ޗައިނާފެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒައޯ ލީޖިއަން ވިދާޅުވީ ފޮރިން މިނިސްޓަރު އާއަހަރާ ދިމާކޮށް އެފްރިކާގެ ތިން ގައުމަކަށް އަންނަ މަހުގެ ހަތަރަކުން ހަތަރަކަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފަހު ލަންކާއަށާއި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

އެކަމަކު ވަޑައިގަންނަވާ ސީދާ ދުވަހެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އެކަމަކު މިއީ ރާއްޖޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ވަނީ ހާމަކުރައްވާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާއިރު 2019 ވަނަ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އދ.ގެ އާއްމު މަޖިލީހުގެ ރައީސް ހައިސިއްޔަތުން ޝާހިދު، ނޮވެމްބަރު މަހުވެސް ޗައިނާއަށް ވަޑައިގެންނެވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީވެދިން ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. އެގައުމުން ރާއްޖެއަށް ވެކްސިނާއި ސިއްހީ ގިނަ ސާމާނުތަކެއް ވަނީ ހަދިޔާކޮށްފައެވެ.

މި ސަރުކާރުން ހުރިހާ ގައުމަކާއިވެސް އެއް ހަމައެއްގައި ގުޅުން ބާއްވަމުންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ހުޅުވާލާފައިވާތީ އެކަން ފާހަގަކޮށް ޗައިނާއިން ވަނީ ސަރުކާރަށް ތައުރީފް ކޮށްފައެވެ.

އަންނަ އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލެވެ. އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުންދާކަމުގައި ޗައިނާ އެމްބަސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާނޭ

    ށުބުހާނައްﷲ! ޢެއްކަލަ ޗައިނާއަށް ދައުވަތު ދޭން ޖެހުނީދޯ! ކޮބައިތޯ އެއްކަލަ ގެރި މޯދީ. އަންނި ގެ ހިތް ހަލާކުވެދާނެ.

  2. ޒިންދާބާދު

    ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު

  3. Anonymous

    ސަލާން ޖަހަމުން ގޮސް ހަދާނެގޮތް ހުސްވެގެން އަނެއްކ ޗައިނާ އައް

  4. ހެހެ

    އިންތިހާބެއް އެބައޮތްބާ ، އެހެންވިއްޔާ ލޮނު ނުލާ ކާމީހުން ލޮނުވެސްލާނެ