ހުޅުމާލޭގައި ކެމްޕެއިން ކުރައްވަމުން ގެންދެވި އެމްޑީޕީގެ އިސް ބޭފުޅުންތަކެއްގެ ގަޔަށް ކަޅުތެޔޮ ޖަހައިފިއެވެ.

ކަޅުތެޔޮ ޖެހި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހިމެނެއެވެ. މީގެއިތުރުން އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ ގަޔަށް ވެސް ކަޅުތެޔޮ ވަނީ ޖަހާފައެވެ،

މިކަން ކޮށްފައިވަނީ ކޮން ބައެއްކަން އަދި އެނގިފައެއް ނުވެއެވެ.

އެމްޑީޕީގެ އިސް ބޭފުޅުންތަކެއްގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވާއިރު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ހުޅުމާލެ އަށް ވަޑައިގެންނެވުމުން ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން އިބޫ އަށް ހަމަލާ ދޭންވެސް ބަޔަކު މަސައްކަތް ކޮށްފައިވެއެވެ.

އިބޫ އަށް ރައްކާތެރިކަން ދީފައިވަނީ އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީންނެވެ. އިބޫ ވަނީ ފަހުން ސެކިއުރިޓީންގެ އެހީތެރިކަމާއެކު ވެހިކަލެއްގައި ގެންގޮސްފައެވެ.

ހުޅުމާލެ އަށް އިބޫ ވަޑައިގެންނެވީ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށެވެ. ހަމަނުޖެހުމެއް ހިނގި ނަމަވެސް އެ ހަރަކާތް އިބޫ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލޭގެ އިތުރުން ދާދިފަހުން އިބޫ ވަނީ މާލޭގަ އާއި ވިލިމާލޭގެ ރައްޔިތުންނާއި ވެސް ބައްދަލުކުރުމަށް ހަރަކާތެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޖައްސާތި

    އައާއާ އައާއާ އައާއާ އައާއާ އެމްޑީޕީގެ އިސް ބޭފުޅުންތަކެއްގެ ގަޔަށް ކަޅު ތެޔޮ ޖަހައިފިއޭ އެހެންނޭ ވާނީ އީޔޫ މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދު ފުނޑާލަން ގަންޖާބޯ އާއި އަދި ބޮނޑިބަތޭ މެން ގޮވާލާ އެކަން އެމަގުން ކޮށްގެން ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ލީ ގޮތަށް ގަންޖާބޯ ރަންރީނދޫ ޓްވިޓަރޭ މެން މެދުވެރިކޮށް އުނގުވިއްކައިގެން ރިޔާސީ އިންތިޚާބު އެމެން 2008 ގައި ކާމިޔާބު ކުރި ގޮތަށް ކުރަން އުޅޭ އުޅުން ނުޖެހޭނެއޭ މާލެ ސަރަހައްދުން ފުރުސަތު ދޭން ރާއްޖޭގެ އިގްތިސާދު ފުނޑާލަން މަސައްކަތް ކޮށް އަދި އެކަމަށް ގޮވާލާ މީހުންނަށް ނުޖެހޭނެއޭ ހުޅުމާލެ ފަދަ މަމެން ޕިންކީން ތަރައްގީ ކޮށްފައިވާ ރަށެއްގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭން އެފަދަ ފުރުސަތު ތައް ޖެހޭނީ އަލްޓިމޭޓް ލައިން ބޭނުން ކޮށްގެން ބަންދު ކުރަން އޭ ހިންނަވަރޭ މެންނަށް މާލެ ސަރަހައްދުގެ އެެއްވެސް ތަނެއް ގައި ޑޯރ ޓު ޑޯރ ކެމްޕެއިން ކުރެވިގެން ނުވާނެއޭ ހޯމް މިނިސްޓްރީން ހުއްދަ ނަގައިގެން ނޫނީ ހޯމް މިނިސްޓްރީން ހުއްދަ ނަގާއިރު ޑޯރ ޓު ޑޯރ ކެމްޕެއިން އެމެން ޖައްސާނެ ގެތަކުގެ ނަމާއި މީހުންގެ ނަންވެސް ހުށައަޅައިގެން ޖެހޭނެއޭ ހުއްދަ ހޯދަން ޑޯރ ޓު ޑޯރ ކެމްޕެއިން މާލޭގައި ޖެއްސޭނީ އިދިކޮޅު އެމްޑީޕީ އަށް ރޭގަނޑު ދަންވަރު 3 އިން 4 އަށޭ އެއީ ރާއްޖޭގެ އިގްތިސާދު ފުނޑާލަން ގޮވާލާ ޕާރޓީ އަކާއި މެދު ކަންކަން ކުރަން ޖެހޭނެ ގޮތޭ މީ މަމެންގެ ވެރިކަމޭ މީ މަމެންގެ ގައުމޭ އެއްގޮތަކަށް ކަޅޭ ގެ ވެރިކަމުގައި އެމެން އުޅުނު ގޮތަށް މިނިވަން ކަމާއި އެކު އުޅެން ދޫދީގެން ނުވާނެއޭ އީޔޫ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިނަމަ ރާ އާއި އަދި ސަންގޭ ދެ ޕްރޮޕެގެްންޑާ މެޝިނުން ކަރަންޓް ފެން އަދި ފާޚާނާ އަދި ޑޭޓާ އާއި ފޯން ކަނޑާލާ ވައްޓާލާށޭ އެއިރުން ހުންނާނެއޭ އެމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި.

  2. ދޭ

    ރާއްޖޭގެ އިގްތިސާދު ބޮއިކޮޓް ކުރަން ގޮވާލާ ބަޔަކަށް ރާއްޖޭގެ ރައީސް ކަމަށް އަންނާން ފުރުސަތު ދޭން ރާއްޖޭގެ ދަ ގްރޭންޑް ކެޕިޓަލް މާލެ ސިޓީ ގައި ކެމްޕެއިން ކުރުމުގެ ޖާގަ ދީގެން ނުވާނެއޭ ސްޕިންގް ހެޑް ބޭޑް ހެޑް އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން ބޭޑް ސިޗުއޭޝަން އެލިގޭޝަން އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން މޭޑް އެން ކްރޭޒީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް އާއްހާއް..

  3. 3ނިރު

    އާންމުކޮއް އެކަހަލަ ކަނތަށް ކުރަ އަމިއްލަޔަށް ރާވައިގެން ރަހުމެއް ނުއުފުދެ

  4. ޙަފްޞާ / މާލެ

    ވިސްނާލީމާ އެގޭނެ މިމީހުން އައިސްމިތިބީ ދުރާލާ ރޭވިގެން ކަޅުތެލަށް ރެޑިވެގެންކަން! އެފަދަ މުހިއްމު ކަމަކަށްދާނަމަ ސްމާޓްކޮށް ތިބީހީ! އެތިބީވެސް ނިދާހެދުމުގައި!

  5. ދޮގު ނުހަދާ

    ތާޢީދު އޮތްކަން ދައްކަން އަމިއްލަ ޕާޓީގެ ކުދިން ލައްވާ އަ،ިއްލަ ގަޔަށް ކަޅުތެޔޮ ޖަހާފައި ފޮޓޯނެގީ!!!!

  6. Anonymous

    މޫނަށް ނުޖަހަށް ކުރިން ބުނެފަ އޮތްކަމަށް ލަފާކުރެވޭ

  7. ފިޓުއައްޔަ

    މީތޯ މިއަދު ޖަމީލު ބުނި އިދިކޮޅު ފޯރި ގަދަ ކެމްޕެއިނަކީ؟

  8. ފާތުން

    ޥަރަށް ސާފުކޮށް ހުޅުމާލޭ ރައްޔިތުން އެބުނީ ނޫނެކޭ އިބޫއަށް. ? ވަޓް ޓު ޑޫ...

  9. އަލީ

    އަލްހަމްދު ލިއްލާހި! ތީ އެމްޑީޕީން ދަސްކޮށްދިން ކަންކަން. 2004 - 2012 އަށް އެމްޑީޕީ މީހުން ތިސަކަރާތް ނުޖަހާ ހަމަ އެންމެ ރަށެއްވެސް ނޯންނާނެ. ތީ މައުމޫނު ދަތުރުކުރި ލޯންޗް ކުރިމައްޗަށް ކަންނެލި ދޯނި ހުރަސްކުރި ބައިގަނޑެއްނު؟

  10. ނަޒްމާ

    ގަމީހުގައި ހާކާލާފަހުރި އެތިކޮޅެއްކަން ރަނގަޅަށް ބަލާލީމަ އިނގޭ...ހުސް ސްޓަންޓް

  11. ބުރުޖު

    އަޅެ ފަހެ މިމީހުންގެ ގަޔަށް ކަޅުތެޔޮ ޖަހާބަޔެއް މަހޯދަންވެއްޖެ. ހާދަ އަމާޒުކޮށޭ ޖަހަނީ، ދުވަހަކުވެސް މޫނަކަށް ނުޖަހާ

  12. ޝިހާބު

    ތަންކޮޅެއް ކުރިންވެސް ދެކުނު ޑްރާމާ އަކާ ހާދަ ވައްތަރޭ، ރީމޭކެއްތަ؟ ޑްރާމާ ޕާޓީން އައު ޑްރާމާއެއް ކުޅެލަންވެސް ނޭންގުނީތަ؟

  13. ނަފުސާ

    100% ޔަގީން ރާވައިގެން ކަން. އެންމެން ހެވިފަ.

  14. ކެކޫރު

    އެމްޑީޕީ އަކީ އަޅުގަނޑުގެ ކުރީގެ ޕާޓީ. އެހެންނަމަވެސް މިއަދުގެ ރައީސް ޔާމީން ވެރިކަމުގެ 2 އަހަރު ވޭތުވެދިޔަފަހުން އަޅުގަނޑު ވިސްނާލުމުން އިޙްސާސް ކުރެވުނީ ރައީސް ޔާމީން އަކީ ގައުމާވަތަން ދެކެ ލޯބިވާ ދަރިޔެއްކަން. އެހިސާބުން އަޅުގަނޑުގެ ހިތުގަ ރައީސް ޔާމީން އައްޓަކައި ލޯބި އުފެދިގެން ގޮސްފަވަނީ. އަޅުގަނޑުގެ ކުރީގެ ޕާޓީ އެމްޑީޕީގެ ވެރިކަމުގަ އެމްޑީޕީގެ ތެރޭން ހިންގާފަހުރި ކަންކަމާ ބަލާފަ އަޅުގަނޑަށްވެސް ބުނެލެވޭނީ ސަމާލުކަން ހޯދުމުގެ ބޭނުމުގެ އެމްޑީޕީގެ އަމިއްލަ އަތުންކޮއްފަ ހުރިކަމެކޭ ތެޔޮޖެހުމަކީ. ސަބަބަކީ ތެޔޮތިކިތައް ބުރާގެންގޮސްފަހުރި ތަރުތީބުކަމާ ' މޫނުގަ ހަމަ އެންމެ ތެޔޮކޮޅެއްވެސް ނެތުމާ' ގައިގެ ވަކި ހިސާބަކުން ތިރިޔަށް އަދި މައްޗައް ތެޔޮތިކި ނުބުރާނެ ވަރު ބަލާފަ ކޮއްފަހުރި ކަމެކޭ ދެންނެވުމުގެ ފުރުސަތު އެބައޮތް. އެމްޑީޕީ އަކީ އެމީހުންގެ ކޮންމެ ހަރަކާތަކުންވެސް ސަމާލުކަން ހޯދަން ޑްރާމާ ކުޅުމުގަ ލާމަސީލު ބަޔެއްކަން ވަރައްވެސް ކެރިހުރެގެން ބުނެލާނަން. ހިތާމަހުރި ސަމާލުކަން ހޯދުމައްޓަކާ ތިޔަހާ ދަށު ދަރަޖައިގެ އަމަލުތަށް ނުކުރުމަށް ގޮވާލަން. އަދުގެ ރައީސް އަދި ދިވެހިރައްޔިތުން އެންމެ އެދޭފަދައިން އަމަން އަމާންކަން މިގައުމުގަ އޮތަދީ.. އާދޭސްކުރަން

  15. ނުރަބޯ

    ޖަހާފަތަ ނޫނީ އަމިއްލައަށް ހާކާފަތަ. ޖެހިއްޔާ ނުހުންނާނެ ތިހެނެއް

  16. ފާއިޒް

    ކަޅުތެޔޮ ޖެހީކި ނޫން އަމިއްލަޔަށް ކަޅުތެޔޮ ހޭކީ .. އެއްވެސް މީހެއްގެ ގަމީކުގަ ނޫނި ނެތް . ޖެހިނަމަ ދާނި ބުރާގެން .. މީޑިޔާ ސްޓަންޓް ޖައްސަން ތީ ބޮޑުވަރު.

  17. އާބިދާ

    އެމީހުންގަޔަކަށް ކަޅުތެލެއް ނުޖަހާ، އީޔޫ އަށް ފޮނުވަން ފޮޓޯއެއް ނަގަންވެގެން އެމީހުން އަމިއްލަޔަށް ކަޅުތެޔޮ އުނގުޅީ

  18. ސަޢީދު

    އަންނި ބުނެގެން ޖެއްސި ސްޓަންޓެއް

  19. ގާސިމް

    އަތައްގޮވީ ތިދިޔައީ ފަޅައިގެން

  20. ޖައްޅަބެ

    އެމީހުންނަށް ހީކުރަނީ އެއީވެސް ފަޅަސްތީނުގެ ބައެއްކަމައްތާ