ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލްގެ ދަށުން ހިންގާ ސިއްހީ މަރުކަޒު ތަކަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާނުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރެޖިސްޓަރޑް ނަރުހުންގެ ގޮތުގައި އެ ހޮސްޕިޓަލަށް 16 ނަރުހުން ބޭނުންވާ ކަމަށެވެ.

މި މާގަމަށް ހޮވޭ ފަރާތްތަކަށް މުސާރައާއި މަގާމު އެލަވެންސްގެ ގޮތުގައި 16،761 ރުފިޔާ ލިބިގެންދާނެއެވެ. އަދި ޕޭ ފުރޭމް ވޯކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 144 ރުފިޔާ ލިބިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިގޮތުން އެ ހޮސްޕިޓަލަށް ހަ ނަރުހުން ހޯދާއިރު، އެ ހޮސްޕިޓަލުގެ ދަށުން ހިންގަމުންދާ ނޮޅިވަރަން އަދި ނޭކުރަންދޫ ސިއްހީ މަރުކަޒަށް ތިން ނަރުހުން، ވައިކަރަދޫ އަދި މަކުނުދޫއަށް ދެ ނަރުހުން ހޯދަން އިއުލާނު ކޮށްފައި ވެއެވެ.

އެ އިއުލާނުގައިވާގޮތުން، މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 23 ޖުލައި ދުވަހުގެ 14:00 ގެ ކުރިން ހޮސްޕިޓަލަށާއި ހެލްތު ސެންޓަރުތަކަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫރާ

    2 މަހުން އެއްމަހު ތިޔަ އިޢްލާނެއް ކުރެއެވެ. ކެމްޕެއިންގެ އުކުޅެއްތާ؟

  2. ސައޫމު

    ގިނަ އަދަދެއްގެ ނަރުހުން ހޯދިއަކަށް ނުވާނެ. ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި ވަސީލަތް ހޯދިމަ ހޮސްޕިޓަލު ހޮސްޕިޓަލަކަށް ވަނީ،

  3. Anonymous

    އައިޖީއެމްއެޗްގެ ނާސަރީގައި ތަންނެތިގެން އޭޑީކޭއަށް ނޫނީ ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވަނީ މިހާރު. ކޮބާތޯ ތަރައްޤީ. ހުޅުމާލެ ހޮސްޕިޓަލުގައި ނާސަރީ ނެތިގެން މާލެއަށް ވިހަން. . މީތޯ ތަރައްޤީ. ދައުރު ނިމެނީ. އެންމެ ބިރުވެރި ހޮހޮޅައެއް ވެސް ..... ހާހާހާ

  4. ޙަސަން

    ތިޔައީ ބޭކާރުކަމެއް ކަންނޭނގެ