ކޮވިޑް-19 ފެނުމާއި ގުޅިގެން 23 ރިސޯޓަކާއެކު 41 ރަށެއް މޮނީޓަރިންގެ ހާލަތަށް ލާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އާ އަހަރު ފާހަގަކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެެރިންނާއެކު ރިސޯޓުތައް ފުރާލާފައިވާއިރު ކޮވިޑްގެ ވޭދަނަ ތަކުގެ އަދަދު ވަނީ މަތިވެފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން ކޮންޓްރެކްޓް ޓްރޭސިން ހެދުމަށް 23 ރިސޯޓެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެރިސޯޓްތަކަކީ ބަނޑޮސް މޯލްޑިވްސް, އަދާރަން ހުދުރަންފުށި, އަނަންތަރާ ދިގުރަށް, އަންނަތަރާ ވެލި، އަންންތަރާ ނަލަދޫ, ކެމްޕަސް އައިލެންޑް ފަރުހުރާ, ސިނާމޯން ހަކުރާ ހުރާ މޯލްޑިވްސް, ކޮމޯ މާލިފުށި, ކޮންސްޓެންސް ހަލަވެލި ރިސޯޓް, ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ, ހޮނޑާފުށި އައިލެންޑް ރިސޯޓް, ޖޭއޭ މަންފަރު, ކަނޑިންމާ މޯލްޑިވްސް, ކުރުނބާ މޯލްޑިވްސް, ލިލީ ބީޗް ރިސޯޓް, މާފުށިވަރު މޯލްޑިވްސް, މިރިހި އައިލެންޑް ރިސޯޓް, ޕަޓީނާ މޯލްޑިވްސް, ވަން އެންޑް އޮންލީ ރީތި ރަށް, ސަންއައިލެންޑް ރިސޯޓް އެންޑް ސްޕާ, ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާ, ދަ ރިޒް ކާޓަން މޯލްޑިވްސް, ވެސްޓިން މޯލްޑިވްސް މިރިއަންދޫ އަދި ޔޫއެންމީ ބައި ކޮކޯންއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މި ވަގުތު މޮނިޓަރިންގެ ހާލަތުގައި 18 ރަށެއް އެބައޮތެވެ.

މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ބަންދުގައި އޮތީ އޮގަސްޓު މަހު 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫއެވެ.

މި ރަށްތަކުގެ އިތުރުން ދެން މޮނިޓަރިން ހާލަތުގައި އޮތީ ސ. ހުޅުމީދޫ، އާއި މ. މުލަށް، ދ. ކުޑަހުވަދޫ، ނ. ލަންދޫ ތ. ވިލިފުށި ތ. ހިރިލަންދޫ އަދި ގދ. ވާދޫއެވެ. ކ. ތުލުސްދޫ، ހދ. ނައިވާދު، ދ.ހުޅުދެލި ގދ. ހޯޑެއްދޫ އަދި ގދ. ގައްދޫވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މޮނިޓަރިންގެ ހާލަތުން ގިނަ ރަށެއް ނަގި ނަމަވެސް ކޮވިޑް-19ގެ އާ ވައްތަރެއް ކަމަށް އޮމިކްރޮން ވޭރިއެންޓް ރާއްޖޭން ފެނުމާއި ގުޅިގެން މިވަގުތު ރާއްޖެއަށް ވަނީ އިތުރު ބިރުވެރިކަމެއް އައިސްފައެވެ. އެއީ އޮމިކްރޮން ވޭރިއެންޓަކީ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ވޭރިއެންޓެއް ކަމުން ބައްޔަށް ފައްސިވާ މީހުންގެ އަދަުދ އިތުރުވެދާނެތީއެވެ.

ރާއްޖެ އިން މިހާތަނަށް 95,000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި 92,000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވި އިރު މި ބަލީގައި ނިޔާވެފައި ވަނީ 262 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު