20:54

އައްޑޫސިޓީން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

15:00

އިންޑިއާގައި ދުވާލަކަށް ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސް، ބަލީގެ ބިރުވެރިކަން ވަރަށް ބޮޑުވެއްޖެ

14:29

10:16

ކޮންމެ ހަ މަހުން ދުނިޔޭގެ އެންމެންނަށް ކޮވިޑް-19 ބޫސްޓަ ޑޯޒް ދިނުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން އުފެއްދި ސައިންސުވެރިން ބުނެފި.

 

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ މީހުންގެ ނިސްބަތް ވެސް އަންނަނީ އިތުރުވަމުންނެވެ.

ހުކުރު ދުވަހު އިތުރު 281 މީހަކު ވަނީ ރާއްޖެ އިން ކޮވިޑަށް ފައްސިވެފައެވެ. ހުކުރު ދުވަހު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 3601 މީހުންނެވެ. ހުކުރު ދުވަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %7.80 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ހުކުރު ދުވަހަކީ ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އެންމެ މައްޗަށް ދިޔަ ދުވަހެވެ.

ހުކުރު ދުވަހު ކޮވިޑް ޖެހުނު މީހުންނާއިއެކު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 3086 އަށް އަރާފައެވެ. ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން އަންނަނީ އޮމިކްރޮން ވޭރިއަންޓް ފެނުނު ފަހުންނެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ވޭރިއަންޓް ޓެސްޓް ކުރެވެން ނުހުންނާތީ ފައްސިވާ މީހުންގެ ތެރެއިން އޮމިކްރޮން އަށް ފައްސި ވަނީ ކިހައި އަދަދެއްގެ މީހުން ކަމެއް ނޭނގެއެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް މިހާރު އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަދި އިތުރުވަމުން ނުދިއުމެވެ. މިހާރު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު