އިސްރާއީލާއި ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ކުރަމުން ނުދާކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އާއި އިސްރާއީލުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކެއް ކުރިއަށް އެބަގެންދާ ކަމަށް ޑިޕްލޮމެޓިކް ދާއިރާގެ އޮފިޝަލުންނާއި ހަވާލާދީ އިސްރާއީލްގެ އެންމެ ނަން މަޝްހޫރު ނޫސް ކަމަށްވާ "ޓައިމްސް އޮފް އިސްރާއީލް" އިން މިއަދު ވަނީ ބުނެފައެވެ.

ނަމަވެސް އެޚަބަރު ދޮގުކޮށް މިރޭ ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖެއާ އިސްރާއީލާއި ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ސަރުކާރުން ކުރަމުން ނުދާކަމަށެވެ.

އިސްރާއީލާއި އިސްލާމީ ގައުމުތަކާއި އޮންނަ ގުޅުން "ނޯމަލައިޒް" ކުރުމަކީ އެމެރިކާގެ ރައީސް ކަމުގައި ޑޮނަލްޑް ޓްރަމްޕް ހުރިއިރު އޭނާ ފެށި މަސައްކަތެކެވެ. އެމަސައްކަތުގެ ދަށުން ވަރަށް ގިނަ އަރަބި ގައުމުތަކާއި އިސްރާއީލާއި ވަނީ ހާރިޖީ ގުޅުން ބަދަހިކޮށްފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ޓްރަމްޕްގެ އެސިޔާސަތައް ތާއިދު ކޮށްފައެވެ. ބައިޑެން ވަނީ އިސްރާއީލާއި ގައުމުތަކާއި ގުޅުން ބަދަހި ކުރުމުގައި އެމެރިކާ އިން މެދުވެރިއެއްގެ ދައުރު އަދާކުރާނެކަން ހާމަކޮށްފައެވެ. ރާއްޖެ އާއި އިސްރާއީލުން ގުޅުން ބަދަހި ކުރަނީވެސް މިސިޔާސަތުގެ ދަށުން ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

ރާއްޖެ އިން އިސްރާއީލާއި ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް 2020 ވަނަ އަހަރު ވެސް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް އޭރު ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ވެސް ރާއްޖެ އިން އިސްރާއީލާއި ވަރަށް ބޮޑަށް ގުޅުން ބަދަހިކުރިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ދެގައުމުގެ ގުޅުން ސަސްޕެންޑްކޮށް، އިސްރާއީލްގެ މުދާ ރާއްޖެ އެތެރެ ކުރުން ވެސް މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަގީގަތް

    ތިހެން ބުންޏަސް އެއޮތީ އިޒްރާއިލްގެ ނޫހުގަ އެވާހަކަ، އަންނިވެސް އެބޭފުޅާގެ ވެރިކަމުގަ ބުނި އެއީ ދޮގެކޭ

    52
    2
    • އ . ޖ . އ

      އަމިއްލަ ގައުމުގެ ސަރުކާރަށް ވުރެ ބޮޑަށް ޒަޔަނިސްޓް ޔަހޫދީންގެ ބަސް ގަބޫލު ކުރާނީ ހަމަ އޭގެ ތެރެއިން ވާ ބައެއް ނޫންބާ؟

      5
      4
  2. މަބޭ

    އަޑެއްކިޔައިފިޔާ ރެންދެއްލާނޭބުނޭ

    50
    1
  3. އހ

    ބިރުގަތީ ވެރިކަން ވެއްޓިދާނެތީ އެކަމު އެވާހަކަ އޮތީ އިސްރާއިލްގެ ނޫހެއްގަ ހަމަ ގައިމުވެސް އިދި ކޮޅުން ބުނިވާ ހަކައެއްނޫން ތީކީ

    50
    1
  4. ލޮލް

    ނުކުރަމޭ ބުނެފި ކޮންމެ ކަމެއް އޮންނާނީ ކޮށްފަ. އެކަން އެނގޭނެ ވެރިކަން ބަދަލުވީމަ.

    55
    2
  5. ކަނބާ

    މިހާރު ބުނާނީ ދޮގެކޭ ފަހުން އެއްބަސްވާނެ. ބުނާނީ މީ ކުރީ ސަރުކާރުގެ ޕްލޭނެކޭ

    49
    2
  6. ރައްޔިތުމީހުން

    އަހަ.. ޓްރަމްޕް ބޮލަށް ތަ ތި ބިންދާލީ..

    41
    2
  7. ޝަވާލް

    އަނެއްކާ އިޒުރޭލުގެ މޮއްސަޑަށް މިތާގައި އިންޑިޔާ ސިފައިން ތިބޭހެން ކޮންމެވެސް ނިވާފަތްގަނޑެއްގެ ދަށުގައި ތިބެވެނާދޭންވެސް އުޅެފާނެ.

  8. ހާމިދު ޝާޙިދު

    ކިތަންމެ މަތިޖަހަން އުޅުނު ނަމަވެސް އަދި ދައުލަތުގެ މީޑިއާއި، ސަރުކާރަށް ސަނާކިޔާ ކޮންޓްރޯލް ކުރާ މީޑިއާތައް މެދުވެރިކޮށް އެހެން މަންޒަރެއް ދައްކަން އުޅުނު މަމަވެސް ތިކަމަކީ ހިނގަމުންދާ ކަމެއް. އެކަން އެންމެނަށްވެސް އިނގޭ.

  9. ބޯދިގުޒައީމް

    ޢިސްރާއީލްގެ ބޮޑުވަޒީރާ އާއިލާ ރާއްޖޭގަ އުޅެފަދިޔަތާ ހަފްތާއެއްނުވާނެ ހެންހީވަނީ އެރިޒޯޓްގަ އުޅޭ ބައެއްމީހުނައް އެގޭނީ ބައްދަލުކުރިއަސް ނުކުރިއަސް މިސަރުކާރުމީ އުފެދުމުގަވެސް ވަގުސަރުކާރެއް ވީމަތެދެއްނަހަދާނެ އެމްޑީޕީގެ ކުރީދެއަހަރުގެ ވެރިކަމުގަ އިސްރާއީލްމީހުންގެނަންސް ކިތައްދިވެހިރައްޔިތުންގެ ލޯނޭގީ ކިތައްމީހުންމަރުވީ ނުކުޅެދޭހާލުގަ ވަގުބައިގަނޑެއްތީ ކުރީގަވެސްއެމީހުންފަހަތުން ދުވީކެރެފާނަސީމު އެހެރީފޮޓޯ އެރުވެސް މިހާރުވެސް އޭނައަކީ މިނިސްޓަރެއް ބުރާންޗެއް

    3
    1
  10. އެމީހާ

    މިސަރުކާރަކުން ތެދެއްނުބުނާނެ އިޒްރޭލް ނޫހަކުން ރާއްޖެއާއި ގުޅުން ގައިމްކުރާވާހަކަ އެއޮތީ ދެންކޮން ދޮގެއް ތިހަދަނީ؟؟؟

  11. ރަބަރޭ

    ބަލަގަ ކީތްވެގެންތަ ރާއްޖެއިން އިޒުރޭލާ ގުޅުން ގާއިމު ނުކުރަންވީ ހުރިހާ އަރަބި ގައުމުތަކުން އެތިބީ އިޒުރޭލާ ގުޅުން ބަދަހިކޮށް އެމީހުންގެ އުގުތެރޭގައި ރާއްޖެމީ އަދި ކޮންބަޔެއް

    1
    7
  12. ސިއްދީގު

    ގުޅުންގާއިމު ކުރަންވީ ހުރިހާ އަރަބިން އެތިބީ އިޒުރޭލާ ގުޅުން ބަދަހި ކޮށްގެން

    1
    6
  13. ދަންބެރު

    100% ގެރަންޓީ މިސަރުކާރުން އިޒުރާއީލާ ގުޅުންބަދަހިކުރުމުގެ މަޝްވަރާތަށް ސިއްރިޔާތުގައި ކުރެވެމުންދަނީ މިމީހުން ނުކުރަމޭ ބުނާކޮންމެ ކަމަކީ ކުރާނެކަމެއް އަންނިގެ 3 އަހަރުގެ ވެރިކަމުގަ އިޒުރާއީލްގެ ޑޮކުޓަރުން ގެނައި އަދި ބުނި ނުގެންނަމޭ އެހާވެސް ދޮގުވެރި ބައެއް މިމީހުންނަކީ.

  14. ވަހީދު

    ދުބާއީ އަށް އަވަސް އަވަހަށް ޖަމާވެ ހިންގަނީ މިމަޝްވަރާތައް ނޫންބާ. އެމެރިކާއިން އިޒްރާއީލް އިން ކުޅޭ ގޭމްގައި އިސްލާމީ ދިވެހި އުއްމަތެއް ބައިވެރިވާކަށް ނުޖެހޭނެ

  15. ޜަނާ

    ޢަންނިގެ ވެރިކަމުގަ އެމީހުން އަތުން އެހީ ހޯދުމުގެ ބޭނުމުގަ ކިޔަވާ ކުދިންގެ ފޮތްތަކުގަވެސް އެމީހުންގެ ރަގަޅުވާހަކަތައް ލިޔަން އުޅުނު. އަދި އެމީހުންގެ ފަރާތުން ޑރ.ންގެ އެހީ ހޯދުމުުގެ ނަމުގައި އައި ކޭމްޕްތައް ބާއްވަން އުޅުނީމަ އެކަމާ އެންމެ ބޮޑަށް ދެކޮޅުހަދާ ރައީސް އޮފީސް ދޮށަށް މީހުން އެއްކޮށް ހަޅޭއްލެވި މީހާ މިހާރު އެހުރީ ހޯމްމިނިސްޓަރ ކަމުގަ. މިހާރު ބުނާނެ ހަމަ ވަރަށް ރަގަޅު ކަމެކޭ. އެކިފަރާތްތަކުން ލޯނު ނަގާ ދެން ހަދާނެގޮތް ހުސްވީމަ މިއުޅެނީ އެމީހުނާ ގުޅެން. ޔަހޫދީން މުސްލިމް ގައުމުތަކަށް އެހީވަނީ އެއީ ރަގަޅުބައެއް ކަމުގައި ދުނިޔެއަށް ދައްކަން . ދެން ބުނާނެނެ ތޯއްޗެ ޑުބާއީއާ ޤަތަރުންވެސް ގުޅުން ގާއިމް ކޮށްފިޔޭ ތިމަންމެން ކުރިއްޔާ ކީއްހޭ ވާނީ . އެތަންތާ ހުރޭ ފައްޅިއާ ޗާރޗްވެސް ދެން މިތާވެސް ހަދަންވީ ދޯ އެފަދަ ތަންތަން.

  16. އދ

    މިސަރުކާރަކީ ބަހާ އި އަމަލު ދިމާނުވާ ސަރުކާރެކެވެ
    ތިކަން މިހާރު އޮންނާނީ ރަނގަޅަށް ވި އްޔާ މޭޒް ތަންދޮށުން ކޮށްފަ އެވެ.

  17. އަލިފު ތ

    ކުރާނަމޭބުނާކަންތައް ނުކުރޭ ނުކުރަންބުނާކަންތައް
    ކުރާތަންއެބަފެނޭ ލުޔެއްދޭން ބުނެފީއާ ބަރުބޑުވޭ

  18. ރެފްރީ

    ކޮންމެވެސްއެއްޗެކޭކިޔާފަ ނިކުންނަހިތްވީދޯ .. ؟؟ އިޒްރާއީލް އައުޓް ޖަހައިގެން ނިކުންނަހިތުންއުޅެނީތޯއްޗެ ؟؟

    1
    5
  19. ނަން

    ފޮރިން މިނިސްޓްރީއިން ތި ޙަބަރު ދޮގުކޮއް އިގްރޭސިބަހުން ލިޔެފައި އިޒްރޭލްގެ މި ޚަބަރު ސާއިރު ކުރިނ ނޫސް އަދި އިތުރަށް ބައިނަލް އަގުއާމީ ނޫސްތަށް ޓެގް ކޮއް ތިހެންބުނެފި ނަމަ ޤަބޫލު ކުރަން ތަންކޮޅެއް ފަސޭހަވިސް ކަންނޭނގެ. އެހެން ނޫނަސް މި ޤައުމުގެ ޤައްދާރު ވެރިން ބެލެނެވެރިޔާ އިންޑިޔާ ތިކަން ކުރަނީ ކަންނޭގެ. އެމީހުން ނާހަނެތާ މި ކޮޅަށް އިންސްޓޯލް ކޮއްފައި ހުރި ޕަޕެޓުން ކައިރީ. ސޮއިކުރަން ބުނީމަ ސޮއިކުރަން ހުރި ބައެއް އެއީ ޤައުމަށް ޤައްދާރުވެފަ ހުރި.

  20. އެމީހާ

    މަޝްވަރާކުރަނީ އިންޑިޔާ(މައިސަރުކާރާ) އިންޑިޔާ އިންއެއްބަސްވީމާލޯކަލްސަރުކާރުންޖެހޭނީ އެއްބަސް ވާން. މިނޫންގޮތެއް ދިވެހިގޮނޑިކޮއްކޮ ސަރުކާރަކައް ނޯންނާނެ. މިހާތަނައް މި މީހުންނުކުރާކަމައް އަދިނުކުރާނެކަމައް ބުނި ހުރިހާކަމެއްއޮތީ ކޮއްފާ. ގެއްލިއްޖެ އިތުބާރެއް ދެންނުހޯދޭނެ. މިސަރުކާރުބުނާވާހަކަ ޤަބޫލުކުރާނީ ރީދޫހުންޖެހި އޭގެން ސަލާމަތް ނުވެވިފައި ތިބި ޤުބޯލުން. ދެންކޯލިޝަންގައިތިބި ޖީބައްޓަކައިދިވެހި ރަށްޔިތުންނަށްޚިޔާނާތްވެގެން ތިބިޤައްދާރުން. މަށްދިވެއްސަކު ޤަބޫލެއްނުކުރާނެ

  21. އަބްދޫ

    އިސްރާއީލް ސަރުކާރާއި ގުޅުންބަދަހިކުރާބައެއްގެ ވެރިކަން މިގައުމުގަ ނިމުމަކަށް އަންނާނެ.