ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ އަގު ބޮޑުނުކޮށް އެއްވަރެއްގައި ހިފެހެއްޓުނީ ދަރަނި ނެގުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިހާތަނަށް ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ހިދުމަތް ގާއިމުކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި ދައުލަތުގެ އާމްދަނީއަށް ކުރި އަސަރު ތަފްސީލު ގޮތެއްގައި ވިދާޅުވެ ދެއްވާފައެވެ.

އަމީރު ވިދާޅުވީ އިގުތިސާދު މަޑުޖެހި، ދައުލަތުގެ އާމްދަނީ މަދުވެގެންދިޔަ ވަގުތު، ސަރުކާރުން ބެލީ ދަރަނި ނަގައިގެން ނަމަވެސް އިގްތިސާދު ހިފަހައްޓާ އިޖުތިމާއީ ރައްކާތެރިކަމާއި ރައްޔިތުންގެ ސިއްހަތު ކަށަވަރުކުރަން ކަމަށެވެ.

"ދަރަނި ނަގައިގެންވެސް ރައްޔިތުން މި ދަތި ހާލަތުން ވީ އެންމެ އަވަހަށް ސަލާމަތްކުރެވޭތޯ" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު، އިގުތިސާދު ހުއްޓި ދައުލަތުގެ އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ 50 އިންސައްތަ ދަށްވެގެންދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ދަރަނި އެ އަހަރުގެ ތެރޭގައި އިތުރުވި ކަން ވެސް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ނިމުނު އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން 79 އިންސައްތައިގައި ހުރި ދަރަނީގެ މިންގަނޑު މިދިޔަ އަހަރު ނިމުނުއިރު ހުރީ 150 އިންސައްތައަށް އުފުލިފައެވެ.

"ޑެފިސިޓް އިތުރުވުން ދަރަނީގެ މިންގަނޑު އުފުލުމާ ގުޅިފައިވީނަމަވެސް، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެ އަހަރު އުފެއްދުންތެރިކަން 33.5 އިންސައްތައިން ދަށަށްގޮސް، މި މިންގަނޑުގެ ޑިނޯމިނޭޓާއަށް އައި ބޮޑު ބަދަލު" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެކަން ވީގޮތް ކަމަށެވެ. ސަރުކާރުން އެ މަގު އިހްތިޔާރުކުރީ، އަދި ދަރަނި ނަގައިގެންވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބީ އެނގިތިބެ، ދުރުރާސްތާގެ ޕްލޭނެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަމާއި ދިވެހި އިގުތިސާދު ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް އަނބުރާ ގެނައުމުގެ ބޭނުމުގައި ކަމަށެވެ.

މިހާލަތުގައި ދަރަނި އިތުރުނުކުރުމަށް ވަކާލާތުކޮށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކިއެވެ. ނަމަވެސް މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި ހުރިހާ ދަރަންޏެއް އެއް މިންގަނޑަކުން ވަޒަންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އިގުތިސާދީ ފަހި ދުވަސްތަކުގައި ދަރަނި ދަށްކުރަން މަސައްކަތްކުރުމަކީ އޮންނަ ކަމެއް ކަމަށާއި އަދި އިގުތިސާދީ ކާރިސާތަކުގެ ތެރޭގައި ދަރަނި ނަގައިގެންވެސް ހަރަދުތައްކޮށް، ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ބުރޫ ނާރައި ކުރިއަށް ގެންދިއުމަކީވެސް ހާލަތުގެ ގޮތުން އެންމެ ރަނގަޅު މަގަށް ވެގެންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

"މިއީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއް. ކާރިސާތަކުގައި ނަގާ ދަރަނި ހިދުމަތްކުރުމުގެ އަގަށްވުރެ، ދަރަނި ނުނަގައި ހަރަދު ކުޑަކުރުމުގެ އަގު މަތިވެދާނެކަމަށް ވިސްނަންޖެހޭ. ކޮވިޑުގެ ހާލަތުގައި އަޅުގަނޑުމެން ދަރަނި ނަގައިގެން ކައުންޓާ ސިކްލިކަލް ފިސްކަލް ޕޮލިސީއެއް ނުހިންގި ނަމަ، ދިވެހި އިގުތިސާދުގެ ހާލަތު ރަނގަޅުވާން ފަށަން ނަގާނެ ވަގުތު ބޮޑުތަނުން އިތުރުވީސް. އަދި ރައްޔިތުންނަށް ދިމާވި ދަތި ހާލަތުވެސް ދިގުލައިގެން ދިޔައީސް" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާ، އިގުތިސާދު ހިފަހައްޓާ ކުރިއެރުވުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހ

  ސުބުހާނަﷲ . ދަރިންގެ ދަރިން ދަރުވާލާފަ. ދަރަނި 50 އަހަރުފަހުން ދައްކަން ދަރަނި ނަގާއިރު އެއީ ދަރަނި ނެތުންތޯ؟ . ކުޑަމިނުން ބާޒާރު ކޮތަޅުންވެސް ރައްޔިތުމީހާ ޓެކްސް ދައްކަން ޖެހޭއިރު މުދަލުގެ އަގު ބޮޑިނުވޭތޯ؟

 2. ސަންޖޫ

  ރައްޔިތުން ގުބޯ ހައްދަން އުޅުނަސް އެކަމެއް ނުވާނެ މީ ހޭލުންތެރި ޒަމާން މީ 21 ވަނަ ގަރުނު ދިވެހީނަށް އޮޅުވައި ނުލެވޭނެ ތީ ހަމަ ނާޤާބިލް ޤަމާރު މަރުމޯލުން

 3. ކޮވިޑް

  އަގު ބޮޑު ނުވާކަމެއް އަމީރު ކިޔާދީބަލަ؟ ބަލަ އެމްޑީޕީ އިން މަގުމަތީގަ މުޒާހަރާ ކުރި ދޯ ރައީސް ޔާމީން ލޯނު ނަގާތީ؟ މިހާރު ތި ކިޔަނީ ކީކޭ؟ ތީހަމަ އެމްޑީޕީގެ ފަލްސަފާ ބޭނުން ވާނީ ރައްޔަތުން ގުބޯހެއްދުން. ތިވާނި ހަމަ ތި އަށް ލާދީނީ އެމްޑީޕީ . # އިންޑިއާ އައުޓް #

  29
 4. ހުސޭނުބޭ

  މީ ކޮންތަނަކު ވާންޗޯއެއް

 5. އަބްދޫ

  ހިދުމަތް ދެމިއޮންނަކީ ދަރަނި ނެގީމައެއްނޫން، ދަރަނި ނެގީމަ ހާއްސަކޮށް އެމްއެމްއޭ އިން ދަރަނި ނަގައިފިނަމަ އެ ދަރަންޏާ އެއވަރަށް ބޭރުގެ ފައިސާގެ އަގު މަތިވެ ދިވެހިރުފިޔާގެ އަގު ދަށް ވެގެންދަނެ. އެމްއެމްއޭ އިން 7.5 ބިލިއން ދަރަނި ނެގުމުން މިހާރު ޔޫއެސް ޑޮލަރުގެރޭޓް އުޅެންވަނީ ޑޮލަރަކަށް 35 ރުފިޔާ ގެ މިންވަރުގަ. އުސޫލްތަކަ ހިލާފަށް ޑޮލަރުގެ އަގު ހިފެހެއްޓުމަކީ މަންފަ ހުރި ގޮތެއްނޫން. ދަރަނިނަގާ ބަޔަކަށް ނަޖާއިޒް ފައިދާ ހޯދާދެމުންދައިރު ރައްޔިތުންއަތުން އިތުރު ޓެކްސް ނަގަ މުދަލުގެ އަގުމައްޗަށް ދިއުމަކި ރައްޔިތުންނަށް ފައިދާހުރިގޮތްބާ. ޕްލާސްޓިކް ކޮތަލަކުން 2 ރުފިޔާ ނަގަންޖެހުނީ ކީއްވެ؟ އެއީ ކޮންމެހެމް އެންވައިރުމަންޓާ ގުޅުމެއްހުރީމައެއްނޫން ދަވްލަތުން ދައްކނަް ޖެހޭދަރަނިދެއްކުމަށް އާމްދަނި ހޯދުމަށް. އޭގެތަކްލީފް ވެސް އުފުލަންޖެހެނީ ރައްޔިތުންނަށް

 6. އހ

  އެމްޑީޕީ ކުރީމަ ނުވޭ ލޯނު ދަންތޫރައަށް އެކަމު ކުރީ ސަރުކާރު ކުރީމަވޭ ލޯނު ދަންތޫ ރައަށް އަދި ދަރިންގެ ދަރިންއަށް ބޮލުގަ ލޯނު އެޅުވުމަށަ

 7. އަބުލޯ

  އެހެންވިއްޔާ ކަންމަތީ ފިހާރައިން 3 މަސްދުވަހު ދަރަންޏަށް ކާޑުގެބާވަތްތަށްނަގާފަ އަނެއްމަހު ކާނެއެއްޗެއް ނެތީމަވެސް ދަރަންޏަށް އެއްޗެހި ނެގީމަވެސް ދަރަނިނެގިމީހާ މުއްސަނދިވާނެތާ ކަލޯ ކަލޭގެ ބޮލުގަ ތެތްކަންނެތަސް އަހަރުމެން ރަށްޔަތުންގެ ބޮލުގަ އަދި ތެތްކަން އެބަހުރި 😄🤣

  10
 8. ދަރަނި ދަންތުރަ

  އަމީރު ކީކޭ ؟ ދަރަނި ނެގީތަ ؟ ދޮގުނުހަދާ ކަލޭމެން ދަރަނި ލޯނު ނަގަންޖެހޭތަ ؟ ތިޔައީ ދިވެހިން ދަރަނިވެރިވާތީ ދަރަނިން ސަލާމަތްކުރަން އައި ބައެއްނޫންތަ ؟

  12
 9. ކާފަ

  ޚިދުމަތުގެ އަގު ބޮޑުނުކޮށް ހިފެހެއްޓިފައި

  ހިންނަވަރު އިބްރާހީމްގެ ވެރިކަމުގެ އަގު އޭގެ ކުރީގެ އަގު
  ސިމެންތި ކޮތަޅެއް 138ރ 112 ރ
  ހިލަ، ހިލަވެލި 65ރ 55ރ
  800 ގްރާމް ކޯސްޓްކިރު 135ރ 65ރ
  ރޯމަސް ކިލޯއެއް 25ރ 10ރ
  ކުކުޅު ބިހެއް 2ރ 1.5ރ
  1 ކިލޯގެ އައިސް ކުކުޅެއް 65ރ 45ރ
  ބެންކް އިންޓްރެސްޓް ރޭޓް %100 %15
  ކިހާރީތި ދޯ