ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން "އިންޑިއާ އައުޓް" ޓީޝާޓުތަކާއި ދިދަތަކުގައި ދިވެހިން ލިޔުމަށް ފުލުހުން އެންގި ކަމަށް އިދިކޮޅުން ބުނި ވާހަކަ ދޮގުކޮށްފިއެވެ.
ފުލުހުން މިގޮތަށް އަންގާފައިވާކަން ހާމަކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދެވެ.
ހީނާ އިއްޔެ ހަވީރު އިދިކޮޅު ކޯލިޝަންގެ ވައިބާ ގްރޫޕަށް ފޮނުވި މެސެޖްގައި ވަނީ "ފުލުހުން އަންގަނީ އިންޑިއާ އައުޓް ޓީޝާޓް ލައގެން ނުތިބެވޭނެ ކަމަށް. އަދި އިންޑިއާ އައުޓް ދިވެހިން ލިޔުމަށް" ކަމަށެވެ.
މިގޮތަށް ފުލުހުން އެންގިތޯ ބެލުމަށް ނޫސްވެރިއަކު ފުލުހުންގެ ވަޓްސްއެޕް ގްރޫޕްގައި އެހުމުން ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ، "އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް ފުލުހުން އަންގާފައި ނުވާނެ" ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.
ރަޝިޔާސިފައިން ކަޒަކިސްތާނުގަމިވަގުތު އެގައުމުގެ ސިޔާސީމަޝްރަހުނޫވެ ކޮންޓްރޯލްނެއްޓިފަ ކޮވިޑްގެސަބަބުން ގައުމުތަކުގެހާލަތުގޯސްވަމުންދަނީ ހުރިހާގޮތަކުން އާމްދަނީނުލިބި
ހިންދީއިން ކަންނޭގޭ ދެންލިޔާނީ
ކަޒަކިސްތާނުގެ މުސްލިމު ރައްޔިތުން މަރަން ރަޝިއާ ސިފައިން ގެންދިޔަ ގޮތަށް ރާއްޖޭގެ މުސްލިމުން މަރަން އިންޑިއާ ސިފައިން ގެނައުމަކީ މިރާއްޖޭގައި ވެސް ލާދީނީ މީހަކު ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ ކަމެއް. އެކަން ކުރެވޭތޯ އޭނަ އެދަނީ ސަލަފު ޝޭޚުން ރުޅިއަރުވަމުން. އެޝޭޚުން މަގުމައްޗަށް ނުކުމެއްޖެއްޔާ އެޝޭޚުންގެ ގަޔަށް ބަޑިޖަހައި މަރާނެ. ލާދީނީ މީހާ ޕްލޭންކޮށްފައި އޮތީ މިގޮތަށް ކަމަށް އޭނާގެ އައުވާނުން އެބަބުނޭ.