ދިވެހިރާއްޖެ އާއި އިސްރާއީލުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކެއް ކުރިއަށް އެބަގެންދާ ކަމަށް ޑިޕްލޮމެޓިކް ދާއިރާގެ އޮފިޝަލުންނާއި ހަވާލާދީ އިސްރާއީލްގެ އެންމެ ނަން މަޝްހޫރު ނޫސް ކަމަށްވާ "ޓައިމްސް އޮފް އިސްރާއީލް" އިން ބުނެފިއެވެ.

އެނޫހުގައި ބުނެފައި ވަނީ އިސްރާއީލުން ދެން އެންމެ އަވަހަށް ގުޅުން ގާއިމު ކުރާނީ މުސްލިމުންގެ މެޖޯރިޓީ އޮތް ދެގައުމު ކަމަށްވާ ކޮމޯރޯސް އަދި ދިވެހިރާއްޖެ އާއިއެވެ.

އިސްރާއީލާއި އިސްލާމީ ގައުމުތަކާއި އޮންނަ ގުޅުން "ނޯމަލައިޒް" ކުރުމަކީ އެމެރިކާގެ ރައީސް ކަމުގައި ޑޮނަލްޑް ޓްރަމްޕް ހުރިއިރު އޭނާ ފެށި މަސައްކަތެކެވެ. އެމަސައްކަތުގެ ދަށުން ވަރަށް ގިނަ އަރަބި ގައުމުތަކާއި އިސްރާއީލާއި ވަނީ ހާރިޖީ ގުޅުން ބަދަހިކޮށްފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ޓްރަމްޕްގެ އެސިޔާސަތައް ތާއިދު ކޮށްފައެވެ. ބައިޑެން ވަނީ އިސްރާއީލާއި ގައުމުތަކާއި ގުޅުން ބަދަހި ކުރުމުގައި އެމެރިކާ އިން މެދުވެރިއެއްގެ ދައުރު އަދާކުރާނެކަން ހާމަކޮށްފައެވެ. ރާއްޖެ އާއި އިސްރާއީލުން ގުޅުން ބަދަހި ކުރަނީވެސް މިސިޔާސަތުގެ ދަށުން ކަމަށް ވެއެވެ.

ރާއްޖެ އިން އިސްރާއީލާއި ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް 2020 ވަނަ އަހަރު ވެސް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް އޭރު ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމޯރޯސް އަކީ ވެސް އިންޑިއާ ކަނޑުގައި އޮންނަ ގައުމެކެވެ. އެގައުމުން އަދި މިހާތަނަށް އިސްރާއީލާއި ޑިޕްލޮމެޓިކް ގުޅުން ގާއިމު ކޮށްފައެއް ނުވެއެވެ. 2013 ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގެ މައްސަލަ ހޭގްގައި ހުންނަ ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމުގައި ކޮމޯރޯސް އިން އިސް ދައުރެއް އަދާކުރިއެވެ. ނަމަވެސް އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މިދިޔަ އޮކްޓޯބަރ މަހު އިސްރާއީލްގެ އޮފިޝަލުންނާއި ކޮމޯރޯސްގެ އޮފިޝަލުން ވަނީ ދެގައުމުން ގުޅުން ގާއިމު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެ އާއި އިސްރާއީލުން ވަނީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހާރިޖީ ގުޅުން ގާއިމު ކޮށްފައެވެ. ނަމަވެސް ރައީސް ނާސިރުގެ ވެރިކަމުގައި 1974 ވަނަ އަހަރު އެގުޅުން ސަސްޕެންޑް ކުރިއެވެ. އޭގެ ފަހުން ދެގައުމުގެ ގުޅުން ބަދަހިކުރަން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. އޭރު އިސްރާއީލްގެ ފޮރިން މިނިސްޓަރު ލިބަމަން އާއި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ބައްދަލުކޮށް ސިއްހީ ދާއިރާ އާއި ޓްއަރިޒަމް ދާއިރާ އަދި ތައުލީމީ ދާއިރާ އިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ވެސް ކުރިއެވެ. އަދި 2010 ވަނަ އަހަރު އިސްރާއީލްގެ ލޮލުގެ ޑޮކްޓަރުންތަކެއް ރާއްޖެ އައިސް ރާއްޖޭގައި އައިކޭމްޕެއް ވެސް ކުރިއަށް ގެންދިޔައެވެ.

ނަސީމް ވަނީ 2011 ވަނަ އަހަރު އިސްރާއީލަށް ރަސްމީ ދަތުރެއް ވެސް ކޮށްފައެވެ. އެދަތުރުގައި އޭނާ އިސްރާއީލްގެ ރައީސާއި ވެސް ބައްދަލު ކުރިއެވެ. ނަސީމަކީ އިސްރާއީލަށް ދަތުރެއް ކުރި ރާއްޖޭގެ ހަމައެކަނި ފޮރިން މިނިސްޓަރެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމި، ރައީސް ޔާމީންގެ ވެރިކަމުގައި އަނެއްކާވެސް އިސްރާއީލާއި ރާއްޖޭގެ ގުޅުން ސަސްޕެންޑްކޮށް، ރައީސް ޔާމީންގެ ސަރުކާރުން ވަނީ އިސްރާއީލްގެ އެއްވެސް އުފެއްދުމެއް ވެސް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފައެވެ. އެފިޔަވަޅު ރައީސް ޔާމީންގެ ސަރުކާރުން އެޅި 2014 ވަނަ އަހަރު އިސްރާއީލުން ޣައްޒާ އަށް ދިން އުދުވާނީ ހަމަލާތަކުގެ ސަބަބުންނެވެ.

އިސްރާއީލުން ފަލަސްތީން ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކުގެ ސަބަބުން ދިވެހިންގެ މެދުގައި އަބަދުވެސް އިސްރާއީލާއި މެދު ވަރަށް ބޮޑު ނަފްރަތެއް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ަިސިފައިނެއް

    ތިކުޅެނީ އަލިފާނާއި ވެރިކަން ވެއްޓެން ބޭނުންނޫންނަމަ މަޑުން ތިބޭ

  2. ކޮރަލް

    އަދިވެސް އެމްޑީޕީގެ 40 ހާސް މެމްބަރުން ޕާޓީ އިން ވަކި ނުވެ އެބަ ހުއްޓެވެ، ވަކިވެ ބަލާށެވެ.

  3. ޕިސް ޕިސް

    ތީ ޝާހިދު އެހެރަ މަގާމަށް ހޮވަން ކުރި އެއް ޝަރުތު. ތިކަން ކުރާނެ މިނުބައި ލާދީނީ ސަރުކާރުން. މުސްލިމުން ނިކަމެތި ކުރާ ކޮންމެ ބަޔަކާ ގުޅުން އިތުރު ކުރާނެ. ވެރިކްމުގަ އެތިބީ ލާދީނީ މީހުން ހައްތާވެސް. އެމްޑީއެންގެ ރިޕޯޓޫ ލިޔުނު މީހުން.. ޔާ ﷲ މިވެރިކަން އަވަހަށް ނިމިގެން ދިއުމަށް އިރާދަ ކުރައްވާށި. މުސްލިމުންގެ ދުޢާ އިޖާބަކުރައްވާށި.

    10
  4. އަބްދޫ

    އިސްރާއީލާ ގުޅުން ބަދަހިކޮށްފިނަމަ މިސާރުކާރަށް ސަޕޯޓްކުރާ ގިނަބަޔަކު ސަރުކަރާ ދެކޮޅުވާނެ.

  5. Anonymous

    މިނަޝީދުމެން ބޭނުންވާ ގޮތް ، މީހަކު އެއްޗެކޭ ބުނެލާއިރައް މޑޕ ގެ މީހުނައް ހީވަނީ ގަޔައް ހިނި އަރައިގެން އުޅޭހެން.

  6. މާމި

    ހުރިހާ ކަމެއް ހަމަވަނީ މީހަމަ ގައްދާރުންތަކެއް

  7. ނުރަބޯ

    ތިޔަކު ނެތް މައްސަލައެއް. ޢިޒްރޭލަކީ ތަހުޒީބު މީހުން އުޅޭ ކުރިއަރާފަ އޮތް ގައުމެއް. ކަޑިބަޑި ހިފައިން މިޒަމާނަކު ނުތެޅެވޭނެ ޖާހިލުންހެން

    3
    7
  8. ހުސޭނުބޭ

    ސޯލިބޭ ބުނި ބަޔަކު ނުރުހުނަސް މަޝްރޫޢުތައް ކުރިޔަށްދާކަމަށް. އެބުނާ ނުރުހޭ މަޝްރޫޢަކީ ތީ. އެކަން އޮއްބާލަން ދޮގުހަދަމުން އެ ދުވަނީ.

  9. ހާމިދު ޝާހިދު

    ތިކަން ދޮގުކުރަން ކިތަނމެވަރަކަށް އުޅުނު ނަމަވެސް، ނާށިގަނޑު ހިފައިގެން ލާރި ހޯދަން މިހާރު ނުދެވި އޮތް މަންޒިލަކީ އެއީކަމަށްވާތީ، އެމްޑީޕީގެ މެމްބަރުންގެ ސިކުނޑީތަކަށް 2019 އިން ފެށިގެންވެސް ވަނީ މިއީ މައްސަލައެއް ނޫންކަމަށް ދައްކާ އެކަން ފަތުރަން ފަށާފައި. ﷲ އިރާދަފުޅުން ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ނުލިބޭހާ ހިނދަކު އިސްރާއީލާ ގުޅުމެއް ނުބޭއްވޭނެ.

  10. ހައްވާފުޅު

    ހޯމްޓޭ ހެދީ ތިޔަހެން ވެގެން ދޯ. ހަރުކަށި ފިކުރުގެ ބިލާ ހައްދުފަހަނަޅާ ދިއުމުގެ ބިލް ފާސްކުރީ އޭގެ ނިވަލަށް ވަދެތިބެ ތިހުރިހާ ކަންތައްގަނޑު ހިންގަން ދޯ

  11. އުގުރި

    އަބަދުވެސް ލާދީނީ އާއި ގުޅޭނީ ކާފަރުން ކަން ޔަގީން ނެއްނު.

  12. ނާދިރާ

    ދިނުގެ އަދުއްވުން ފެރިކަމަށް އައީމަ އިޒްރޭލަށް ޱިޒީ ދައްކާނެ