ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މާލޭގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުން ހުއްޓާލަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން މިހާރު ފެނިފައިވުމާއި، ބަލިޖެހޭ ޢަދަދު މާލޭގައި މިހާރު ގިނަވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ބުދަ ދުވަހަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ފާއިތުވި ހަމަހާއި 21 ދުވަސް ތެރޭގައި މާލެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހަށް ބުދަ ދުވަސް ވީއިރު މާލޭ ސަރަހައްދުގައި ކޮވިޑުން ރައްކާތެރި ވުމަށް މާގިނަ ފިޔަވަޅުތަކެއް އަޅާފައެއް ނެތެވެ. އޮމިކްރޮން ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައި ވާއިރު ވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒު ނުކުރާތީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ސިއްހީ ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ހެލްތު މިނިސްޓަރުންނާއި އަދި ސަރުކާރުތަކުން އަންނަނީ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ހާލަތު ބަދަލުވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށް މިހާރު މާލޭގައި އިއުލާން ކޮށްފައި އޮތް މަދު ފިޔަވަޅުތައް ވެސް ތަންފީޒެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބަރޭ

    އަނެއްކާ އާވަށްތަރެއްގެ ކުރޯނާއެއް ޔޫރަޕުން ފެނިގެން އެބައުޅޭ ކުރޯނާ ވެކުސިން ޖެހިމީހުން ބޫސްޓަރ ޖެހިމީހުން އަނެއްކާ އިތުރު ޑޯޒެއް ޖަހަން ޖެހެނީ މިއާވައްތަރުގެ ކުރޯނާއަށް ކުރިން ޖެހި އެކަށްޗެއްވެސް މިއާވަށްތަރަކަށް ނުގުޑާ

    3
    1
  2. މޕ

    އާއަހަރު ޝޯ ތިޔައްވުރެން މާބައިބޯ ގިނަވެފަ އަދި ހަރާން ކަންތަކަށް ހިއްވަރުދިން އެކަމު ނުހުއްޓުވާ.
    އެއީ ވަކި ބަޔަކު ކުރީމަވާ ކަމެއް

    4
    2
  3. މުހައްމަދު ޝާހް، ރ.ވާދޫ

    ހުއްޓާލިއްޔޭ؟ ބަލަ ރަސްފަންނު ކުރިމަތީގަ އެއޮތީ ކޮންކަމެއް؟ ކޮވިޑަށްވެސް އެނގޭދޯ ކުރިޔަށްދާ ތަންތަނަށް ނުވަންނަން. މިހާރު ކުރިޔަށްދާ ގައިގޯޅި މާރުކޭޓަށް ކޮވިޑު ނުވަންނާނެ.

    2
    1