ރޭ ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށާއި މި ދުވަސް ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) "ވަގުތަށް" ބުނީ ރޭ އުދަ އެރިކަމުގެ ރިޕޯޓު ލިބިފައިވަނީ ދެ ރަށަކުން ކަމަށާއި އެއީ ށ. ފޮނަދޫ އާއި ނ. ހޮޅުދޫ ކަމަށެވެ. އެހެންނަމަވެސް އެ އިދާރާއަށް ރިޕޯޓު ކޮށްފައިނުވި ނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްރަށަށް ކޮންމެވެސް ވަރަކަށް ރޭ ވަނީ އުދައިގެ އަސަރު ކޮށްފައެވެ.

ރ. ވާދޫއަށް އުދައިގެ އަސަރުކޮށްފައި: ފޮޓޯ- ވާދޫޓައިމްސް

ރ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ. ހާއްސަ ގޮތެއްގައި އެ އަތޮޅު ވާދޫއަށް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން އެރަށުގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

މީގެ އިތުރުން މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ދިޔަވަރު ބޮޑުވާނެ ކަމަށާއި މި ދުވަސް ވަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިރޭ ވެސް ބޮޑު ދިޔައިގައި އުދަ އެރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އެބައޮތްކަން ފާހަގަ ކުރައްވާ އެ އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ށުމަން

  ޙޯމް ޓޫރިޒަމް މެކުހަށް ޖަހަނީ ތީ!!

  4
  2
 2. ސިމްނާ

  ތި މޫސުމާބެހޭ މަރުކަޒުގެ މީހުންނަށް އުނދައެރީމަތަ އިންގެނީ އުނދަ އަރާނެކަން.އަހަރެންދަރިފުޅަށްވެސް އިނގޭގެ އުނދަ އެރީމަ އުނދަ އެރީކަން.

 3. Anonymous

  ލާދީނީ ކަންކަން ގިނައިން ކުރާ ވަރަކަށް ކޯފާލެއްވުން ގިނަވާނެ. ހޯމް ޓޫރިޒަމޭ ކިޔައިގެން ކާފިރުން ގެއަށް ގެނެސްގެން އުޅެންޏާ އެމީހުން އުޅޭ ގޮތަށް އުޅެން ދަސްވެ ރާ ވެސް ބޮވޭނެ. އެހެން ކަންކަން ވެސް ކުރެވޭނެ. ރާއްޖޭގައި މިކަންކަން އާންމުވާއިރު މިއަށްވުރެ ބޮޑެތި ކޯފާތައް ލައްވާނެ. ބަލަންތިބޭތި. މިހާރު ޔޫރަޕުގެ ރަށްތައް އެދަނީ ގަންބަވައިގަންނަމުން. އަލިފާން ރޯވެ އަނދަމުން. ފެންބޮޑުވެ ޣަރަގުވަމުން. އެވާހަކަ މީޑިއާގައި ނުދައްކައެއްނު.