އިސްރާއީލްގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން އުޅޭކަން އިއުލާންކޮށްފިއެވެ. އިސްރާއީލްގެ އެއާލައިނެއް ކަމަށްވާ އެލް އަލް އެއާލައިނުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އެއެއާލައިނުން އަލަށް ދަތުރުތައް ފަށާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

ނަމަވެސް ދިވެހިރާއްޖެ އަށް ދަތުރުތައް ފަށާނެ ސީދާ ތާރީހެއް އަދި އެއާލައިނުން އިއުލާނެއް ނުކުރެއެވެ.

އިސްރާއީލްގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ކަމިނޯސްއާ ހަވާލާދީ އިސްރާއިލްގެ ނޫހެއްގައި 2021 ވަނަ އަހަރު ވެސް ދިވެހިރާއްޖެ އާއި އިސްރާއީލާއި ދެމެދު ދަތުރުތައް ފަށާ ޚަބަރު ރިޕޯޓް ކުރިއެވެ. ނަމަވެސް އެކަމާއި ގުޅިގެން ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ދިވެހި ސަރުކާރުން ބުނީ ދިވެހިރާއްޖެ އާއި އިސްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފުއެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ދިވެހިރާއްޖެ އާއި އިސްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ދެވިފައިނުވާ ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.

އިސްރާއީލާއި ދިވެހިރާއްޖެ އާއި ދެމެދު ޑައިރެކްޓް ފްލައިޓެއް ނޯވެއެވެ. ނަމަވެސް ޓްރާންސިޓް ކުރުމަށްފަހު އިސްރާއީލް މީހުންނަށް ވެސް ދިވެހިރާއްޖެ އަށް އާދެވެއެވެ. އިސްރާއީލްގެ ފަތުރުވެރިން ދިވެހިރާއްޖެ އަށް މިހާރު ވެސް އާދެއެވެ.

އިސްލާމީ ގައުމުތަކާއި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އަދި ހާއްސަކޮށް އިސްލާމީ ގައުމުތަކަށް ފަސޭހައިން އިސްރާއީލް މީހުންނަށް ދަތުރު ކުރެވޭނެ ގޮތް ހެދުމަކީ އިސްރާއީލް ސަރުކާރުގެ އަމާޒެކެވެ. އެއަމާޒަށް ވާސިލް ވުމަށް 2019 ވަނަ އަހަރު ބައެއް އަރަބި ގައުމުތަކާއި އެކު އިސްރާއީލުން އެއްބަސްވުންތަކެއް ގައި ސޮއި ވެސް ކޮށްފައި ވެއެވެ.

އިސްރާއީލްގެ އެލް އަލް އެއާލައިނުން ބުނާ ގޮތުގައި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އޭޝިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކޮށް 2028 ވަނަ އަހަރު އަންނައިރު ކުންފުނީގެ އާމްދަނީ %75 އިތުރު ކުރުމެވެ.

ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ފިލިޕީންސް، ސިންގަޕޫރު އަދި އިސްޓްރޭލިއާ އަށް ވެސް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެއާލައިނުން ބުނެއެވެ. އެގައުމުތަކަށް ދަތުރު ފެށުމަށްޓަކައި ބޮއިންގެ 787 ފްލީޓް 22 އަށް އިތުރު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިހާރު އެ އެއާލައިންގައި އޮންނަނީ އެމަރުކާގެ 16 ފްލައިޓެވެ.

އެލް އަލްގެ ފައިދާ އަންނަނީ ކޮވިޑް-19 އަށް ފަހު އިތުރު ވަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާއި ޑިސެމްބަރ މަހާއި ދެމެދު ވަނީ ކުންފުންޏަށް 8.5 މިލިއަން ޑޮލަރުގެ ފައިދާއެއް ވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް 110 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނެވެ. އެހެންކަމުން މިހާރު ކުންފުނި އޮތް މިސްރާބު ރަނގަޅު ކަމަށް ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. އިއްބެ

    ލާދީނީވެރިކަމެއްގެ ތެރޭގައި މިފަދަ އެތައް ކަމެއް ކުރާނެއެވެ.މިއީ އާކަމެއް ނޫނެވެ.އެއްޖިންސުގެ ގުޅުން ހިނަގާމީހުންނަށް ލުއިގޮތްތައް ހޯދައިދިނުމާއި ، ދިވެހި ރައްޔިތުންގެ ހަރުމުދާ ވިއްކުމާއި ، ދިވެހި ރާއްޖެ އަޅުވެތި ކުރުމަށް މަސައްކަތް ކުރާބަޔަކު މިކަހަލަ އެތައްކަމެއް ކުރާނެއެވެ. މިހުރިހާ ކަމެއް ހިނގަމުންދާ އިރުވެސް މިއީ އާދައިގެ ކަމެއްގެ ގޮތުގައި ބަލާނަމަ ފަލަސްޠީނުގެ ރައްޔިތުންނާއި އިންޑިޔާގެ ކަޝްމީރުގެ ރައްޔިތުން ފަދައިން ދިވެހިންގެ ބިމުގައި ދިވެހިން އުޅޭނެ ދުވަސްވަނީ ދާދި ގާތުގައެވެ.

    16
    1
    • މާލް

      ފަލަސްތީނުގެ ރައްޔިތުންނަށްޓަކާ މިކަން ވަގުތުން ވަގުތައް ހުއްޓާލަންޖެހޭ. ޔަހޫދީން މުސްލިމުންނަކަށް ހެވެއް ނޭދޭނެކަން ކަނޑައެޅި ބަޔާންވެގެން އެއޮތީފެންނަށް.

      19
      1
  2. އަމާ

    ޤައްދާރު….

    44
    4
  3. އިބްސާތު ޑާމިސް

    ފަލަސްތީނު މިނިވަންކުރޭ ފުރަތަމަ ކަމަކަށް! ދުވާލަކު އެތަކެއް ފަލަސްތީނު މިހުނެއް ޝަހީދުކޮށް ތަންތަން ތަ ޅާ ސުންނާފަތިކުރަމުން މިހަަރުވެސްއެދަނީ. މިތާކަށް އަންނާނެކަމެއްނެތް ފަލަސްތީނު މިނިވަންނުކޮށެއް.

    49
    3
  4. އހ

    މިއީ ޔަހޫދީ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ސަރުކާރެއް. ދެން ކޮންމެވެސް އެއްޗެކޭ ކިޔާފަ ކެންސަލް ކޮއް ނޫނީ އޮޅުވާލާނީ

    48
    5
  5. Anonymous

    އެލް އާލް އެއީ އިޒްރޭލުގެ ސަރުކާރު އެއާލައިން.

    41
    4
  6. ހަގީގަތް

    ސަރުކާރާ މަސްވަރާ ނުކޮށެއް ހަމަގައިމުވެސް އެއާލައިނަކުން ފަށާކަށް ނޫޅޭނެ ދަތުރުތަކެއް

    50
    3
  7. މޕ

    މީގެންވެސް މިއިނގެނީ ޔަހޫދީ ސަރުކާރެއްކަންމީ

    49
    3
    • ޑެޑުއހފޯސް

      މުސްލިމުންގެ ލޭ ރާއްޖެއަށް ދޭން އެ އައީ. ޢެމީހުން ދިރިއުޅެނީ މުސްލިމުންގެ ގެދޮރުފޭރިގެން އެމީހުން ކައިބޮއެ އުޅެނީ މުސްލިމުން ދަނޑުބިންތައް ފޭރިގެން . ދުވާލުދާހަތަރުދަމު މުސްލިމުން މެރުމުގަ. ޓެރަރިސްޓުންނެތް ރާއްޖެއަށް އެތެރެކުރަން ނުވިސްނަ. ނަތީޖާ ވަރަށް ގޯސްވާނެ.

  8. ރާއްޖެތެރެ

    މީ ކިހަދެރަކަމެއްތަ

    44
    4
  9. މަރީ

    ރޯދަ ހިފާ، ނަމާދުކުރާ ސޯލިހަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ޔަހޫދީންގެ ގައުމީ އެއަރލައިނުން ވީހާވެސް ގިނަ ޔަހޫދީން މިރާއްޖެއަށް ގެނައުން!!!

    48
    3
  10. ކޮރަލް

    ކުރީގެ އެމްޑީޕީ ގެ ވެރިކަމުގަ ވެސް މިކަން ކުރަން އުޅުނެވެ.

    49
    3
  11. ނަހޫ

    ތިކަން ކުރާކަން ބޭނުންމެންނޫ..... ކޮޢްގެންނުވާނެ.

    51
    3
  12. ބިސް

    ރައީސް ޔާމިން ވެރިކަމުގައި ސައުދީ އާ ގުޅުން ބަދަހި ކުރީމަ ސައުދީ އަކީ އިސްރޭލް އަށް ސަޕޯރޓް ކުރާ ބައެކޭ ކިޔާފަ މިހަދަނީ ކިހިނެއް.. މިހާރު އިސްރޭލް ވެސް އޯކޭވީތަ؟

    51
    3
  13. އިސްޢާފް ސަލީމް

    ނާށިގަނޑުހިފައިގެން ސަލާންޖަހަންދުވާ މިދުވަސްވަރު އެއްޗެއް ދެންޏާ އިބިލީހާއެކު ގުޅުންބަދަހިކުރަންވެސް މި ސަރުކާރުން ފަސްނުޖެހޭނެ!

    60
    5
    • ނަތަން

      ޔާމީނު ސަރުކާރުން ޗެނަލް 13 ކިޔާ ޔަހުދީ ޗެނަލެއް ވެސް އެބަ ހިންގާ. ޗެނަލް 13 އަކީ ސީދާ އިޒުރޭލު ގެ މަސްހޫރު ޗެނަލެއް

  14. ގުދުގުދާބެއްޔާ

    އިސްރާއީލް މީހުންވެސް ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެއާދޭ!

    7
    23
    • ާމޮޔަ މޮޔާ ބެއްޔާ

      #ވެލިކާންޖެހުނަސް އެމްޑީޕީ

      7
      4
    • ޖަވިއަނި

      އިސްރާއީލް އަކީ ޤައުމެއް ނޫން އެއީ ފަލަސްތީނަށް ނުޙައްގުން ވެރިވެގަނެގެން އުޅޭ ޔޫރަޕްގެ ބައިގަނޑެއް

      7
      1
  15. ކަހުރަބު

    ލާދީނީ އެމް ޑީ ޕީ ދައްޖާލު ސަރުކާރެއް މިހާރު މި އޮތީ

    36
    5
  16. ނަތަންޔާހޫ

    އިސްރާއީލްގެ މުދާ އެތެރެކުރެވޭ، މީހުންނަށް ފްރީވިސާލިބޭ، އަޑިއަޑިން ގުޅުންއޮވޭ، ޔަހޫދީންގެ ފަރާތުން ލޯނުހޯދުމަށް އެހީތެރިކަންލިބޭ، ދެން އެއަރލައިން ފެށުމަކުން މައްސަލައެއްނުފެނޭ، ޓްއަރިޒަމް މިނިސްޓަރު ބުނާހެން ދިވެހިންގެ ޖީބަށް ޑޮލަރު ( ޝެކަލް) ވަންނާނެ، އަދި އެގްރިކަލްޗަރަށް އެހީވާނެ!

    8
    26
  17. ޔަހޫދީ ކިނބޫ

    ކިހާބޮޑުބަލާވެރިކަމެއް އިސްލާމީއުއްމަތައް ޖެހިފައިވާ އެންމެ ބޮޑުބަލާވެރިކަން ކޮންމެ ދުވަހަކު އެތައްކުދިންނަކައި އކުދިންގެ މައިންބަފައިން މަރަމުންދާ ޔަހޫދީން މިތަނަކައް ގެންނާނެކަމެއް ނެތް

    26
    2
  18. ނަޒާހާ

    މިވަރު ހެޔޮ ސަރުކާރެއް ނެތް ދޯ އިމްރާނު.

    23
    1
  19. ހުސޭނުބޭ

    ތި އެއަރލައިނަށް އޮޅިގެންވެސް ރާއްޖެ އާދެވުނިއްޔާ މިއުޅޭ ޑރ އިޔާޒާއި ސައިޚް އިމްރާން ގެންދާތި. އެއީ ކަލޭމެންގެ ދެ މީހުން.

    22
    1
  20. Anonymous

    އެ ކުއްތާތަކަށް އެ ފުރުސަތު ދެވިގެން ނުވާނެ. ދެވިއްޖެއްޔާ ވެރިކަމާ ދެކޮޅަށް ބަޢާވާތްކުރަން ނިކުންނަން އަހަރެމެން ތައްޔާރު

    27
    3
  21. ކޮޅުކެހި

    ތި އެއްޗެއް އައިސް ދާ އިރުވެސް މިކޮޅުގަ ތިބި މީހުންނަށް ރޭކާ ލާނެބާ. އަލާކެނޑުނީމަ ހުއްދަ ބާތިލު ކުރާނެހެން ހީވަނީ އާދައިގެ މަތިން.

    8
    2
  22. ރާއްޖެތެރެ

    ފަލަސްތިންގެ ރައްޔިތުންނަ ނުހަނު ގޯނާ ކުރަމުންދާއިރު އަދިވެސް މިމީހުންނަ ކަންކަން މަގުފަހިކޮއްދެނީތަ މީ ކިހާދެރަކަމެއްތަ. މި ސަރުކާރު ވަރައް ކަޑަ

    11
    1
  23. ހުސެން

    ކޮބާ އިމްރާން.އިޔާޒު ހަމަ އަތް ޖަހާނެ އިލިޔާސް ޒައިދު މެން ލަދެއް ނުގަނޭ.

    5
    1
  24. ވަގު އިބޫ

    ގައްދާރުން، އިޒްރާއިލު އެއަލައިން ދާ ޤައުތަކަށް އެޤައުމެގެ ޖާސޫސުންނާއި ސެޕެޝަލް ފޯސް މީހުން ބަހައްޓަން އަދި ހަތިޔާރާ އެކު އަނަން ނަން ހުއްދަ ދޭންޖެހޭ. މި ޤައްދާރުން މި ކަން ވެސް މިފަހި ކުރީ. ބާލާވެރި ސަރުކާރު

    3
    2
  25. ލަކީ

    ހެހެ ދީނަކާ ފުލައިޓަކާ ކޮން ގޮޅުމެއް ފުރަތަމަ ދީން ދަސް ކޮއްބަލަ ދީނުގެ ކަންތައް ރަނގަޅަށް އނގެން ވާނެ މިސާލަކަށް ފުލައިޓަކީ ދީންތަ ނޫނީ ދީނަކީ ފުލައިޓުތަ ހެހެ

    2
    8
    • ހެހެ

      ފަލަސްތީން މުސްލިމުން މަރަމުންދާ ބައެއްގެ ދިފާޢުގައި ތިގޮތަށް ވާހަކަދެއްކުން އެއީވަރަށް ހިތާމަވެރިކަމެއް... ރާއްޖެއިން ސައުދީ އާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރުމުން ހަމަ ތި ޕާރޓީގެ ބޮޑުންއިޒްރާއިލް އާ ސައުދީގުޅުން އޮވެއޭ ކިޔާފަ ކަންކަން ހުއްޓުވިއިރު އެއީރަނގަޅު ކަމަކަށް ވި ދޯ؟ އޭރު ސައުދީއާގުޅުން ބަދަހިކުރުން އެއީ ދީންތަ ނޫނީ ދީނަކީ ސައުދީގެ ގުޅުންތަ

      3
      1
  26. Anonymous

    ތިހާ ރުޅިއަންނަ ގައުމެއް ނެތް!

  27. Anonymous

    ދިވެހިރައްޔިތެއްގެ ހައިޞިއްޔަތުން އަހުރެން ތިކަމާދެކޮޅު.
    ރައްޔިތުންގެ ބަހެއް ހޯދަންޖެހޭ އިޒްރޭލުގެ އެއްވެސް އެއަރ ލައިނަކަށް މިފަދަ ހުއްދައެއްދޭއިރު. ދިވެހި އުއްމަތުގެ ގިނަ ބަޔަކު ދެކޮޅުކަމެއް ސީދާ ވިޔަފާރިއެއް އިޒްރޭލާއެކު ފެށުމަކީ.

    3
    1
  28. އައްކޫ

    މި ރާއްޖެއެއް ނެއް
    މިއަދުއެސް މަގުމަތީ ހޯލީ ކުލަ ޖެހުމުގަ
    މި ކަންތައް އާއްމު ކަމަކަށް ވެއްޖޭ