ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމާބެހޭ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ގަވާއިދުގައި ވިޔަފާރީ ބެހިގެންދަނީ ތިން ބަޔަކަށެވެ. އެއީ އެންމެ ކުދި ފަންތި އަދި ކުދި ފަންތީގެ އިތުރުން މެދު ފަންތިއެވެ. ގިންތިތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެ ވިޔަފާރީއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އަހަރަކަށް ލިބޭ ޖުމްލަ އާމްދަނީގެ އަދަދުގެ އިތުރުން އަހަރަކަށް ލިބޭ ސާފު ފައިދާގެ އަދަދެވެ.

ގަވާއިދުގައި ބުނާ ގޮތުން އެންމެ ކުދި ވިޔަފާރީ ގޮތުގައި ގިންތި ކުރާނީ ޖުމްލަ އާމްދަނީގެ ގޮތުގައި ފަސް ލައްކައާ ހަމަޔަށް ރުފިޔާ ލިބޭނަމައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 75 ހާސް ރުފިޔާ ލިބޭނަމަ އެ ވިޔަފާރިއެއް ގިންތި ކުރާނީ އެންމެ ކުދި ވިޔަފާރީގެ ގޮތުގައެވެ. އެންމެ ކުދި ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދަކީ އެންމެ ގިނަވެގެން ފަހެކެވެ.

ކުދި ވިޔަފާރިތައް ގިންތިކުރަނީ ހަޔަކާއި ތިރީސްހާ ދެމެދު މުވައްޒަފުން ތިބޭ ވިޔަފާރިތަކެވެ. ޖުމްލަ އާމްދަނީ ގިންތި ކުރަނީ ފަސް ލައްކަ ރުފިޔާއާ ފަސް މިލިއަން ރުފިޔާ ހަމަޔަށް އާމްދަނީ ލިބޭ ވިޔަފާރިތަކެވެ.

މެދު ވިޔަފާރީގެ ގޮތުގައި ގިންތި ކުރަނީ ފަސް މިލިއަން ރުފިޔާގެ މަތިން އަދި ވިހި މިލިއަން ރުފިޔާއާ ހަމައަށް އާމްދަނީ ލިބޭ ނަމައެވެ. ސާފު ފައިދާގެ ގޮތުގައި ހަތްލައްކަ ފަންސާސް ހާސް ރުފިޔާއާ ތިން މިލިއަން ރުފިޔާއާ ދެމެދު އާމްދަނީގެ ލިބޭނަމަ އެ ވިޔަފާރީއެއް ހިމެނޭނީ މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައެވެ. މުވައްޒަފުން ގިންތި ކުރަނީ 30 އާއި 100 އާ ދެމެދުގެ އަދަދަށެވެ.

ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އަލަށް ރަޖިސްޓަރީކުރާ ކޮންމެ ވިޔަފާރިއަކުން، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރަން ހުށަހަޅާ ލިޔެކިޔުންތަކާއެކު، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ކުރިޔަށް ހިނގާ 12 މަސްދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ނިސްބަތްކޮށް، ގަވާއިދުގެ ތިން ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، ރެޖިސްޓްރާއަށް ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީންގެ އިއުލާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުރަޑި

    ކިހިނެއް ހިސާބު ހަދާ ބައެއްކަން ނެއެގޭ. 7 ލައކަ ރުފިޔާގެ ސޭލް އިން 5 މުވައްޒަފުންނަށް ކޮންމެ މުވައްޒަފަކަށް މިނިވަންވޭޖް މުސާރަ 7000 ރުފިޔާ ރޭޓުން އަހަރަކަށް 420000ރ ހަތަރުލައްކަ ވިހިހާސް ރުފިޔާ 120000ރ އެއަލައްކަ ވިހިހާސް ރުފިޔާ ތަނުގެ ކުލި 600000ރ ފަސދޮލަސް ހާސް ރުފިޔާ ކަރަންޓް ބިލަށް ދައްކަޢިރު ޖުމުލަ ޚަރަދު އެބައަރާ 6 ލައްކަ ރުފިޔާ ހަރަދަށް. މިކިޔަނީ ހަމަ އެކަނި ހިދުމަށްދިނުމަށް ދިޔަ ޙަރަދު ކޮބާ އަދި ކޮސްޓް އޮފް ގުޑުސް. 7 ލައްކަ ރުފިޔާގެ ސޭލް ހެދެއިރު އެއިގެ ފައިދާއަކީ 25% ނަމަ 175000ރ އެއްލައްކަ ހައްދިހ ފަސްހާސް ރުފިޔާ. އަދި އެއްލައްކަ ހަތްދިހަފަހަކުން 6 ލައްކަ ކަޑާލިމާ ފުރަތަމަ ގޮރޮސް ޕޮރޮފިޓަކީ 4250000ރ ހަތަރުލައްކަ ފަްނަަވީސް ހާސް އަހަރަކަ ގެއްލުން.. އެކަމަކު މިމީހުންގެ ގަވާއިދުގައި މިބުނަނި 7 ލައްކަ ރުފިޔާގެ ސޭލްސް ޖެހޭ ތަންތަނުން 5 މުވައްޒަފުންނަށް މިނިވަން ވޭޖް ދިފައި 75000ރ ހަތްދިހަ ފަސްހާސް ފައިދާ ވާނަމަ އެންމެ ކުދި ފަންތީ ގެ ވިޔަފާރިެއްގައި ރެޖިސްތްރިކުރަން ޖެހެއެ< އަރަތެއްނު. އަހަރަކު 7 ލައްކަ ރުފިޔާ ގެ ސޭލް އަކުން 75 ހަށް ރުފިޔާގެ ނެތް ޕުރޮފިޓެއް ޖެހޭނީ ގެރިބަކަރިން ފެލާހެނަް ފެލަން. އަހުރުމެން ދަންނަ ހިސާބެއް ނުން ތީ

    1
    1
  2. އަބްދޫ

    ކަލޯ ތިޔަގޮތަށް ވިޔަފާރި ގިންތިކުރުން ގާނޫނުއަސަސީގެ 17 ވަނަ މާއްދާ ހުއްދަނުކުރޭ.