އިސްރާއިލުގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުފަށަން އުޅޭކަން އެނގިފައި ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން އެގޮތަށް ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނެވެ.

އިސްރާއިލުގެ އެލް އަލްގެ ދަތުރުތައް ރާއްޖެއަށް ފަށަން އުޅޭ ކަމަށް އެ އެއާލައިންއާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ވަނީ މިހަފްތާގައި ރިޕޯޓްކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެފަދަ ހަބަރުތަކެއް އޭނާ ވެސް މީޑިއާއިން ފެނިވަޑައިގަތް ކަމަށެވެ. އެހެން ނަމަވެސް އެ އެއާލައިންއިން އެކަމަށް ރަސްމީކޮށް ހުށަހަޅާފައި ނެތް ކަމަށެވެ. މިއުވާން ވިދާޅުވީ އިސްރާއިލާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުމެއް ވެސް ނޯންނަ ކަމަށެވެ. "އެހެންވީމާ އެފަދަ އެއްބަސްވުމަކަށް ނުވަތަ އެފަދަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމެއް ހަމައެއް ނުޖެހޭނެ. އަދި ދެ ގައުމުގެ ދެމެދުގައި އެއާ ސާވިސް އެގްްރިމަންޓެއް ވެސް ނޯންނާނެ" މިއުވާން ވިދާޅުވި އެވެ.

އިސްރާއީލްގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ކަމިނޯސްއާ ހަވާލާދީ އިސްރާއިލްގެ ނޫހެއްގައި 2021 ވަނަ އަހަރު ވެސް ދިވެހިރާއްޖެ އާއި އިސްރާއީލާއި ދެމެދު ދަތުރުތައް ފަށާ ޚަބަރު ރިޕޯޓް ކުރިއެވެ. ނަމަވެސް އެކަމާއި ގުޅިގެން ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން ބުނީ ދިވެހިރާއްޖެ އާއި އިސްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފުއެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ދިވެހިރާއްޖެ އާއި އިސްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ދެވިފައިނުވާ ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.

އިސްރާއީލާއި ދިވެހިރާއްޖެ އާއި ދެމެދު ޑައިރެކްޓް ފްލައިޓެއް ނޯވެއެވެ. ނަމަވެސް ޓްރާންސިޓް ކުރުމަށްފަހު އިސްރާއީލް މީހުންނަށް ވެސް ދިވެހިރާއްޖެ އަށް އާދެވެއެވެ. އިސްރާއީލްގެ ފަތުރުވެރިން ދިވެހިރާއްޖެ އަށް މިހާރު ވެސް އާދެއެވެ.

އިސްލާމީ ގައުމުތަކާއި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އަދި ހާއްސަކޮށް އިސްލާމީ ގައުމުތަކަށް ފަސޭހައިން އިސްރާއީލް މީހުންނަށް ދަތުރު ކުރެވޭނެ ގޮތް ހެދުމަކީ އިސްރާއީލް ސަރުކާރުގެ އަމާޒެކެވެ. އެއަމާޒަށް ވާސިލް ވުމަށް 2019 ވަނަ އަހަރު ބައެއް އަރަބި ގައުމުތަކާއި އެކު އިސްރާއީލުން އެއްބަސްވުންތަކެއް ގައި ސޮއި ވެސް ކޮށްފައި ވެއެވެ.

އިސްރާއީލްގެ އެލް އަލް އެއާލައިނުން ބުނާ ގޮތުގައި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އޭޝިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކޮށް 2028 ވަނަ އަހަރު އަންނައިރު ކުންފުނީގެ އާމްދަނީ %75 އިތުރު ކުރުމެވެ.

ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ފިލިޕީންސް، ސިންގަޕޫރު އަދި އިސްޓްރޭލިއާ އަށް ވެސް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެއާލައިނުން ބުނެއެވެ. އެގައުމުތަކަށް ދަތުރު ފެށުމަށްޓަކައި ބޮއިންގެ 787 ފްލީޓް 22 އަށް އިތުރު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިހާރު އެ އެއާލައިންގައި އޮންނަނީ އެމަރުކާގެ 16 ފްލައިޓެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހްމަދު

    މާދަމާ ބުނާނެ މަޝްވަރާ ކުރެވޭ ވާހަކަ. ފުރަތަމަ ހަދާނީ ދޮގު. އޭގެފަހުން ދެން އެހެންގޮތެއްނެތީމާ އެއްބަސްވާވެ.

    11
  2. އހ

    ކަމެއް ގޯސްކޮއްކޮއްފަ ދުވަހަކު ދެނަހުރި ކަމަކަށް ނުހަދާނެ އެމްޑީޕީ ވެރިކަމެއްވިއްޔާ އަބަދު އިވޭނީ ޔަހޫދީ އެއާލައިނެއް މިތަނަށް ފެއްޓޭނެ ގޮތެއް އޮތްތޯ ބެލުން.

  3. ހާލުފޮޅި

    ބޭފުޅާ ގޭގަ މަޑުކޮށްލަންވީނު… ނިކަމެތި ރައްޔިތު މީހާއަށް އިނގުނުއިރު ބޭފުޅާއަށް ނޭނގުނު؟؟؟

    12
  4. މުހުސިން

    ނޭންގޭ ކަމަށް ހެދޭނެ ކަމެއްނެތް އިންތިހާބު ވިތާ ގާތުގަ އަޑު ފެތުރުނު އައްޑުއަށް ޑަރިރެކްޓް ފަލައިޓް ޖައްސުވާނެ ވާހަކަ ނަމުގަ މޮރީޝަސައަށް ކުރާ ދަތުރުގަ.

    12
  5. ޖާނޭ

    ދޮގުނަތީން ދޮގު. ފެންނަން ހުނަނަ ކަނަކަމުގައިވެސް ހަދަނީ ދޮގު. މިބޭބެ ކުރެން އަހާބަލަ އިކޮނޮމިކް މިނިސްރީން ހުއްދަ ދީފައިވޭތޯ ސްޕާހުޅުވައިގެން ހުކުރު ވަޤުތުގައި ހުޅުވަން ހުއްދަ ދީފައިވޭތޯ. އެގުމާ ކައިރިއަކަށްވެސް ނުދާނެ. އީ.ސީ ޝަރީފު ބުނާހެން " ނަތިންގ ވިލް ހެޕަން. ޔޫ ޖަސްޓް ޑިނައި". ދޮގުންދޮގު.

  6. Anonymous

    މިއުވާން މެނައް އިނގޭކަމެއް އެބަ އޮތްތަ...؟؟؟
    ލާރިކާން އިނގޭ ހަމަ ޔަގީނުންވެސް.

  7. ޝަަ

    ދޮގުވެރި ކައްޒާބުން މިބާގަޑުގަ ގިނައީ

  8. އާދަނު

    ކަލެއަކީ މިހާދުވަސްވަންދެން ކާލިގަނޑު ޓީވީގައި ދޮގުހަދާއިދީގެން އިނާމެއްގެގޮތުން ޕްރޮމޯޓުވެފައިހުރި ދޮގުވެރިއެއް! ކަލެއަކަށް ދޮގެއް ހެދެން އޮތްތަނެއްގައި ކަލޭ ތެދެއް ނުބުނާނެ! މިހާރު ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި 1800 ތިބިކަން ކަލެޔަށް އެގޭތަ؟ ނޭގޭ ދޯ؟

    5
    1
  9. މޯމޯ

    މިއުވާން ނިކަން ޗުވިންގަމް ކައެވެ. މިއުވާން ވަރަށް ގަދަޔަށް އަންހެން ކުދިންނަށްވެސް ބަލައެވެ. ޝުކުރިއްޔާ!

  10. ހުސޭނުބޭ

    އެއްޗެއް އެނގޭ މީހެއްވެސް ނޫނެއްނު! އެހެންވިއްޔާ އިސްތިޢުފާދީފައި ގޭގައި އޮވޭ!

    5
    1
  11. ޔާމީނު

    އަޔަސް މައްލައެއް ހޭ؟؟ ސަައުދީއަށާ އެހެން ހުރިހހާ ޤައުމަކަށް ވެސް ދޭ.. މިރާއްޖެ އަންނަންވީމަ ހަަރާން ވަނީތޯ؟؟ ޤައިމު ޔަހޫދީ އަންހެނުންނާ ކައިވެނިވެސް ހުއްދަ.. އެއަރލައިން ހަރާން ވަނީ؟؟ އެމެރިކާ އިނގެރޭސިން ވެސް އާދޭ.. އެ ވަކި ސަހަލު ބައެއް؟؟ހުސް އަނިޔާވެރި ޒާލިމުން..

    1
    6
  12. ޛހގ

    ކޮންކަމެއްތޯ އެނގެނީ

  13. ޖުން

    ކަލޭ ނަހަދާނެ ކަމަކަށް ތެދެއް.ތިނޫން ގޮތަކަށް ބުނެފިއްޔާ ގޭގަވިއްޔާ ހުންނަން ޖެހޭނީ.ކަލެއަށް ނޭގޭތަ ތީ ދިނގާއި މަކާރާއި ހީލަތުން ވެރިމީހާ ދިފާއު ކުަރަން ބަހައްޓާފަ ހުރި މީހެއްކަމެއް.