އިދިކޮޅު ޕީޕީއެމް އިން އިންތިޒާމް ކޮށްގެން އިއްޔެ ހަވީރު މާލޭގައި ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ އިން ހައްޔަރު ކުރި 11 މީހުން ރޭ ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުން ކަމަށެވެ.

ހައްޔަރު ކުރި މީހުން ދޫކޮށްލި ސަބަބެއް ފުލުހުން ވިދާޅެއް ނުވެއެވެ.

https://twitter.com/Nannaxeev/status/1478805662415003650

ހައްޔަރު ކުރި މީހުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ފުލުހުންގެ ބަންދުން ނިކުމެވަޑައިގެން ވިދާޅުވީ ފުލުހުންގެ ބަންދުން ދޫކޮށްލުމުން މިއަދު ވެސް އިންޑިއާ އައުޓް މުޒާހަރާ އޮންނާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

އިންޑިއާ ސިފައިން ތިބެނީ ރާއްޖޭގެ އެންމެ ދެކުނު އައްޑު އާއި، މެދުރާއްޖެ ތެރެއިން ލ.އަތޮޅާއި އަދި އެންމެ އުތުރުން ހދ.ހަނިމާދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޖއ

    އާދެ. މީ އޯގާތެރި ސަރުކާރު

    15
    1
  2. ސަމާސާ

    ހިތްވަރު ކުރޭ. ރިޔާސީ އިންތިހާބުގައި ބުއްޅަބޭއަށް ވެލިކާންދޭނީ. ލާދީނީ މީހުންނަކަށް ފުރުސަތެއް ނެތް.

    14
    3
  3. Anonymous

    އިބުރާ އިސްތިއުފާ އިންޑިއަާ އައުޓު

    16
    2
  4. ފެންދިންއަލީ

    ދޫކުރާނެކަމެއް ނެތޭ 15 ވަރަކަށް ދުވަހު ހިފަހައްޓާލާ ސަޖިދާގަ އޮއްވައެއްނޫނެއްނު ހައްޔަރުކުރީ

    3
    15
  5. އައުޓް

    އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް އިންޑިއާ އައުޓް ހޯމް މިނިސްޓަރު އިމްރާން އައުޓް

    13
  6. ބޭރުކުރޭ

    އިންޑިއާ އައުޓް ހަރަކާތް ހިންގާމީހުން ދޫކޮށްލާ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ

  7. ނިޒާރުބެ

    މިހާރު ހާހެއްނުވޭ މިސަރުކާރުން ދޫކުރާނެކަން ޔަގީންވިއްޔަ