އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް އިއްޔެ ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމީދޫ އައްޑޫ ސިޓީ ކައުންސިލް ބައެއްގެ ގޮތުގައި އޮވެގެން މި ދެ އަވަށުގެ ރައްޔިތުންނަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ މިއީ މިހާރު ވިސްނާ ބަހުސްކޮށް، ހައްލު ހޯދަންވެއްޖެ ކަމެއް ކަމަށެވެ.

އެކަމާ އެ ދެ އަވަށުގެ މީހުންގެ ހިޔާލު ވެސް ބޭނުންވާ ކަމަށާއި އެ މީހުން އެ ކަމަށް ތާއީދުކުރާ ނަމަ ކުރިއަށް އޮތް ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު ފެބްރުއަރީ މަހުގެ ތެރޭގައި މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ކަމެއް ނިންމުމުގައި މި ދެ ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތަކަށް އާ ކައުންސިލާ އެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުންމީދުކުރި،" ރޮޒެއިނާ ވިދާޅުވިއެވެ.

"ނަމަވެސް މި ޝަކުވާތަކަށް ނިމުމެއް ނެތް،"

އައްޑު އަކީ މީހުން ދިރިއުޅޭ ހަ އަވަށް އޮންނަ ތަނެކެވެ. އެއީ ހިތަދު އާއި މަރަދޫ އާއި މަރަދޫފޭދު އާއި ފޭދު އާއި ހުޅުދު އާއި މީދުއެވެ. އަދި ހުޅުދު އާއި މީދޫއަކީ ހިޖުރަކޮށްފައިވާ ގިނަ ބަޔަކު ދިރިއުޅޭ ދެ އަވަށެވެ. މި ދެ އަވަށުގެ ރައްޔިތުން ބައެއް އަސާސީ ހިދުމަތްތައް ހޯދަން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދާން ޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހޯހޯ

  އައްޑޫބަހުން ވާހަ ކަ ދައް ކާށަސް ނިއެގޭވޭލެއި ކުކ ކިޅުހުންގާޏާއު ތެ ކޭނީ......

  19
 2. އަމިއްލަ އެނދުން

  ހުޅުމީދޫ ދާއިރާގެ ރައްޔިތުން ރޮޒައިނާގެ ހުށައެޅުމަށް ރުހޭބާ؟؟؟

  17
 3. ޢަލީ

  ޝައްކެއްވެސްނެތް ގެއްލުން އަދި މަރަދުއެއި ފޭދުއަސް ވަކިކެރާއްވީ، ހިތަދޫ އެކަނި ބާއްވާ. އަދި ހިތަދޫ ސިޓީއެއި ކެއާ،

  3
  2
 4. Anonymous

  ރޮޒެއިނާމެން ބޭނުން ގޮތަކައް މޮޑެން އޮތް ފުއްގަނޑެއް މިސަރުކާރަކީ 2023 ވަންދެން މޮޑެ މޮޑެ ތިބެލާ.

  10
 5. މަރުޖީނާ

  މީ އްަނެއް މުޑުދާރު އަންހެނާ މީ ފައްކާ ރޯނު އެދުރެއް

  11
  1
 6. ޖެހޭނެއޭ

  އައްޑޫ ހުޅުމީދޫ ކައުންސިލް ވަކިން ހިންގަން ރޮޒައިނާ ހުށަހަޅުއްވަނީ ނަމަ ތީ އައްޑޫގެ ތާރީޚާއި ޖިއޯ ޕޮލިޓިކްސް އާއި ގުޅޭ ކަމެކޭ ވަކިކުރާއިރު ކައުންސިލް އެކަނި ވަކި ކޮށްގެން ނުވާނެއޭ ހުޅުދޫ މީދޫގެ ކެޑެސްޓްރަލް ލައިން ކުރަހަން ޖެހޭނެއޭ އެގޮތުން ކުރަހާ އިރު އައްޑޫ ހުޅުދޫ މީދޫގެ ކެޑެސްޓްރަލް ލައިން ތެރެއަށް ވަންނާނެއޭ އިސްމެހެލާ ހެރަ ހެރެތެރެ ވިލިގިލި އެގޮތަށް ވެއްޖެނަމަ އެއުފެދުނީ އެއީ އައްޑޫގައި ދާޚިލީ ހަމަނުޖެހުމެކޭ ހިތަދޫ ގައި ނެތޭ ރިސޯރސް އެއް އެއިރުން ދެން ފޭދޫ ވަކިވާނެއޭ އެމެންނަށް ގަމޭ ދެން މަރަދޫ މަރަދޫ ފޭދޫ އަކީ ބިން އޮތް ތަނެއް ނޫނޭ ހިތަދޫ ގައި ބިން އޮތުމުން އެމެންނަށް އެއާރޕޯރޓެއް ހެދިދާނެއޭ އެކަަމަކު ހިތަދޫ އަކީ އެއީ ޓޫރިޒަމް ޑެސްޓިނޭޝަނެއް ނޫނޭ ދަނޑުވެރިކަން ކުރެވެން އޮތް ތަނެއް ނޫނޭ ހަގީގަތުގައި އެންމެ ބޮޑު ރިސޯރސް އެއް އޮތީ އައްޑޫ ހުޅުދޫ މީދޫ ބިތުގައޭ ދަނޑުވެރިކަން ވެސް އެންމެ ރަނގަޅަށް ކުރެވެން އޮތީ މީދޫގައޭ އަދި ބޮޑު ފަޅު އެބައޮތޭ ހިއްކެން ހުޅުދޫ އަށް ކުރިއެރުން ލިބޭނެއޭ ފަޅު ހިއްކައިގެން އިންޑަސްޓްރިއަލް މަސައްކަތް ތަކަށް ކުޑަ އަގުގައި މާލޭ ވިޔަފާރިވެރިންނަށް މީހަކަށް 10 ހެކްޓަރުގެ ބިން ސަތޭކަ އަހަރަށް ދީގެން ވެސް އައްޑޫ އަކީ އެއީ މާލެ އާއި ދުރުގައި އޮތުމުން ލެފްޓް ބިހައިންޑް ކުރެވިފައިވާ ވަރަަށް ވަރުގަދަ ރިސޯރސް އެއް އޮތް ތަނެކޭ އެތަނުގައި އިދާރީ ގޮތުން ވަކި ވަކިން ކަން ކަން އެކަނި ކުރަން އުޅެފިނަަމަ އެއިން އަދި ނިކުންނާނީ އިދާރީ ވަކިކުރުމުން ނިކުންނާނެ ނަތީޖާ އެއް ނޫނޭ އެއަށް ވުރެން ފުޅާ ކޮށް އެކަން ދާނެއޭ އެކަން ދާނެއޭ ހުޅުދޫ މީދޫ އާއި ހިތަދޫ އާއި ހިފާ ގަދަ ހިފުމަކަށް މިކަން ކުރުމުން ރަނގަޅުތޯވާނީ ނުބައިތޯ ވާނީ އިނގޭނީ މިހާރު ކެބިނެޓް ގައި އިންނެވި ހުޅުދޫ މިނިސްޓަރަށޭ މިކަން ކުރުމުގެ ކުރިން ވަރަށް ބޮޑަށް ވަށާޖެހިފައިވާ އުސޫލުން ވިސްނަން ޖެހޭނެއޭ...

 7. މޭކްއިޓް

  އައްޑޫ ހުޅުމީދޫ ކައުންސިލް ވަކިން ހިންގައިގެން އެކަނި ތިޔާ ކަން ނުނިމޭނެއޭ ތިޔާއީ ފަތުން ފަތް ފަޅާ ގަސް އައްޑޫގައި ހެދޭ އުސޫލުން މައްސަލައެއްގެ މައްޗަށް މައްސަލަ އެއް އުފެދޭނެ ކަމެކޭ ހަގީގަތުގައި އައްޑޫގައި ހުރިއްޔާ ހުރި ހުރިހާ ނެޗުރަލް ރިސޯރސް އެއް އޮތީ ހުޅުދޫ މީދޫ ބިތުގައޭ ހުޅުދޫ މީދޫގެ ކެޑެސްޓްރަލް ލައިނަށް ވަންނާނީ ވިލިގިލި އަދި ހެރެތެރެ އަދި އިސްމެހެލާހެރެ އަދި އައްޑޫގައި ދަނޑުވެރިކަން ކުރެވެން އޮތީ ހަމައެކަނި މީދޫގައޭ ދެން ހިތަދޫގައި އޮތީ ކޯއްޗެއްތޭ ބޮޑު އާބާދީއެކޭ ދެން ވާނީ ކިހިނެއްތޭ ދެން އުފެދޭނީ ބޮޑު ދާޚިލީ ހަމަނުޖެހުމެކޭ އައްޑޫ މީހުން އިތުރަށް ބައިބައިވެ ނިކަމެތި ވުން ނޫން ކަމެއް ނުވާނެއޭ މިކަން ކަމަށް ބަލާ ކުރިއާލާ މިކަން ކަން ހައްލު ކުރުމަކީ މިހާރު ކެބިނެޓް ގައި އިން މިނިސްޓަރު ޝައުނާގެ ޒިންމާ އެކޭ އާންމުންނާއި މިނިސްޓަރު ޝައުނާ ގުޅުން ކުޑަ ކަން ވަރަށް ބޮޑަށް ފާހަގަވެއޭ މިނިސްޓްރީގެ މޭންޑޭޓް ގައި ހިމެނޭ ދާއިރާގެ މަސައްކަތް ކުރާ މީހުންނާއި ވެސް ބައްދަލުކޮށް ހަދާ އެމެންނަށް ދިމާވެފައިވާ ދަތި ތައް ވެސް ހައްލު ކޮށްދޭން އެއްވެސް މަސައްކަތެއް ނުުކުރާ ވާހަކަ އެއީ މިހާރު މާލޭގައި އާންމު ވާހަކަ އެކޭ މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް...

 8. ދިސްވޭ

  އައްޑޫ ހުޅުމީދޫ ކައުންސިލް ވަކިން ހިންގަން ރޮޒައިނާ ހުށަހަޅުއްވުން އެއީ ރޮޒެއިނާ އަށް ދެން ކުރިއަށް އޮތް 5 އަހަރު މަޖްލީހުގެ ގޮނޑި ކަށަވަރު ކުރުމަށް ޓަކައި ކޮށާ މަގެއް ކަމަށްވުމަކީ އެއީ ގާތްކަމެކޭ އެކަމަކު ދެން މީދޫ ދާއިރާގެ ގޮނޑި އަށް އެންމެ އައުލާ ކަން ބޮޑީ މިހާރު ކެބިނެޓްގައި އިންނެވި ހަމައެކަނި އައްޑޫ މިނިސްޓަރު ކަމުގައިވާ ތިމާވެށި މިނިސްޓަރޭ އޭނާ އަތުގައި މާލޭގައި ގެދޮރު ހުރި އިރު މާލެ ދަފްތަރުގައި ވެސް ނުޖައްސާ އުޅެނީ އެއީ ރަށްދެކެވާ ލޯބި އޭނާގެ ހިތުގަިއ އޮތުން އެކަށީގެންވެއޭ މަޖްލީސް މެމްބަރުން އެއީ ކޮންމެހެން ރަށަށް ކަމެއް ކޮށްދެވޭނެ ބައެއް ނޫނޭ އެއީ ދެން ބަންޑާރަ އުސޫލުން އަންނަ ބަޔެކޭ މަޖްލީހަށް އެކަމަކު ތިމާވެށި މިނިސްޓަރު މަޖްލީހުގެ މެމްބަރު ކަމަށް އަތުވެއްޖެނަމަ އެންމެ ކުޑަ މިނުން އޭނާ އަށް އޭނާ އެހެރީ ކޮން މަގާމެއްގައި ކަން އިނގޭނެއޭ ހުޅުދޫ މީދޫގެ އިދާރީ ހިންގުން އެކަނި ހިތަދޫ އާއި ވަކިކޮށްގެން މިކަން ހައްލުނުވާނެއޭ މީގައި އެންމެ ރަނގަޅު ގޮތަކީ އެކުވެރިކަމާއި އެކު މަޝްވަރާ ކޮށްގެން ކަލެކްޓިވިލީ އުސޫލުން މުޅި އައްޑޫ އަށް ފައިދާވާނެ ގޮތަކީ ބެލުމޭ...

 9. މޭކްއިޓް

  ހުޅުދޫ މީދޫ ކައުންސިލް ހިތަދޫ ކައުންސިލާއި ވަކިކުރުން އެއީ މަމެން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން އަދި ގޮތެއް ނުނިންމާނެ ކަމެކޭ އެކަން މަމެން ދިރާސާ ކުރުމަށްފަހުގައޭ ގޮތެއް ނިންމާނީ އެކަމަކު ތިފަދަ ބޮޑު ކަމެއް ނިންމާއިރު މިވަގުތު ސަރުކާރުގެ ކެބިނެޓް ގައި އިންނެވި އައްޑޫ ހުޅުދޫ އަށް އުފަން އަދި އެރަށުގައި އުޅެ ބޮޑުވި މިނިސްޓަރަކު ކެބިނެޓްގައި އިންނަވާ ކުރިން ޕޮލިސީ ސެކްރެޓަރީ އަކަށް އުޅެފައިވުމުން މަމެން ބަލަން ބޭނުންވަނީ އޭނާގެ ބަހޭ އައްޑޫ ހުުޅުދޫ ޓްރައިސްޓަރ ޝައުނާ ގެ ބަސް ތިޔާ ކަމުގައި ހުރި ގޮތެއް އެގުމުން މަމެން ނަށް ފެންނަ އެއްޗެއް މަމެން ދިރާސާ ކުރުމަށް ފަހުގައި ބުނާނަމޭ ތިން މަސް ދުަވަސް ތެރޭގައި ވާދަވެރިކަން އުފައްދަން ބައިބައި ކުރުމަށް ވުރެން އެކުވެރި ކަމާއި އެކު މަސައްކަތް ކުރަން އެނގުން އެއީ އަންޑަރސްޓޭންޑިންގް ލެވެލް ރަނގަޅު މީހުން ކުރާ ކަމަކީ ދެއަރ އާރ ވޭސް ޓު ގެޓް ދެއަރ އިފް ޔޫ ކެއަރ އިނަފް ފޯރ ދަ ލިވިންގް މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް...