މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވާން ފެށުމާ ގުޅިގެން، މާލޭަގައި ބާއްވަމުން އަންނަ ނައިޓް މާކެޓުތައް މެދުކަނޑާލަން އެޗްޕީއޭ އިން ނިންމި ނިންމުން ބަދަލުކޮށް، އެ އިދާރާގެ ގައިޑްލައިންތަކާ އެއްގޮތަށް އެފަދަ މާކެޓުތައް ބާއްވަން ހުއްދަ ދޭން ނިންމި ނިންމުން އަނެއްކާވެސް ބަދަލުކޮށްފިއެވެ.

މި ނިންމުން ބަދަލުކޮށްފައި ވަނީ އެޗްޕީއޭ އިން ކުރިއަށްގެންދިޔަ އިންސްޕެކްޝަނަކަށް ފަހުއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ނުދޭން އެޗްޕީއޭ އިން އެންގުމުން މާލޭ ސިޓީ ކައުންސިލުން އެކަން އިއުލާން ކުރީ ބުރާސްފަތި ވިލޭރޭ ކުރި އިއުލާނެއްގައެވެ. ނަމަވެސް ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވިދާޅުވީ އެނިންމުން ބަދަލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިރޭ އެޗްްޕީއޭ އިން އެޗްއީއޯސީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މާލެ ސިޓީގައި ކޮވިޑް ހާލަތު ގޯސްވަމުންދާތީ މާލޭގައި މަގުމަތީ ބާޒާރުތަަކާއި ހަފްލާތަކާއި، އިވެންޓްތައް ނުބާއްވަން ބުދަ ދުވަހު މާލެ ސިޓީ ކައުންސިލަށް އެންގި ކަމަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން ނައިޓް މާކެޓް ހިންގމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް އަނބުރާ ނުލިބޭނެ ފަދަ ހަރަދުތަކެއް ވަރަށް ގިނަ ހަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން އެ އެެޖެންސީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް ދީފައިވާނެ ކަމަށް އެ މެސެޖްގައި ވެއެވެ.

"އެހެން ނަމަވެސް މިއަދު މި އޭޖެންސީއިން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި މިކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއްގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަންދީގެން ކަމަށް ނުވާތީ، އެބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް މިއަދު ވަނީ އެންގިފައެވެ". އެޗްޕީއޭގެ އޮފިޝަލަކު ގްރޫޕަށް ފޮނުވި މެސެޖްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ ކުރާ ޖެއްސުމެއްތަ

  2. ޔ

    ބަރާބަރު. އުނގުޅޭހުރިހާއުނގުޅުމެއް ހުއްަޓުވަންޖެހޭ

  3. ފިރާޤު

    ނައިޓް މާކެޓް ނުބޭއްވީމަ ނިމުނީތަ. މާލެގެ ވިޔާފާރި ކުރާ ގިނަ ފިހާރަތައް ދަންވަރު 12 ޖަހާއިރުވެސް ހުޅުވާފައި ހުންނަނީ. މީހުންތައް ތޮއްޖެހިފައި. އިކޮނޮމިކް މިނިސްޓްރީން ބުނެފައި އެބައޮތް ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަން ޖެހޭކަމަށް. ކެފޭ ރެސްޓޯރަންޓް 01:00 ގައި ބަންދުކުރަން ޖެހޭނެ ކަމަށް. މިކަންވެސް ބެލޭނެ ގޮތެއް ސުވާލެއް ކޮށްލާނެ މީހަކު ނެތް. އެމީހަކާ އެމީހެއް. މިއޮތީވާ ގައުމެއް.

    10
  4. ލާބަ

    ބައޯކަލޯނާދޭ. މިގޭދޮށަށް ނާދޭ . ކޮވިޑް އެއީ މިކަހަލަ އެއްޗެއް.