ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ "އަލަމާ 5" ދޯނިން ގެއްލުނު ކެޕްޓަން ހޯދުމަށް އެމްއެންޑީއެފުން ކުރަމުން އަންނަ މަސައްކަތް ކުޑަ ކޮށްފިއެވެ.

ފ. ފީއަލިން ފުރައިގެން ދަނިކޮށް އަޑިއަށް ދިޔަ ދޯނިން ގެއްލިގެން ހޯދަމުން ދަނީ ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގު (32އ)އެވެ.

އެދޯނި އަޑިއަށް ގޮސްގެން އެމްއެންޑީއެފުން މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެމަސައްކަތުގެ ތެރެއިން އެދޯނިން ގެއްލުން ބިދޭސީ ދެމީހުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ. އެމީހުން ފެނިފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރަމުން އެމްއެންޑީއެފުން މިރޭ ވިދާޅުވީ، ދޯނީގެ ކައްޕި ޙޯދުމަށް ކަނޑާއި ވައިގެ މަގުން 7،299 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލަމާ-05 ދޯނީގެ ކެޕްޓަން ހޯދުމުގެ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޒަމާނީ ވަސީލަތްތައް ވަނީ ބޭނުން ކުރެވިފައިވާ ކަމަށާއި ނަމަވެސް ގެއްލުނު މީހާގެ ނިޝާނެއް ނެތުމުން ސަރފޭސް ސަރޗަކަށް އޮޕަރޭޝަން ބަދަލު ކޮށްފައިވާ ކަމަށެވެ.

"ކޯސްޓްގާޑާއި އާންމު ފަރާތްތަކާ ގުޅިގެން ހޯދަމުންދިޔަ ދޯނީގެ ކެޕްޓަންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކޯސްޓްގާޑުން ހިންގި ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަން، 2022 ޖަނަވަރީ 8 ވަނަ ދުވަހުގެ ރެއާ ހިސާބަށް ހިންގި އެކްޓިވް ސަރޗް ވަނީ ސަރފޭސް ސަރޗަކަށް ބަދަލުކުރެވިފައި" އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާ އާއި ގުޅިގެން މީހުން ހޯދުމުގައި ދޯނީގެ ވެރިފަރާތުގެ އިތުރުން ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ ރަށު ކައުންސިލް އިދާރާތަކުންނާއި، ރިސޯޓްްތަކާއި، ފުލުހުން އަދި ރާއްޖޭގެ ފުލައިޓް އޮޕަރޭޓް ކުރާ ފަރާތްތަކުގެ އެހީތެރިކަން ލިބުނު ކަމަށާއި އަދިވެސް އޭނާގެ މައުލޫމާތެއް ލިބިއްޖެނަމަ އެކަން ކޯސްޑްގާޑާ ހިއްސާ ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޓަމަސް

    2 ބޮންދުން ފެނިއްޖެ އެއްނު ދެން ހޯދާނެކަމެއް ނެތް؟!

    • ޢާއިޝާ

      ބޮންދެއް ވިޔަސް ދިވެއްސަކަށް ވިޔަސް އިންސާނެއްގެ ފުރާނަވާނީ ފުރާނަޔަށް