ހދ. ނެއްލައިދޫ ބަނދަރުގެ މަސައްކަތް ފުރިހަމަކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަށް 55.4 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.

މި މަޝްރޫއުގެ ދަށުން 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 103 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 1،812 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި މަގުބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބަނދަރު ހެދުމުގެ 26 މަޝްރޫއެއް ވަނީ ނިންމައިފައެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ، ތަރައްގީގެ މަރުހަލާގައި މުހިންމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގައި އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ގާއިމު ކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.