މުވައްޒަފަކަށް އޮޅިގެން ޖެންޑާ މިނިސްޓްރީގެ އެކައުންޓުން ޓްވީޓްތަކެއް ކޮށްފިއެވެ.

ރޭ ކުރި ދެ ޓްވީޓްގެ ތެރެއިން އެއް ޓްވީޓަކީ މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޓްވީޓާ ކައުންޓުން ކޮށްފައިވާ ޓްވީޓަކަށް ދިން ރިޕްލައިއެކެވެ.

އެ ޓްވީޓްގައި ވަނީ އިންޑިއާ ނޫހެއްގައި އިން ހަބަރެކެވެ.

ދެވަނަ ޓްވީޓަކީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ނައިޓްމާކެޓް ބޭއްވުމަށް ހުއްދަ ދިނުމާއި ގުޅިގެން ނޫހެއްގައި އިން ހަބަރަކަށް ދީފައިވާ ރިޕްލައިއެކެވެ.

ފަހުން އެ ދެ ޓްވީޓްވެސް ވަނީ ޑިިލިޓްކޮށްފައެވެ. އެހެން ނަމަވެސް ޓްވިޓާގައި ދަނީ އެ ދެ ޓްވީޓްގެ ސްކްރީޝޮޓްތައް ދައުރުވަމުންނެވެ.

އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ ވަގުތެއްގައި އެ މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓަކީ މުވައްޒަފަކަށް އޮޅިގެން ކުރެވިފައިވާ ޓްވީޓެއް ކަމަށެވެ.

"މިކަމަށް ނިހާޔަތަށް މަޢާފަށް އެދެމުން، މިފަދަ ކަމެއް ތަކުރާރު ނުވާފަދަ ފިޔަވަޅުތަކެއް މިހާރު އަޅާފައިވާާނެ ކަމަށް ދަންނަވަމެވެ". މިނިސްޓްްރީގެ ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޮޅުންސުވާލި ސަރުކާރު

    ނޯޅޭ ހަމަ އެއްކަމެއްވެސް ނެތް! މީހަކު އަޖައިބުއަންތަރީސްވެދާނެ..

    38
    1
  2. ހުސޭނުބޭ

    ބައިތުލްމާލު ކައި ހުސްއަރުވާލީވެސް ހަމަ އޮޅިގެން.

    11
    1
  3. Anonymous

    މުވައްޒަފުންނަށް އޮޅިގެންނޭ ތިތަނަށް މައްސަލަ ހުށަހަޅާ މީހާގެ މައްޗަށް ފިޔަވަޅު އަޅަނީ ވެސް.
    މުވައްޒަފުންނަށް އޮޅިގެންނޭ ތިތާނގައި ޝަކުވާއެއް ހުށަހަޅައިލާނެ ފޯމުގަނޑެއް ވެސް ނެތީ.
    މުވައްޒަފުންނަށް އޮޅިގެންނޭ ތިތަނަށް ޝަކުވާ ހުށަހަޅަންދާ މީހާ ކުޑަ ގޮޅިއަކަށް ވައްދައިގެން ބިރުދައްކަނީ ވެސް.
    މުވައްޒަފުންނަށް އޮޅިގެން ތިތާނގައި ނުކުރަނީ ކޮން ކަމެއް؟
    ތިތަނަކީ ދިވެހި އަންހެނުންގެ ބޮލަށް އިބިލީހުގެ ވަސްވާސްތައް ވައްދާތަނެއް.

    10
    1
  4. އާސްތު

    އެ މުވައްޒަފު މިހާރުވަނީ ޓުވިޓުން އެކަހެރިކޮށްފައި@

  5. ލަބަރި

    ތިތަންތަނައް ހަމައިގަ ތިބޭ މީހުން ލާންވެއްޖެ އެއްނުން އެހެން ނޫނީ މާބޮޑެތި ކަންތައްތައް ވެސް އޮޅިދާނެ

    10
  6. ބޮޑުބެ

    މި ސަރުކާރުގަ އޮޅިގެން މިކަހަލަ ކިތައް ކަންތައް ވެއްޖެ.
    1. އިދިކޮޅު ކުދިންގެ ރިއެކްޝަން: "އޮޅޭ، ނާގާބިލު ސަރުކާރު"
    2. ސަރުކާރަށް ތާޢީދު ކުރާ ކުދިންގެ ރިއެކްޝަން: "ކަޑަކަމެއް، އެކަމަކު ޕާރޓީ ގެ އަގު ވެއްޓިދާނެތީ ކަޑައޭ ވެސް ބުނަން ނުކެރިފަ"
    ލިޔުނީ - ސައިކޮލޮޖިސްޓް.

    8
    1
  7. އޮއި

    ދެފައި އޮޅޭ ސަރުކާރޭ! ދެއިރުދެ ދަޅަޔަށް ހަމައިގައި ތިބޭކަށްނުވާނެ ބޮޑުވަޒީރުއަންގާފައި އޮތީ! އސިްތިއުފާ ދީބަލަ މިސަރުކާރު އަޅެ! މިހާރު ބަލާލި ހުރިހާ ދިމާލަކުންވެސް ފެންނަނީ މި ބާވަތުގެ ދެކޮޅުނުޖެހޭ ކަންކަން! ހަހަހަހަހަަހހަހަަހހަހަހަ!

    9
    1