ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވުމުން ވަމުންދާ ފައިދާތައް ދަނީ ފެންނަމުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިސަންކަރު ވިދާޅުވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރާއްޖެ އާއި އިންޑއާގެ ގުޅުން ބަދަހި ވުމުން ވަމުންދާ ފައިދާތައް ފެންނަމުންދާ ކަމަށް ޖައިޝަންކަރު ވިދާޅުވީ އާއަހަރުގެ ތަހްނިޔާ ދިވެހި ރައްޔިތުންނަށް ރައްދު ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިއްޔެ ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިސަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފޯނުން ވާހަކަފުޅު ދައްކަވާފައި މިވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަންނަ ހުކުރު ދުވަހު ރާއްޖެ އަށް ވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށެވެ. ޗައިނާ އަކީ އިންޑިއާ އާއި އެންމެ ވާދަވެރި އެއްގައުމެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި ޗައިނާ އާއި ދެމެދު މާބަދަހި ގުޅުމެއް ނޯވެއެވެ. ނަމަވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ މީން ދުވަހަކުވެސް ބަދަހި ނުވާ މިންވަރަށް ބަދަހި ވެފައެވެ. ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ ބޮޑެތި މަޝްރޫއުތަކަށް ވެސް ފައިސާ ހަމަޖައްސައި ދެމުން އަންނަނީ އިންޑިއާ އިންނެވެ. މިސަރުކާރުން ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖުގެ މަސައްކަތް ވެސް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏަކާއިއެވެ. އެމަޝްރޫއަށް ފައިސާ ހަމަޖައްސަނީ ވެސް އިންޑިއާ އިންނެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވެފައި ވާއިރު ރާއްޖެ ގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑުތައް ވެސް އަންނަނީ ގަދަވަމުންނެވެ. އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ މުޒާހަރާތައް ވަރުގަދަ ވަމުން އަންނައިރު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ އެމުޒާހަރާތައް ހުއްޓުވަން ފުލުހުންނަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    އިންޑިއާ ސިފައިން މިފަސްގަޑުނބާލާ އިންޑިއާ އައުޓު

    48
  2. ފާއިޒް

    ދިވެހި ރާއްޖެ އާއި ގުޅުން ބަދަހި ކުރުމުން ފައިދާ ވަނީ ކަލޭ މެންނައް ރާއްޖެ އަށް ވަނީ ގެއްލުން ވަމުންދަނީ އަޅުވެތި ތަނަކު ހުރި ގަމާރެއް ޤައުމުގެ ރައީސް ކަމަށް އަރުވާފަ ކަލޭމެން މިޤައުމު ހަލާކު ކޮށްފި މިތަނުން ރައްކާވޭ.....

    47
  3. ޖާނޭ

    އިންޑިއާ އިން އެހެން ބުނިއަސް އަހަރެމެން އުފަލެއްނުވޭ. މިޤައުމަށް އަތް ގަދަ ކުރުމާއި ވަކި ހިއްޕުމަކީ އަހަރެމެން އެދޭ ކަމެއް ނޫނެވެ. 1973 ވަނަ އަހަރު ކުރިން ސިއްކިމަކީ ވަކި ދައުލަތެކެވެ. އެއަހަރު ސިއްކިމް އިންޑިއާގެ ބާރުގެ ދޮށަށް ގެނައުމާއެކު،1975 ވަނަ އަހަރު ސިއްކިމްގެ ރަސްކަން ފޭރިގަތެވެ. އެއާއެކު، ސިއްކިމަކީ އިންޑިއާގެ 26 ވަނަ ސްޓޭޓް ކަމުގައި ރަސްމީކޮށް އިޢުލާނު ކުރެިއެވެ. މިފަދަ ކަމެއް ދިވެރި ރާއްޖެއާ ދޭތެރޭ ހިގުމުގެ ހުރިހާ ޢަލާމާތް ތަކެއް މިހާރު ވަރަށް ފާޅުކަން ބޮޑުކޮށް ފެނެއެވެ. ކޮންމެ ހިނދެއްގައިސް މިކަން ހިގާފާނެއެވެ.

    41
  4. އިބްރާހިމް

    އިންޑިއާއިން އަންނަނީ ފާޅުގައި ރާއްޖޭގެ ދާޚިލީކަންކަމާއި ބެހެމުންކަމަށްވާތީ އިންޑިއާގެ އެމްބަސީވެސް ރާއްޖެއިން ބޭރުކުރަންޖެހޭ. 30000ހާސް އިންޑިއަނުން ރާއްޖޭގައި ވަޒީފާއަދާކުރާނަމަ އިންޑިއާއިން ރާއްޖެދުލެއްނުކުރާނެ. ދަގަނޑު ކެނޑޭނީ ދަގަނޑަށްވުރެ ހަރުއެއްޗަންނެވެ.

    35
  5. ކޮވިޑް

    ތީ ވަރަށް ރަނގަޅު ވަހަކަ އެއް. އިންޑިއާ އަށް މިއައްވުރެ ފައިދާ ވާ ގައުމެއް ނޯންނާނެ. ސަބަބަކީ 01 ލައްޑޫ ރާއްޖެއަށް ދީފިނަމަ ބަދަލުގައި 10 ލައްޑޫ ރާއްޖެއިން އެބަ ދޭ. އިންޑިއާ އަށް ފައިދާ ރާއްޖެ ވަނީ އަޅުވެތި ބުރޫ އަރަނީ މިނިވަންކަމަށް. # އިންޑިއަ އައުޓް #

    37
  6. Anonymous

    ކަލޭ ރާއްޖެއިން ފައިދާނަގަން ނުއުޅެ އިންޑިއާގެ ވަސީލަތްތައް ބޭނުންކޮއްގެން އިންޑިއާރައްޔަތުން ފާހާނާ އަާއި ސާފު ބޯފެނާއި އަންހެނުންނާއި ކުޑަކުދިންގެރައްކާތެރިކަމާ މިކަންތަކާ އުޅެބަލަ

    25
  7. އަބްދޫ

    އިންޑިޔާގަ ކޮވިޑް ގެ ހާލަތު ބޮޑުވެ ގިނަ ވިޔަފާރި ކުންފުނި ބަގުރޫޓްވާހިސާބަށް ދިއުމުން އެކުންފުނިތަކަށް ލޯނުދީގެން 12 % އިންޓަރެސްޓާ އެކު ރާއްޖެގެނެސްގެ ހަޑިހޭވީމަ ރާއްޖެއަކަށް އޮތް މަންފާއެއްނެތް އޭގެ ބަދަލުގަ މަންފާ އޮތީ އިންޑިޔާގެ ކުންފުނި ތަކަށް. އިންޑިޔާއިން ނެގުނު ދަރަނި އެތައް ހާސް މިލިއަނަކަށް އަރައިގެން ދަވްލަތުގެ މާލީއިދާރާ ސެންޓްރަލަ ބޭންކުން 7.5 ބިލިއަން ރުފިޔާއިން ދެރީމަ ދިވެހިގައުމަށް އޮތީ ކޮންމަންފާއެއް. އޭގެ ބަދަލުގަ އިންޑީޔާގެ ކުންފުނިތަކަށް އެތައް މިލިއަނުން ފައިދާ ލިބެމުންދޭ. ތުޔަ ދަރަނި ތަކުގެ ސަބަބުން ކުރިޔަށް އޮތް 15 އަހަރުވެސް ރާއްޖޭގެ އިގްތިސާދު ހަމަ ނުޖެއްސޭނެ.

    17
  8. ވަޒީރެއާލާ

    ތިޔާބުނީ ހެޔޮކޮށް ކަލޭމެންނަށް ކިތަންމެހާވެސް ފައިދާވޭ. އެކަމަކު ރާއްޖެއަށް ލިބެމުންދަނީ ގެއްލުން.

    14
  9. ނަން

    އިސްރޭލާ ގުޅިގެން މިތާ ހިންގާ ޖަރީމާތަކުން ފައިދާވަނީ.

    11
    1
  10. ކޮވިޑް

    ހަމަ އެކަނި އިންޑިއާ ގުޅުންް ބަދަަހި ވެގެން ވާނެ ފައިދާ ހިތިވާނެ މާތްވެގެންވާ އިސްލާމްދީނާ ޤައުމުގެ މިނިވަންކަން ގެއްލުވައިލަން އުފައްދާފައިވާ ގުޅުމެކޭ ބުނެވޭނީ އިންޑިއާ ސިފައިން އައުޓު

  11. ބޯލީރާޖާ

    ދެންކީއްވެގެންތޯ އިންޑިއާގައި އެތައްމިލިޔަން ބައެއް ފާޙާނާއެއް ނެތި އެތަންމިތަނައް ފާޙާނާ ކުރަނީ ގެދޮރުނެއް އެތައް މިލިޔަން މީހުން އުޅެމުން ގެންދަނީ ލަދުން ބޯހަލާކް ތިމާމެންގެ ގައުމުގެ ރައްޔިތުންނައް ޙިދުމަތެއް ދެވުނިއްޔާ މާރަނގަޅެއްނު މިދިވެހިންނަކީ އަމިއްލަ ވަންތަކަމާއެކު ފަޙުރުވެރިކަމެއްގަ އުޅެމުން އައި ރައްޔިތުނބް ތަކެއް އެޅެމުން އައިގައުމެއް ޑުރެވެން ޑުރަމްގެވެސް އެންމެ ބޮޑު ތަރައްގީއެއް ވެފައި އެއޮތީ މިގައުމުން ދާ އާނމް ރަޔިތުން އެތަނައް ގޮސް ކުރާޙަރަދަކުން މިއަދު ގޮއް ހުސްވެފައިފާ ބަޔަކު އިންޑިއާ ދަށުވާން އަމިއްލަޔައް އުޅުނަސް