ހދ. ކުރިއަށް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 23 ގައި ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އޯޕީޑީ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ. --- ފޮޓޯ: އެމްޓީސީސީ

މި އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ކޮޓަރި އާއި ފަރުވާދޭ ކޮޓަރިއަކާއި ޕްރޮސީޖަ ކޮޓަރިއަކާއި އީސީޖީ ކޮޓަރިއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއަށް 20.2 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރެވިގެންދާ އޯޕީޑީ އިމާރާތުގެ ސަބަބުން ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ބަލިމީހުން ބެލުމަށާއި މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ރައްޔިތުންނަށް ވެސް އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޖައިބު

    ދަރުމަ ވަންތަ ހޮސްޕިޓަލު ނޫން އެހެން ހުރިހާ ހޮސްޕިޓަލެއް ހެލްތުގެ ކުޅުދުއްފުށީގެ ހޮސްޕިޓަލު ހިމެނޭ ފަދައިން ހެލްތު މިނިސްޓްރީގެ ދަށުގައި މިހާރު ނުވާ ކަމަށް މިނިސްޓަރު ކެރަފާ ނަސީމު ބުނެފަ އިނީ. ދެން ކިހިނެއް ހެލްތު މިނިސްޓްރީ އިން ތިފަދަ އެހެން ހޮސްޕިޓަލު ތަކުގެ ކަންކަން ކުރަން ފަންޑު ދެނީ. ތިޔައީ ވަރަށް ބޮޑެތި އަޖައިބު.

  2. މުހައްމަދު

    ބޮޑު ހުސްޖާގަ އޮތް ތަނެއްްގަ ފަހަރަކު ތަންކޮޅެއް ތިހިން ހަދަމުން ގޮއްސަ ތަނަށް ބޭނުން ޖެހޭއިރު ބޭނުން ނުކުރެވޭ ވަރު ކޮއްލީމަ ސަޅި ވާނީ.

  3. ގަލަން ތުނޑުފފޕޮިޕެެެ

    ލާހޫރޭ ސަރުކާރު..މިހާރު ވޯޓު އަނދުން އަޅުވަނީ ރައްޔިތޔުން ހޭލާތިބޭތި