވިއެވެ.

ފަލާހު އެހެން ވިދާޅުވުމުން އިދިކޮޅުގެ ބައެއް ފަރާތްތަކުގެ ބަހުގެ ހަމަލާތައް ވަނީ އޭނާއަށް އަމާޒުވެފައެވެ. އަދި ފާޑުކިޔުންތައްވެސް އަމާޒުވެ ބައެއް ފަރާތްތަކުން އަންނަނީ ފަލާހް ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަހްގީގު ކުރުމަށް ވެސް އެދެމުންނެވެ.

އިއްޔެ ދެއްކި ވާހަކަތަކާއި ގުޅޭ ގޮތުން ފަލާހު "ވަގުތު"އަށް މިއަދު ވިދާޅުވީ "ކަންފަން މަތީ ޖަހާށޭ" އެ ޖުމްލަ ބޭނުން ކުރެއްވީ އެއްވެސް ބަޔަކަށް އަނިޔާދީ ހަމަނުޖެހުން ހިންގުމުގެ ވިސްނުމުގައި ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކަށް ހިތްވަރު ދިނުމަކީ ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

އަޅުގަނޑު ބުނީ ފިޒިކަލީ މީހެއްގެ ގައިގައި ޖަހާ ވާހަކައެއް ނޫން. އަޅުގަނޑު ބަޔާންކޮށްދޭން އުޅުނީ އިންޑިއާ އައުޓް ކިޔުމުގެ ބޮޑުކަން ނުވަތަ އެކަމުގެ ސަބަބުން ލިބޭނެ ގެއްލުން. އެއީ ކޮންމެ ގޮތެއް ހަދާފައިވެސް ހުއްޓުވަން ޖެހޭ ކަމެއް ކަން ބުނެދޭން،" ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ ދެކޮޅަށް އަޑު އުފުލާނަމަ އެކަމުގެ ހުރިހާވެސް ގެއްލުމެއް ވާނީ ދިވެހިންނަށް ކަމަށެވެ. ސަބަބަކީ އެ ގައުމަކީ ރާއްޖޭގެ އެތައް ބަޔަކު ބޭސްފަރުވާއަށާއި އެހެނިހެން ކަންތައްތަކަށް ދަތުރުކުރާ ގައުމަކަށް ވާތީއެވެ. "އިންޑިއާ އައުޓް ކެމްޕޭނަކީ އެމީހުންނަށްވެސް ލިބޭ ދެރައެއް" ފަލާހު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކިޔާ މީހުންގެ ކަންފަތް މަތީގައި ޖަހާނެ ކަމަށް ފަލާހް ވިދާޅުވުމުން ބައެއް މީހުން ވަނީ އިންޑިއާ އައުޓް މެސެޖްތައް ފަލާހްއަށް ކުރުމަށް ގޮވާލައި އޭނާގެ މޯބައިލް ނަމްބަރު ވެސް ޓްވިޓާގައި އާއްމު ކޮށްފައެވެ. ބައެއް މީހުން ވަނީ ފަލާހް އަށް މެސެޖްކޮށް، ފަލާހަށް އެމީހުންގެ ގައިގަ ޖެހޭތޯ ބަލަން ތިބި ކަމަށް ޓްވިޓާގައި ބުނެފައެވެ.

އިއްޔެ އޮތް އެމްޑީޕީގެ ބައްދަލުވުމުގައި ވެސް އެންމެ ބޮޑަށް ދެއްކީ އިންޑިއާ އާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭންގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ރާޖާ

    މަކުނެއް ހެދުން އެޅުވިޔަސް އެއީ ހަމަ މަކުނަކަށް ނޫނީ ނުވާނެ.

    113
    • Anonymous

      ތެދެއް. ކިތަންމެ ވަރަކަށް އޮފުއެރުވިއަސް ހިލަގަނޑެއް ޖަވާހިރަކަށް ނުވާނެ! އަސްލަކީ ޖާހިލުކަން. އުޅުމަކީ ވަކަރުގޭ އުޅުން. ބަހުރުވައަކީ ޖަންގަލީގެ ބަހުރުވަ. މަޖްލިހުގެ މެންބަރަކަށްވިޔަސް މީހާގެ ގައިގެ އެތެރޭގަ ހުރިއެއްޗެއްނޫނީ ނުނުކުންނާނެ.

      46
    • ބޮލުރޮދި

      މާކުން އެއްނުންތަ؟

      20
  2. ޢަލީ

    އޮޅުވާލަން ދެން ކޮންވާހަކައެއްް ދައްކާކަށްތަ. " ޖެހުން " އެއީ މާރާމާރީ ހިންގަން ޖެހޭ ވާހަކަ ބުނެފަ ތިއޮތީ ނިކަން ޖަހާބަލަ ބުރާންޗާ.

    104
  3. ޖާނޭ

    ވާހަކަ އޮޅުވާލަން އުޅޭނެ ކަމެއް ނެތް. ތިޔައީ އައި.ސިސް އަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ބޮޑު ނިބުރުވެރިއެއް. ޤައުމީ ސަލާމަތަށާއި އިންސާނިޔަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް. ދިވެހިންނަށް އިހާބު ދައްކާ ނިބުރުވެރިއެއް އިންޓަނޭޝަނަލް ޓެރަރިސްޓެއް. ފިވެހި ފުލުންނަށް މިފަލާޙް ހައްޔަރު ކުރަން އުދަގޫވާނެ. އިންޓަޕޯލް މެދުވެރިކޮށް އަވަހަށް ހއްޔަރު ކުރަން ހަރުއަޑުން ގަވާލަން.

    78
  4. ދިދަ ދަނޑި

    އެހެން މީހުންވެސް ބުނީ އަސްލަށް މަރާ ވާހަކައެއް ނޫނޭ.. ފިލްމް ތަކުގަ މަރާ ގޮތޭ ހިތަށް އަރުވާފަ ބުނީ…

    69
    1
  5. އަހްމަދުސޮ

    ފަލާހްތީ އިދިކޮޅުމީހެއްނަމަ މިހާރުހުންނާނީ ހައްޔަރުކޮށްފަ އަނިޔާވެރިކަމައްގޮވާލުމަކީ އެމްޑީޕީގެ ހޮބީއެއް ހަގީގަތުގަވެސް ފަލާހް ފަލާހްހައްޔަރުކުރަންޖެހޭ ރައްޔިތުންނައް އަނިޔާވެރިވުމަށް އާއްމުތަނެއްގަ ތިގޮތައްނުގޮވޭނެ

    80
    1
    • ޙަބޭ

      ފަލާހް މޮޔަފުޅުވީތޯ؟ މީ ބީޖޭޕީ ވެރިކަމެއްވެސް ނޫނޭ ބަލަގަ.

      20
  6. އަޙްމަދު

    ކަލޭ މީސްމީހުންގެ ގައިގައި ޖެހޭތެ! އެއީ ކޮންތަނަކަށް ކަލޭއައް ކޮންތާކުން ލިބުނު ހުއްދައެއްތަ!

    75
  7. ރިޔާޒު

    ތިދެން މާމޮޅުގޮތެއް. މަބުނަންވީ މިވެނި މަރަންވީ މީހެކޭ. ދެން ފަހުން ބުނަނަންވީ އެއީ ޖިސްމާނީގޮތުން މަނާ ވާހަކައެއް ނޫނޭ. އެހެންވީމާ ނަޝީދު މަރަން ގޮވިމީހާވެސް އެހެންބުނަންވީނު. އޭރުން އޭނަ ސަލާމަތް ވާނެ ދޯ.

    72
  8. އުގުރި

    އަޅުގަޑަށް މާނަ ކުރެވުނީ ހަމަ އިންޑިއާ މިލިޓަރީ އައުޓް އޭބުނިހެން.

    64
    1
  9. Anonymous

    ކަލޭގެ ފުރާނަދުއްވާލަން އަހަރެންގޮވާފަ ކަލޭއެކަންތައް ބޮޑުވެގެން ވާހަކަދެއްކީމަ އަހަރެން ބުނާނީ އަހަރެން ނުބުނަމޭ ކަލޭ މަރާލާނެ ވާހަކައެއް މިފަދަ ގޮތަކަށް ކަލޭގެ ބަސްމަގު ތިޔަހުރީ އެހެންތާވާނީ ގިނަވަގުތު ހުންނާނީ ހޭބުއްދި ފިލާފާވިއްޔަ. އުމުރުން ދުވަސްވީމަވެސް އެނުބޮއެއްނުރެވޭ ނަމާދެއްކޮއްލެވޭތޯ ބަލާކަށްނުވޭތަ މަރުވެދާނެ .

    61
  10. އެރރ

    ފަލާހު އުބައްޖެހީ..ޕަކާސް

    60
  11. ރަދީފް

    ''އަޅުގަނޑުމެން ޖެހޭނެ އެމީހެއްގެ ކަންފަތް މަތީގައި ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެ ކުރަން ޖެހޭ ކަމެއް މިހާރު." ކަލޭ މީތި ތަރުޖަމާ ކޮށްލަބަލަ.ލަދު ކޮބާ؟؟

    63
  12. އިބްރީމް މުހައްމުދު ސޯލިހާ

    ބިރުވެސް ގަނޭ ދޯ އަދި ތިހާ ފިޑި މީހުން ކަންކަމާ ވާހަކަ ނުދެއްކިޔާ މާ ތާހިރުވާނެ

    65
  13. ކަނބާ

    މިހާރު ހަމަހޭވެރިކަންވީދޯ؟

    61
  14. ކޮވިޑް

    ކަލޭމެން ( އެމްޑީޕީ މީހުން ) ބުނޭތަ ކުއްވެރިވާ ވާހަކަ އެއް ؟ ކުއްވެރިވާ ކަމެއް ކުރޭތަ؟ ދުވަހުކުވެސް ކަލޭމެން ކުރާ ކަންކަމުގަ ދޭ އިންޒާރަކުގަ އުންސުރާ ފަންސުރު ޝަމީމު އޮންނާނީ ނުފެނިފަ . ތީ އާކަމެއްނޫން . ރޯޔަލް، އުންސުރު ފަންސުރު ކިހާ ބޮޑު ނުހުރުއްޕާނެއް މިގައުމަށް އޮތް.

    57
  15. Anonymous

    ގުންޑާއިންނަށް ވާހަކަ ދެއްކޭނީ ގުންޑާކޮށްވީމަ ވާގޮތް ދޮތްތޯ؟

    28
  16. ށުމަން

    މިހާރު ބިރު ގަތީ! ތީ ކަލޭމެންގެ ސައިޒަކީ!! ޜައްޔިތުން ނާ ކުޅެން ނަހަދާތި!

    29
  17. ހުސެންބެ

    ކޮން މާނައެއް

    20
  18. ޒާ

    ކޮންމެ ގޮތެއް ހެދުމުގެ މާނާގައި ޖެހުންވެސް ހިމެނޭ. މާނަ ސާފު އިބާރާތުން ވަކި ކަމެއް ކުރަން ބުނީމާ އޭގެ މާނަ އެހެން ގޮތަކަށް ދެން ބުނެދޭކަށް ނުޖެހޭ. އެގޮތަށް މާނަ ބުނެދޭނަމަ ޓެރަރިޒަމްގެ ޢަމަލު ހިންގުމަށް ހިތްވަރުދޭ ޤާނޫނު ތަންފީޒެއް ނުވާނެ.

    20
  19. Anonymous

    ނިކަމެއްޗަކު ބުނި އެއްޗެއްނަމަ މިހާރު އޮންނާނީ ކުޑަ ގޮޅީގަ ތިޔަ ތަފުސީލެއް ބޭކާރު ކަމަކައްވާނީ ، މޑޕ އައުޓޭ ކިޔާބަލަ.

    23
  20. ހިނާ

    ކަލޭ ބުނީ ނަފުސާނީ ގޮތުން ޖަހާ ވާހަކަ އުތަ،

    17
  21. ރބރ

    މާނަކުރާކަށް ޖާގައެއްނެތް ވަރަށް ވަރަށް ސާފުދިވެހި ބަހުން އެންމެހާ ދިވެހިންނަށްވެސް އެގޭގޮތަށް މިއޮތީ ބުނެފަ "އިންޑިއާ އައުޓް" ޝިއާރާއެކު ނުކުންނަ މީހުންގެ "ކަންފަތް މަތީގައި ޖަހަން ޖެހޭ" އަނިޔާވެރި ވުމަށް ގޮވާލާފަ ދެން އެބޭފުޅުން ވިދާޅުވާނެ އިތްޒްތް ތެރިޔާއެއީ ނަފްސާނީބޭފުޅެކޭ ބޮޑުވަރު

    20
  22. ތެޔޮބިޑި

    އެވަގުތު ކީއްވެ ތިހެން ނުބުނީ.
    މިއީ ހަމައާއި އިންސާފު އޮންނަ ގައުމެއްނަމަ ކަލޭ މިހާރު ހުންނާނީ ޖަލުގައި.

    20
  23. މުރާދު

    ހިތުގެ ޑިޕާޓްމަންޓް ބޭފުޅާ އެބަހޯދާ

    17
  24. Anonymous

    ކޯޗެއްސާފުކުރާކަށް އަނގަ ސާފުކޮށްބަލަ މީދހިވެހިން ދިވެހިބަހުން ބުނިއެއްޗެއް އިތުރަށް ކުރާނެ ސާފެއް ނު އޮންނާނެ ވަގުތު މީހުނަށް ސާފުކޮށްދީ އެމީހުން އެތިބީ ހަރާބުގެ މަގައްގޮސް

    15
  25. ތެޔޮބިޑި

    އަނގަވެސް ހުޅުވަންޖެހޭ...
    ބިރުވެސްގަނޭ...
    ޙަމަޔާއި އިންސާފުވެސް ނުދަންނަ ބީތާއިން މަޖިލިހުގަ

    20
  26. ސދަސދ

    ކަލޭ އައުގުރާނައެއްގިވާފައި އެއިތި މާނަކުރާ އިރު ކީކޭބާ ތަރުޖަމައިގަ އޮންނާނީ. ޙެއް ހެއް ހެއްް.... ބޯގޯސް

    15
  27. ހަސަން

    އިންޑިޔާ އައުޓު. ނިކަން ޖަހާބަލަ

    15
  28. އަބްދޫ

    ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ އެބައޮތް އިންޑިޔާ އައުޓް ގޮވޭނެ ކަމަށް، ވީއިރު ފަލާހް މީހުންގައިގަ ތަޅަން ގޮވީ ގާނޫނުއަސަސިއަށް ގޮންޖެހުމަށްތަ؟

    15
  29. ލާމު

    ކަންފަތް މަތީގައި ޖަހަންވީ ކީކޭ؟

    16
  30. މޫސަ

    އަންނި މަރަން ޔާފިޒު ކިޔާ މީހެއް އިންޒާރުދިނީ ނަފްސާނީ ގޮތުން އުތަަ

    13
  31. ޢިއްތިހާދު

    މިހާރުވެސް ނަޝީދުއައް އިންޒާރުދިން މީހާވަނީ ޖަލުގަ ދައުލަތުން ވަނީޓެރެރިޒައްގެ ދައުވާތަކެއްއުފުލާފަ އެތައްދިވެހިރައްޔިތުނާ ރާއްޖޭގެ ވެރިކަންކުރިރައީސުންނާ ކެބިނެޓްގަ އުޅުނުމީހުނައްއިންޒާރު ލައިވްޓީވީގަ ދިންއިރު ހިފާހައްޔަރު ފުލުހުންނުކުރުމީ ތާފާތުތަކެއް ގެންގުޅޭކަމުގެހެކީ ވަކިބަޔަކުކުރީމަ ކުޝަކައްވަނީ އުއްމީދުކުރަން ދެންއައްނަސަރުކާރަކުން ތަހުގީގުކުރާނެކަމައް މިގޮތައްއުޅޭ ހަމަލާދިނުމައްހިއްވަރުދޭމީހުންގެ މައްސަލަތައް

    12
  32. ކައުންސެލަރު

    ދެން އަވަހަށް ނޫސްބަޔާނެއްނެރޭ އެހެންމީހުންނަށް މަބުނިއެއްޗެއް ފަހުމު ނުވިއްޔޭ ކިޔާފަ. އެއީނު ކަލޭމެންގެ ބާވަތަކީ. ކޮބާލަދު

    16
  33. މާލެ

    މިސޮރު ހާދަ ބިރެއްވެސް ގަނެއޭ ދޯ މީ ހަސަން ކުރުސީ ކަހަލަ ފިނޑިއެއް.

    13
  34. މާރިޔާ ބާރަށް

    ވާހަކަ ދެއްކީ ދިވެހިންގެ ކުރިމަތީ ދިވެހިބަހުން ކޮންމެ ބޭފުޅަކުވެސް އަދަބު އަހުލާޤް ރަގަޅު ކުރަން އެބަޖެހޭ

    12
  35. ވާހަކަ ދައްކަން ދަސްކުރުން

    މެމްބަރަކަށް ވުމުގެ ކުރިން އެންމެ ފުރަތަމަ ޖެހެނީ ދިވެހިން ރީތިކޮށް ވާހަކަ ދައްކަން ދަސްކުރުމެވެ. މާނަކުރާނީ އަޑުއަހާ މީހުންނާ ކިޔާ މީހުންނެވެ. ބުނާ މީހާ ނުވަތަ ލިޔާ މީހާ އެއްޗެއްގެ މާނައަށް އިޝާރަތްކުރަނީއެވެ. އެހެންވެ، ތިމަންނަ ބުނިއެއްޗެއްގެ މުރާދަކި ނުވަތަ ގަސްދަކީ މިވެނި އެެއްޗެކޭ ބުނެވިދާނެއެވެ. ބުނާ އެއްޗެއްގެ މާނަ އޮޅުން އަރައިފި ނަމަ، ގަސްދުކުރި މާނަ އޮޅުންފިލުވައިދޭން ޖެހިދާނެއެވެ.

    އިނގިރޭސިން އައި ޑިޑް ނޮޓު މީން ދެޓް ދިވެހިން ބުނުމުގައި ބުނާނީ ތިއީ އަހަރެން ގަސްދުކުރި މާނައެއް ނޫނޭ ފަދަ އިބާރާތެކެވެ.

    ކޮންމެއަކަސް ދިވެހިން ރަނގަޅަށް، ރީތިކޮށް ވާހަކަދައްކަން ނޭނގޭ މީހުން، އަދި، ބުނާ އެއްޗެއް ބުނުމުގެ ކުރިން އެއާ މެދު ރަނގަޅަށް ނުވިސްނާ ވާހަކަ ދައްކައި، ބުނުމަށްފަހު، މީހުން ފާޑުކިޔަން ފެށުމުން، ބުނި އެއްޗަކީ ރަނގަޅު އެއްޗެއްކަން ރޭކާލާ މީހުން، މެމަބަރަކަށް ކުފޫ ހަމަވާ ހެެނެއް ހިޔެއް ނުވެއެވެ!

    8
    1
  36. ޖަންގަލީގެއުސޫލު

    މި އެމްޑީޕީއައް ނިސްބަތްވާމީހަކު މީހަކު ތިރިކޮއްލިޔަސް މިމީހުންގެ މައްޗައް ހިންގޭނެ ގާނޫނެއް ނޯންނާނެ ގާނޫނުހިންގަން ތިބި މީހުންވެސް ތިބެނީ މިމީހުންދެކެ ބިރުން މީކިހާދެރަކަމެއް

    10
  37. ރަން ރީނދޫ

    އެމްޑީޕީ އަކީ ޑިމޮކްރަސީ އާ ވަރަށް ބީރައްޓެހި ބައެއް. މުރައިދޫ ގަނޑުވަރު ރަސްގެފާނު އެބުނީ ނު،އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރަކަށް ފްރާންސް އައުޓް ޖަހައިގެން ލަންޑަން ގެ މަގުމަތީގައި ނޫޅެވޭނެޔޭ. ހަގީގަތަކީ އުޅެވޭނެ. ދިވެހިން ނަކީ ތަނެއް ދޮރެއް ނުދަންނަ ބަޔަކު ކަމަށް މިމީހުން ހީކުރަނީ ކީއްވެ ބާ.

    13
  38. ދެބޯގެރި

    ދެން ކޮންމެހެން އަޅުގަނޑެއް މަޅުގަނޑެއް ކިޔާނެކަމެއްނެތް ޓެރަރިޒަމުގެ ޤާނޫނުގެދަށުން އަދި ބިރުދެއްކުމުގެ ޤާނޫނުގެދަށުން ކުށްވެރިވާނީކީ ވަކި ބައެއްނޫން ތިޔަ ޑުރަގު ޑީލަރުންވެސް ކުށްވެރިވާންޖެހޭނެ ޢަދަދުނޭނގޭހާ ގިނަ ދަޢުވާ އުފުލެންޖެހޭނެ ބަންދުވެސް ކުރެވެންޖެހޭނެ ޕާޓީވެފަ މެމްބަރުވީމަ ޤާނޫނު އިސްތިސްނާނުވާނެ ހަމަ އެކަނި ކެނެރީގޭ ނަޝީދަށް ހަމަލާދޭން ބުނާމީހުންނެއްނޫން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ޤާނޫނާ ޚިލާފަށް ހަމާލާދޭން ގޮވާލާ އެކަމަށް ހިތްވަރުދޭ މީހަކު ބަޔަކު ކުށްވެރިވާންޖެހޭނެ ދިވެހި ކޮންމެ ރައްޔިތަކީ ޤާނޫނުގެ ރައްކާތެރިކަން ލިބެންޖެހޭ ޤާނޫނޫ ހިންގެންޖެހޭ ބައެއް އެމްޑީޕީއެއް މެމްބަރެއް ޑުރަގުޑީލަރެއް މާކުން ފަލާހެއްނޯންނާނެ އެންމެންގެމައްޗަށް ޤާނޫނު ހިނގުމުގަ ހަމަހަމަކަން ޤާއިމުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް

  39. ފަލާހްގެ ދަރި ފޮލާހް

    ބަލަ އިންޑިއާމަސްޓް އައުޓޭ އެގޮވަނީ މަޒާޖީގޮތުން ދެންފަލާހްކޮންމައްސަލަޔަކާ ރުޅިއައިސްގެން ޖަހާނަމޭ ތިޔަކިޔާނަގަނީ ބަލަ ފަލާހޫ މީކަލޭ ތިޔަބުނާޒަމަނެއްނޫން ބިރެއްނުގަންނަނެ ތިޔަފަލާހަކައް ނުޖެޖެހޭނެ އެއައްވުރެ މާފިނޑިމިހެއްތީ މަމެންދަންނަ ފަލާހެއްނުތީ އެކިޔާސަޓޯގެ ކޮއްކޮއެއްނުތީ

    10
  40. ތައްޕަޅޭ

    ބަސް ބުނެ ނިމި މީހުންގަނޑު ރުޅި ގަދަވެގެން އެތިވަރު ގޮވާލީމަ އެބަސްތައް އެހެން ގޮތަކަށް ޝަރަހަކޮށްދޭން ތިއުޅެނީ..ބަލަ ކަންފަތް މަތީގަ ޖަހަން ތިބުނަނީ މާދަމާ އެބައެއްގެ ކައިރިއަށް ވޯޓު ހޯދަން އަންނާނެ ބަޔަކާ ދިމާލަށް..މީނާ ވޯޓު ހޯދަން އައިމަ ވާނެ ކަންފަތްމަތީގަ ހޫނު ތަފާލެއް ޖަހާލަން

  41. ދުނިދަނޑި

    ލަދުހަޔާޓްކުޑަ މީހާ ކަލޭ ބުނެދެން އުޅުނީ ޑުރަގު އެތެރެކުރާނެގޮތާއި ޑުރަގު ވިޔަފާރިކުރާނެގޮތާއި ޑުރަގު ބޯނެގޮތުގެ ވާހަކައެއްނޫންތަ؟ މިހާރު މަށަށް ހަމަ ހީވަނީ އެހެން ބުނަން އުޅުނުހެން އެވާހަކަތައް ކިޔާދޭންވެގެ މަޖާޒީގޮތުން ބުނި އެއްޗެއްހެން އެއީ ކަންފަތްމަތީގަ ޖަހަން މިކަހަލަ ދޮޅުރޯނާއިން މަޖިލީހުގަ ތިބެގެން ނުރާކަންތައް ދެން ވާނެގޮތް ވިސްނާލީމަ މި އެނގެނީ އަނގައިން ދެކެވޭ ވާޙަކަ ހަނދާން ނުހުރޭ ބުނެވޭ ބަހެއްގެ މާނަ ނޭނގޭ އޮޅުވާލިޔަސް މިވަރު ބޮޑު އެޖެންދާ 19 އެއީ މަކަރުވެރިކަމާ އޮޅުވާލުމާ ހީލަތްތެރިކަމާ ހިޔޏާތްތެރިވުން

  42. ސަންފައްތަ

    ނަފްސާނީގޮތުން ޖެހޭނެތޯ؟

  43. މާކުންބެ

    އަޅުގަނޑައްމާނަކުރރރ ރެވުނީ އެފްޕީއައި މާކުންބޭގެމިލްކެއްކަމަށް

  44. ނަސީ

    ކޯޓް ކޭސް ފައިލް ކުރަން ޖެޙޭ ރިހާކުރުފުޅިވަގައް ނެގީމަ އަދަބުލިބިފައި ޓެރިރިސްޓް އަމަލު ހިންގާމީހުން ދޫވެފައި

  45. ނަން

    އެބުނީ ކަންފަތް މަތީ ލޯބިން ބާރައް ޖަހާލާށޭ ދޯ

  46. ޟމ

    މާނަ ކުރަން ދަސްކޮށްދޭ ކުލާހެއް މި ޤައުމުގެ މީހުންނަށް ނަގައިދޭންވީނުން ދޯ

  47. ގަލަން ތުނޑު

    މީނައެކޭ ކެނެރީގެ ބޮޑުބޭފުލާޢެކޭ ތަފާތެއް އެބަހުރިތޯ؟ އެފުޅިން ހިއްޕަވަންޏާ ހަމަ އެބަހުރުވައިން ވާހަކަދައްކާނީ...ހިރުވައިގަތީމަ ބިރުގަތީ