ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަކީ "ގަނޑު ބަލައިގެން ރަނގަޅަށް ކިޔަން ނޭނގޭ ރައީސެއް" ގޮތުގައި ސިފަކުރައްވައި އެހާ "ނާގާބިލް" ރައީސަކު ދެ ވަނަ ދައުރެއްގެ ހުވަފެން ދުށުމަކީ ދިވެހިންނަށް ކުރާ ފުރައްސާރައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި އަލަށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލު ކުރުމަށް މިދިޔަ އަންގާރަ ދުވަހު ޕިކްނިކް އައިލެންޑްގައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ރާއްޖެ ތަރައްގީ ކުރަން ރައީސް ސޯލިހް ދެވަނަ ދައުރެއްގައި ވެރިކަން ކުރަން ޖެހޭނެ ކަމުގައެވެ.

މިއީ ސަރުކާރުގެ ވަޒީރަކު ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ފާޅުގައި ވިދާޅުވި ފުރަތަމަ ފަހަރެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމެއް ރައީސް ވެސް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެކަމަކު އެމަނިކުފާނު ދެވަނަ ދައުރަކަށް ތައްޔާރުވާ ކަމުގައި އަރިސް ބޭފުޅުން އެކި ފަހަރު މަތިން މީޑިއާތަކަށް ވިދާޅުވެފައި އެބަ ހުއްޓެވެ.

އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރެއްގެ މަގާމުގައި މިހާރު ހުންނެވި ޖަމީލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ސޯލިހްގެ ސަރުކާރު އޭނާ ސިފަކުރެއްވީ "ވައި ހުސްވެފައި އޮތް ޓަޔަރު ގަނޑެއްގެ" ގޮތުގައެވެ.

މިއީ ރާއްޖެ ދުށް "އެންމެ ތަން ދޮރު ނުދަންނަ ރައީސް" ކަމަށް ވެސް ޖަމީލް ލިޔުއްވާފައިވެއެވެ.

"ގަނޑު ބަލައިގެން ވެސް ރަނގަޅަށް ކިޔަން ނޭނގޭ ރައީސަކު ދެ ވަނަ ދައުރެއްގެ ހުވަފެން ދުށުމަކީ ދިވެހިންގެ ވިސްނުމަށް ފުރައްސާރަ ކުރުން،" ކަމަށް ޖަމީލް ލިޔުއްވާފައިވެއެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ އިސް ވަކީލުގެ ގޮތުގައި ވެސް ހުންނެވި ޖަމީލު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންއާ ގާތް ކުރެވޭ ވަރުގެ ސިޔާސީ ލީޑަރަކު ވެސް ނެތް ކަމަށެވެ.

"ދެން، އިންޝާﷲ، ފެނިގެން ދާނީ، 2023 ގައި، ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ބަދަލުވެގެން ދާނެ، ރައީސް ޔާމީންގެ ފަސް އަހަރުގެ ދެވަނަ ރިޔާސީ ދައުރު، އެހެން މީހަކަށް ކައިރި ނުކުރެވޭ ވަރަށް ގެޕް މާ ބޮޑު،" ޔާމީންގެ ސަރުކާރުގައި ފުރަތަމަ ނައިބު ރައީސަކަށް ވެސް ހުންނެވި ޖަމީލް ލިޔުއްވާފައިވެއެވެ.

ރިޔާސީ ދައުރެއްގެ މިހާ ކުރީކޮޅު ދެންނަ އަންނަ ރިޔާސީ އިންތިޚާބުގެ ފޯރި މި ވަނީ ގަދަވެފައެވެ. ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، އެހެން މެދުވެރިވި ސަބަބަކީ ވެސް ރައީސް ސޯލިހްގެ ސަރުކާރު މާ ބޮޑަށް ފެއިލްވެ، އެހެން ލީޑަރުންނަށް ވާދައިގެ ޖާގަ އިންތިހާއަށް ބޮޑުވުމުންނެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ވެސް އެ ވާދަވެރިކަން އޮތީ އުފެދިފައެވެ. ރިޔާސީ ޕްރައިމަރީއަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފައެވެ. އެމަނިކުފާނު ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވެސް މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމުން އެމަނިކުފާނު މިނިވަންވުމުން 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް އޮތް ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ މައްސަލައެއް ޝަރީއަތުގައި އެބަ ހިނގައެވެ. ޔާމީން އިސްވެ "އިންޑިއާ އައުޓް" ޝިއާރުގައި މި ސަރުކާރާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ބޮޑު ކެމްޕޭން ހަކަރާތެއް މިހާރު ދަނީ ގެންދަވަމުންނެވެ.

މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް އެމްއެންޕީ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ޕާޓީގެ ކެންޑިޑޭޓަކު ވެސް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން ވަނީ އިއުލާން ކޮށްފައެވެ. ޕާޓީގެ ރިޔާސީ ޓިކެޓަށް އަދި ޝައުގުވެރިކަން ފާޅު ކުރެއްވީ ވެސް ނާޒިމް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވާނުވާ

    މިވީ ހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ސަރުކާރުގެ ޢޭރުގެ ރައީސް އަކަށް ހުރިމީހާ އަށް ދެވަނަ ފަހަރަށް ވެރިކަން ދޭން ޖަމީލް މެންފަދަ ގަނޑު ބަލައިގެން ކިޔަން އިނގޭ މީހުން މަރު ހެޔޮ ނުވާނެ ލޯކަނީ ކާކުކަން އޮޅިއްޖެ

    18
    22
  2. ހެހެހެ

    ޖަމީލް ޓީމް ބަދަލު ކުރާ ކޮންމެފަ ހަރަކު ބޮލުގެ ހެއަރ ލައިން އެއް އިންޗިހ ފަ ހަތައް ޖެހ ހިލައެވެ. އޭނާ ގެ ނިއްކުރި އހހެހ ހާބޮޑީ އެ ހެން ވެެއެވެ.

    11
    13
  3. އޭއެމް

    ގަޑުބަލައިގެން ކިޔަން ނޭގުނަސް (1) ވައްކަންނުކުރޭ (2) ހުސްއަގަނުތަޅާ(3) ގައުމުން ފިލައިގެންނުދޭ (4) ދަރިގަސްކޮލު އޮޅޭކަހަލަ އަމަލުކުރިކަމައް ދޫދޫމަތިންވެސްނުކިޔާ!!!!! ޙިނެއުން ވާޖުބުނުވަނީސް އުއްތަމަފަޑިޔާރުކަމައް ފެނެއްނުވަރާ

    3
    1
  4. ބޮކި

    މިއީ ރާއްޖެ ދުށް އެންމެ ބޮޑު ވަގު ކުރީގެ ރައީސް ޔާމީން ....

    3
    3
  5. ތުބޭ

    ބޮނޑިބަތް ގަނޑު މަތިން އަހަރުން ފޫހިވޭ މިހާރު ރަހަ ބަދަލުވާތީ

    4
    1
  6. Anonymous

    "ވާނުވާ" ކޮމެންޓަށް ބުނެވޭނީ ކޮވިޑް ބަލި ޕޭޝެންޓުންގެ ނޭވާހޮޅި ނުވަތަ ވެންޓިލޭޓރ ގަންނަން ހޭދަކުރި އެތައް މިލއަން ފައިސާގެ ޚިޔާނާތްވެސް ހިމެނިފައިވަނީ ކަލޭ ތިޔަބުނާ ޚިޔާނާތުގެ ތެރޭގައި ބާއޭ؟؟؟

    2
    2
    • ވާނުވާ

      ހަގީގަޠް ގަބޫލް ކުރަށްވާ
      ކިތަންމެ ވަރަކަށް ބޮޑު ވަށްކަން ފޮރުވަން އުޅުނަަް އެކަމެއް ނުވާނެ ބޯގޯސް ވިޔަސް ބޮޑުވަރު

  7. އިއްބެ

    މީހަކު ލިޔެފައިވާ އެއްޗެއް ބަލައިގެން ކިޔައި ވައުދު ވުމަށްވުރެ އަމިއްލަ އަށް ބޭނުންވާތަކެތި ކިޔައި ކަންކުރައްވާ ރައީސުން ބޭނުންވަނީ. ޖަމީލް ރަނގަޅުކޮށްލައްވާ

  8. ޢަޒު

    ޖަމީލު ބުންޏަސް ތެދެއް ވާނީ ތެދަކަށް

    3
    4
  9. ލޮލް

    ރިޔާސީ އިންތިޚާބު ދުވަސްވަރު މަނިކުފާނަށް ނޭނގުނު ކަމެއް އަދި ކިރިޔާތޯ މަނިކުފާނަށް ރެއަކާލީ.. މަށަށް ހީވަނީ މަނިކުފާނު ތިއުޅުއްވަނީ ބޮނޑިބަތްގަނޑަށް މާގިނައިން ހަކުރުއެޅިގެންހެން.. ރަނގަޅުކޮށްލާ!!

    2
    1
  10. ޖަމީލު

    ގަނޑު ބަލައިގެން ކިޔަންނޭނގޭ މީހަކަށް ރައީސްކަން ހޯދައިދޭން ދުވުނީ މަށޭ އެބަ ކިޔާތަ؟

    2
    1
  11. ޙައްޕު

    ކިޔަން އެނގުނަސް ނޭންގުނަސް ބޮނޑިބަތް ޖަމީލަށްވުރެ ވިސްނުމުގެ ގޮތުން 99 އިންސައްތަ ތޫނު ބޭފުޅެއް ޞާލިހަކީ.އިށިންނާނެ ގަހެއްނޭންގިގެން އުދުހޭ ދޫންޏަކަށް ދުވަހަކުވެސް ނުވާނެ ޞާލިހެއް. ޥެރިކަން ހިތަށް ނުގެންނަވާ މަޑުމަޑުން ހުންނަވާ.

    4
    1
  12. ޙަޤީޤަތަކީއެއީ

    ކަން ހުރިގޮތް ހާމަކުރީމަ ކިތަންމެ ރުޅިއަޔަސް ޙަޤީޤަތެއް ބަދަލެއްނުވާނެ

  13. ދޭހަ

    އިންސާނެއްގެ ކިބައިގަ ހުންނާނެ އެންމެ ބޮޑު އުނިސިފައަކީ މިއެވެ. އަނެކާއަށް މިބާވަތުގެ ބަސްތައް ރައްދުކުރުމެވެ. ރާއްޖޭގެ ނައިބު ރައީސްކަން ކޮށްފައިވާ މީހަކު ޒުވާނުންނަށް މިދައްކައިދެނީ ކޮންކަހަލަ ވިޔާނުދާ ސިފައެއްތޯ؟ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ބަދަލުގައި މިއީކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން.

  14. މުހައްމަދު

    މިޖަމީލަކީ ރައްޔިތުން ބަލައިގަންނަ މީހެއްނޫން އެއްވެސް ސަރުކާރެއްގައި ނޫޅެވުނު މީފައްކާ ބްރާންޗެއް

    2
    1
  15. ވަކަރުތުއްތު

    ބޮޑިބަތާ އެވެ. ލިޔަން ކިޔަން ނޭންގޭ މީހަކަށް ވުރެ ދެފުށް ކެހެރިން ގެ ނުބައިކަން ބޮޑެވެ. ޔާމިނާ ދޭތެރޭ ނަފުރަތު އުފެއްދުމަށް ކުރި މަސްކަތް ބަޔަކު މީހުން ހަނދާންނެތަސް ހަދާނތިބި ބަޔަކު ހުރިކަން ހަނދުމަކޮށް ދެމެވެ. ކަލޭ ޕީއެޗްޑީ ހަދަންވެގެން ތީސީޒް ހެދިގޮތްވެސް އެންގޭމީހުން މިދުނިޔޭގަ އެބަތިއްބެވެ. ތަންދޮރުނުދަނެޔޭ ކިޔައި ކިތައްމެވަރަކަށް އަނގަ ފޭކުރިޔަސް ތިއަނގައިން ނިކުން ޖަރާސިމުން ހައްދާލެވެނީ ވަކިބަޔެކެވެ.