އިދިކޮޅު ފަރާތްތަކުން ބޭނުން ކުރާ "އިންޑިއާ އައުޓް" ޝިއާރަކީ ވަކި ގައުމަކާ ޖައްސާލެވޭ ޒާތުގެ ޝިއާރެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ގެނެސްދިން ޕްރޮގްރާމެއްގައި އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ލީޑަރު ކަން ކުރައްވާ ދުންޔާ ވިދާޅުވީ އިންޑިއާގެ ސިފައިން އަދި އެ ނޫން ގައުމެއްގެ ސިފައިން ވެސް މި ގައުމުގައި ތިބުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

އަދި އެ ކަމަށް ކޮންމެ ދިވެހި ރައްޔިތަކު ވެސް ދެކޮޅު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު އިދިކޮޅު ޕީޕީއެމް ޕީއެންސީން އިސްވެ ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑީއާގެ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ކެމްޕޭނެއް ނޫން ކަމަށް ވިދާޅުވެ، އެ ކެމްޕޭނަށް ދުންޔާ ފާޑު ވިދާޅުވެފައެވެ. އެއީ ވަކި ގައުމަކާ އެހެން ޖައްސަލައިލެވޭ ޒާތުގެ ޝިއާރެއްގައި ކެމްޕޭން ހަރަކާތް ހިންގުމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ "އިންޑިއާ އައުޓް" އަދި "އިންޑިއާ މިލިޓަރީ އައުޓް" މި ދެ ޝިއާރު ބޭނުންކޮށްގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންނެވެ. މި ހަރަކާތް ލީޑް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އެމަނިކުފާނު އިސްވެ ހުންނަވައި ދާދި ފަހުން ވަނީ ކ. ގުރައިދޫ އާއި ކ. ތުލުސްދޫ އާއި ފ. ނިލަންދު އަށް ވަޑައިގެންފައެވެ.

ސަންގު ޓީވީން ގެނައި ޕްރޮގްރާމްގައި ދުންޔާ ވަނީ އިންޑިއާ ސަފީރަކާ މެދުގައި ވެސް ތުހުމަތެއް ކުރައްވައިފައެވެ. އެކަމަކު، އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅެއް ނުވެއެވެ.

ދުންޔާ ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭރު ރިޔާސީ އިންތިހާބު ކައިރިވެގެން އައިއިރު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިލްކެޝަންސް ކޮމިޝަން (އީސީ) ތެރޭގައި އުޅުއްވުމުން ފިޔަވަޅު އެޅުއްވި ކަމަށެވެ.

"އިންތިހާބު ކައިރިވެގެން އައިއިރު، އިންޑިޔާ ސަފީރު ހުންނެވީ އިލްކެޝަންސް ކޮމިޝަން ތެރޭގައި. ދެން ވަގުތުން އަޅުގަނޑު ކައިރީގައި ބުނަނީ ވަގުތުން އޭނަ ގެންނާށޭ. ހާޒިރު ކުރުވާށޭ." ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ދުންޔާ ވިދާޅުވިއެވެ.

އޭރުގެ ހާރިޖީ ވަޒީރު އެ ވަގުތު ހުންނެވީ މާލެއިން ބޭރުގައި ކަމުން ސަފީރު ހާޒިރުކޮށް ފިޔަވަޅު އެޅީ ދުންޔާ އަމިއްލަ އަށް ކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. ދުންޔާ ވިދާޅުވީ ޑިޕްލޮމޭޓުންނަށް ދޭ އެންމެ ހަރުކަށި އިންޒާރު އޭރުގެ އިންޑިއާގެ ސަފީރަށް ދެއްވިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އައުޓް

    އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް

    34
    2
    • އަޙްމަދް

      އިދިކޮޅު ފަރާތްތަކުން ބޭނުން ކުރާ "އިންޑިއާ އައުޓް" ޝިއާރަކީ ވަކި ގައުމަކާ ޖައްސާލެވޭ ޒާތުގެ ޝިއާރެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
      ————————————————
      އިންޑިއާ އައުޓް"ި މިއީ ޤައުމީ ޝިއާރެކެވެ.
      މި ޝިއާރާއި އިދިކޮޅު ކޮއްމެ ސިޔާސީ ޝިއާރަކި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ވިއްކާލާ ދިވެހިން އަޅުވެތި ކުރުމުގެ ޝިޢާރެކެވެ.
      އިންޑިއާ އައުޓް….

      33
      1
  2. ހަސަން

    ދެން މި ދިވެހި ފަސްގަނޑުން މައުމޫނިޒަމްއަށް ޖާގައެއް ނެތް. އިންޑިޔާ ޖެހޭނި ފައިބަން އދި އިންޑިޔާ ސިފައިން މިގައުމަށް ގެނައި ގައްދާރުންވެސް ޖެހޭނި ފައިބަން

    29
  3. ރީތި މޫސަ

    އެހެންގޮވަންޖެހުނީ ކީއްވެބާ؟ އެވާހަކަ ކަމަނާ ނުދެއްކީ ކީއްވެގެންތޯ ރާއްޖޭގެ ކަންކޮޅުތަކުގަ އިންޑިޔާސިފައިން ގާއިމްވެ ތިބުން އެއީ ރަނގަޅުކަމެއްތޯ މިހާރުވެސް އެމީހުން ރާއްޖޭގެ ގަވާއިދުތަކަށް ބޯނުލަބާ ވެހިކަލްތައްވެސް ދުއްވަނީ ރާއްޖޭ ބޯޑައްބަދަލުނުކޮށް ސަރަހައްދުތަކުގަ އުޅެނީ އުޅޭނެގޮތަކަށް

    26
  4. Anonymous

    ފުރަތަމަ ކަމަކީ ދުންޏާ މެނަނަށް އޮޅިގެން އުޅުނެއްކަމަކު އިންޑިޔާމީހުނަށްވެސް އަދި މުޅި ދުނިޔެއަށްވެސް އެނގޭ "އިންޑިޔާ އައުޓް" ކެމްޕޭނަކީ އިންޑިޔާގެ މިލިޓަރީ ދިވެހިރާއްޖޭގައި ތިބުމާ ދެކޮޅު ކެމްޕޭން އެއްކަން. އެއްވެސް މިނިވަން މުސްތަގިއްލު ގައުމަކުން ނޭދޭނެ އެގައުމުގައި ބޭރުގެ މިލިޓަރީއެއް އޮންނާކަށް.
    ދެވަނަ ކަމަކީ އިންޑިޔާގަ މިހާރު އޮތް ވެެރިކަމާ ގުޅުމަކީ މުސްލިމުންނަށް ހާއްސަކޮށް އިންޑިޔާގައި ދިރިއުޅޭ މުސްލިމުންނަށް ކުރާ ބޭއިންސާފެއް. ބީޖޭޕީ ސަރުކާރު ނިސްބަތްވާ ހިންދީންގެ ގުރޫޕުތަކުން 2 މިލިއަން މުސްލިމުންގެ ގަތުލް އާއްމަކަށް މިހާރު އެވަނީ ގޮވާލާފަ.
    މުސްލިމުންނަކީ އަހުންތަކެއްކަމަށާ ކޮންމެ ތަނެއްގައި ދިރިއުޅުނަސް މުސްލިމުން އެއީ އަހުންކަން ނަބިއްޔާ ޞޢވ ހަދީޘްއިން ވަނީ އަންގަވާފައި. އެކަންވެސް މުސްލިމުންގެ ގައުމެއްގެ ވެރިންނާ ސިޔާސީ މީހުން މިހާރު ނުދަނެ، މުސްލިމުންގެ ޖައްލާދެއްގެ ބޫޓުގެ ދަށް ފުށުގަ އުންގުޅިފަ ހުންނަ ނަޖިހުގައި ދޫހަކަމުން އެދަނީ.

    24
  5. Anonymous

    އިންޑިއަާސިފަިންފައިބާށޭ މިގޮވަނީ އެއީގައުމަކާ ޖައްސާލުމެއްނުން ކަލޭ ލޮލައް އެކަންނުފެނޭތަ ކަލެއާބަފަޔާ ކިތައްމެ ރުޅިއަޔަސް އެމީހުނ ބާލާނަން

    22
  6. މޕ

    ކިތަންމެ ވަރަކަށް އިންޑިޔާ އައުޓް ބަދަލް ކުރަން އުޅުނަސް ބުނެވޭނީ ސޮރީޔޭ މެޑަމް.
    އިންޑިޔާ އައުޓް އޮޅުވާ ނުލެވޭނެ ރައްޔިތުންނަށް

    26
  7. އާލިމް

    ދުންޔާއައް ހީވަނީ އޮޅިވަޑައިގަތީހެން އިންޑިޔާއައުޓް ކެމްޕެއިން އެއީރައްޔިތުން ފެއްޓި ކެމް ޕެއިން އެއް އެއިރު ރައީސް ޔާމީން ހުންނެވީ ޖަލުގަ

    24
  8. ކާނަލް ނާޒިމް

    ކަމަނާއަށް ވެސް އިންޑިޔާގެ ކޮރޮޕްޓް ލާރީގަ ޖެހިވިއްޖެ ކަން ޔަގީން ވެއްޖެ މިހާރު

    20
    1
  9. މީމު ޒަވިޔަނި

    ދެންތި ބުނަނީ އިންޑިޔާ ހަދާފައިވާ އެގްރިމަންޓް ގެ ވާހަކަ ނުދައްކާ އެކަން އޮއްބާ ލައިގެން ތިބޭށޭ.

    21
  10. ޖަނާ

    ދުންޔާ މޮޔަ ނުގޮވަބަލަ! ކިތައް ޤައުމުގެ މިލިޓަރީ މިތަނަށް އަރާ އެބަތިބިތަ؟

    23
  11. ފޯކައިދޫ އިބްރޭ

    ރުފިޔާގެ ބޫތްކެއީމަ ވާނެ ތިހެން ބަލަ އެންމެންދަންނަސިއްރެކޭ ތިޔަ ހުރިހާ ޕާޓީތަކައް ފަންޑްކުރާކަމައް އެބުނަނީ ޖަންގަލްޕީޕީ ރޭޑިއޯތަކުން ކަލޭމެންނައް ކޮއްދެވޭނީ ކޮންކަމެއް ތިމާމިހާޔައް ގާނޫނުން ލިބިފައިވާ ހައްގުވެސް ޙުދުބަފާމީހާ ނަގާލާފައި އެއޮތީ މިގައުމުގައި ދޭތެރެދުރުކޮއް އާބާދީ ނައްތާލާފައި ނުވީތާކައް ބޯހިޔާވަހިކަމުގެ ގޯތިގެދޮރުގެ އަޅުވެތިކަން ފައްޓާ މާލޭގެރައްޔިތުންނައް ފުލެޓް ވިޔަފާރި ފައްޓާ ރައްޔިތުން ކުލިގެ އަޅުންނައް ހަދާފައި މާލޭގެ ރައްޔިތުންލައްވާ މަސަތްކައް ކުރުވާބިންހިއްކާފަ ނުދީ މިއަދު އެތަނުން ބިންކޮޅެއް ޙުދު ތިމާމީހާޔައްވެސް ނުލިބޭ ދެން ކޮންކަމެއްތޯ ޕާޓީއެއް ހަދައިގެން ރައްޔިތަކައް ކޮއްދެވޭނީ ލަދެއް ނެތީމަ ޕޯޑިއަމް ތަކައް އަރާ ވާހަކަ ދައްކަވަނީ ފުރަތަމަ ޙުދު ތިމާގެ ބައްޕަ ރައްޔިތުންނައް ކުރިކަންތައްތައް ވިސްނށާލާނަމަ ލަދުން ޕޯޑިއަމް އަކައް އަރާކައް ނުކެރުނީސް ހަދީސްއެއްގައި އޮވޭ ލަދުވެތިކަމެއް ނެތް މީހަކު ކޮންމެކަމެއްވެސް ކޮއްފާނޭ މީހަގީގީ ތެދު އަހަރުމެންނައް މިފެންނަނީ އެކަންތައްތައް އޭގެ މިސާލެއް ކަމަނާ އާއި މުޅިއާއިލާ ވަރައްވެދުން

    11
  12. މ ޢަބްދުﷲ

    އިންޑިއާ އައުޓް ޝިއާރަކީ ވަކި ގައުމަކާ ޖައްސާލެވޭ ޒާތުގެ ޝިއާރެއް: ދުންޔާ

    3 ގަޑިއިރު ކުރިން ( ޖެނުއަރީ 1, 2022 )

    މީދަބުރާނޗާ ، ވަކިގައުމަކުން ވިސާކެންސަލް ކުރާމަ ނުދިޔަކަން ތީއްޗަށް އެނގޭތަ ؟

    ދެން މީގެ ފަހަތުން އައިސް މިއުޅިފައިވާ ކަސްތޮޅުތަށް ފެނޭތަ؟

    India out # India out # India out# India out # India out #
    India out # India out # India out# India out # India out #
    India out # India out # India out# India out # India out #
    India out # India out # India out# India out # India out #

    އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް

    15
  13. އަޙުމަދު

    މީނާ ގެ ހިތުގައި ޤައުމީ ވަޠަނި ލޯތްބެއް ނޯންނާނެ، މީނާ އަކީ ނައިޖީރިއާ އަށް އުފަން ވީމީހެެއް އެހެންކަމުން ދިވެހިޤައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް މި މީހުނަށް ވަރިހަމަ ވާނެ، އަދި ޔޫކޭގެ ސިޓިޒަންޝިޕް އޮވޭ، ފިރިމީހާގެ ނަމުގައި އެތަށް ރިސޯޓް ހިއްސާ އެބަ އޮތް އިލްޔާސް އިބްރާހީމް އެފް.ޕީ.އައިޑީ އިން ވަގަށް ނެގި ފައިސާ އިން ގަނެފައިވާ ބިންތަކުން ބައެއް މީނާ އަށް ލިބިފައިވޭ އަދި އޭގެ ބޭނުން ކުރަމުންދަނީ ދެން ކޮންކަމަކާތޯ މީނާ ވިސްނާ ފިކުރު ކުރަން ޖެހެނީ، މިއީ ރަގަޅު ބައެއް ނޫން، ދިވެހިން ވިސްނަވާ.

    10
  14. ދޮންބެ

    މިހާރު ކިޔޭ ނުކިޔޭ އެއްޗެއްވެސްނޭގިފައި ހުރިކަން ފާހަގަވާން ފަށައިފި ރަންކޮޅާ މިގައުމު ވަކިބަޔަކަށް ވިއްކައި ހުސްކުރމުންދާތަން ކަމާނާއަކަށް ނުފެނެތާ އިންޑިޔާ ސިފައިން އައުޓު.

    11
  15. އިބްރާހިމް

    ރާއްޖޭގެ މަތީފަންތީގެ ވަރަށްގިނަ ބައެއްގެ ޖީބްތަށް އިންޑިއާއިންދަނީ ފުރަމުންނެވެ. އެމީހުން އެކަންކުރަނީ ރާއްޖެ އަޅުވެތިކުރުމުގެ މަޤްސަދުގައެވެ. މިކަހަލަ ދެފުއްކެހެރިންގެ އަވައިގައި ނުޖެހޭށެވެ. ދިވެހިންނޭ ހޭލާށެވެ. ޤައުމުތަކުގެ އަޅުވެތިކަމުގައި އުޅޭ ރައްޔިތުން އުޅެމުންދާ ޙާލަށް ތިޔަލޮބުވެތި ރައްޔިތުން ވިސްނަވާފައި ވޯޓްދެއްވާށެވެ. އަޅުވެތިކުރުމަށްޓަކައި ވޯޓްގަތުމަށް ބޭނުންކުރާނީ ފައިސާއެވެ. ފައިސާއަށް ހެއްލި ޤައުމު ވިއްކާނުލާށެވެ.

  16. ހަވާސާ އިބޫ

    މިކަމުގައި ކަމަނާވެސް އަދި 30އަހަރުގެ ބާނީވެސް ވަނީފެއިލްވެފައި! އިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓް އިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓްއިންޑިއާ އައުޓް