ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމާއެކު ޗައިނާއަށް ރާއްޖެ އިން ދައްކަން ޖެހޭ ލޯނުތަކަށް އޭރު ލުއިތަކެއް ދިން އިރު، އޭގެ ފަހުން ކުރި މަޝްވަރާތަކަށް ފަހު އިތުރު ލުޔެއް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ މިންވަރު 1.1 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއުތަކަށް ހޭދަކުރަން ޗައިނާއިން ދޫކުރި ލޯނުތަކެވެ.

މީގެ އިތުރުން ޗައިނާއިން މާލީ އެހީގެ ގޮތުގައި ވެސް މަޝްރޫއުތަކަށް ފައިސާ ދީފައިވެއެވެ.

މި ލޯނުތަކަކީ "ދަރަނީގެ މަޅިއެއް" ގޮތުގައި، މިހާރު ވެރިކަން ކުރާ އެމްޑީޕީގެ އިސް ބޭފުޅުން ސިފަ ކުރައްވަމުން ގެންދަވައެވެ. މި ކަމާ ގުޅިގެން ޗައިނާއަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ބައިނަލް އަގްވާމީ މަސްރަހުގައި ވާހަކަފުޅު ދައްކަވަނީ އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ދާދި ފަހުން ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅު ތެރެއިން މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއި ކުރެއްވިއެވެ. ރާއްޖެއަށް މުހިންމު ކަންކަން ހަމަޖެހިގެން ދިޔަ ނަމަވެސް ލޯނުތަކާއި ގުޅޭ އެއްބަސްވުމެއް ނެތެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު، މިދިޔަ ހަފްތާގައި "ވަގުތު" އަށް ދެއްވި އިންޓަވިއުގައި، ޗައިނާގެ ލޯނުތަކަށް އިތުރު ލުއި ހޯދުމަށާއި ލޯނު ރީސްޓްރަކްޗާ ކުރަން އެމްޑީޕީގެ ތެރެއިން ވެސް ގިނަ ބަޔަކު ގޮވާލައްވަމުން ދާއިރު އެ ކަމާއި ގުޅިގެން ކުރެވުނު މަޝްވަރާތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ދެއްވީ ކުރު ޖަވާބެކެވެ.

ޝާހިދު ވިދާޅުވީ "އޭގައި އިތުރު ލުޔެއް ދޭކަށް ޗައިނާއަކުން ނިންމާފައެއް ނުވޭ، އަޅުގަނޑުމެން އެ ވާހަކަތައް ދައްކަމުން ގެންދަނީ، އަދި އިތުރު ޑިވެލޮޕްމަންޓްއެއް ނެތް،" ކަމަށެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު "ވަގުތު" އަށް އިންޓަވިއު ދެއްވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެހެން ވިޔަސް އާލަމީ ބަލިމަޑުކަމުގެ ހާލަތު އައުމާއި އެކު ވެސް ޗައިނާއިން ގިނަ ލުއިތަކެއް ދިން ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. މި ހާލަތުގައި ނިމިދިޔަ ދެ އަހަރު ދިޔައިރު، އެ މުއްދަތު ހިނގައި ދިޔައީ ވެސް ލޯނު ދައްކަން ޖެހޭ މުއްދަތު ފަސްކޮށް ދިން ލުއިތަކުގެ ތެރެއިން ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"ދިވެހިރާއްޖޭން ޗައިނާއިން ނަގާފައި ހުރި ލޯނުތަކަށް ލުއި ލިބިގެން ދިޔަ، އަދި އެ ލޯނުތަކަށް ލުއި ލިބުމުގައި ޖީ20 ގެ ދާއިރާއިން ބޭރުން ކުންފުނިތަކަށް ނަގާފައި ހުރި ލޯނުތަކަށް ވެސް ޗައިނާ ސަރުކާރުން ލުއި ދިން. އެ ލުއިތަކުގެ ތެރޭގައި އަޅުގަނޑުމެން މިދިޔަ ދެ އަހަރެއްހާ ދުވަސް މި ދިޔައީ." ޝާހިދު ވިދާޅުވިއެވެ.

ޗައިނާއިން ދިން މާލީ އެހީގެ ފައިސާއިންނާއި ލޯނު ފައިސާއިން ސިނަމާލެ ބްރިޖް، ހުޅުމާލެ ދެވަނަފިޔަވަހި، އެ ބިމުގައި ގާއިމް ކުރި 7،000 އެއްހާ ފްލެޓްއާއި، ދަރުމަވަންތަ ހޮސްޕިޓަލްއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ފަދަ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ރަން ރީނދޫ

  ބުއްޅަބެ ކާރީ ބުނޭ ޗައިނާ އާއި ގިނައިން ފޮށޭށޭ. އޭރަށް ދަރަނި އެކަށް މާފު ކޮއްދޭނެޔޭ.

  15
  1
 2. މަތަރަސްމާ

  ބަލަ މިހިރަ ލަދުހަޔާކުޑަ ދެމުސާރަ ނަގާ މީހާ ޗައިނާއައް ކެނެރީނަޝިދާ ގަޑުބަލާގެން ވާހަކަކިޔާމީހާޔާ މި މީހުން މަލާމަތްކޮއް ފުރައްސާރަކޮއްފާއި ދެންލޯނު ލުއިދޭށޭބުނީމާނުދޭނެ އިންޑިޔާ އެއީ ބައްޕަ އެކަމަކު ހިތުރި ކަމެން ދިވެހިނައްކުރަނީ އިޑިޔައް ބޭސްފަރުވާއަކައްގޮސިއްޔާ ޕާސްޕޯޓްހޫރަލަނީ ހިތުރި ކަމެއްކޮއްލާއިރު ހައްޕުވެސްނުބުނެވޭ؟ކޮންމެސްވަރެއްގެހަޔާތެއްވެސްބަހައްޓަންޖެހޭ؟ މިވެސް ގައުމެއް؟

  13
  2
  • ހުސޭނުބޭ

   އެތަނުން އެއް މުސާރަ ޗައިނާގެ ދަރަނި ދައްކަން ބޭނުންކުރާނަމަ ލައްކަ ބޮޑު އެއްޗެއް މިހާރު ކުޑަވެއްޖައީސް

 3. ސަމާސާ

  ލުޔެއްދޭނެކަމެއް ނެތް. ރައްޔިތުންނަށް އޮތް އެއްމެ ބޮޑުބުރަޔަކީ ބަޖެޓާއި ނުބައްދަލު ސިޔާސީ މަގާމްތަކާއި ގޮތް ނޭނގޭ ގޮތަށް ކުންފުނިތަކަށް ބަދަލު ދިނުމާއި އިންޑިއާއިން ނަގާ އިބްޓްރަސްޓް ބޮޑު ބިޔަ ލޯންތައް.
  މިއީ އަމިއްލަ ކޮންޓްރޯލްގައި ހުރިކަންކަން. މިކަންރަނގަޅުނުކޮށް ކޮސްގޮވީމާ ކަޑަ.

  ގައުމުގެ ބަޖެޓަށް އޮތް އެއްމެބޮޑު ބިރަކީ ޗައިނާކަމަށް ރައްޔިތުންނަށް ދައްކަން ނޫޅޭ..

  15
 4. މޕ

  އެހެންވާނީ އަދިވެސް ބަވާ އެމީހުންނަށް

  11
 5. ހިމާރުލްގައުމު

  ނުދޭތި ޗައިނާ. ގިއްގަޅުވާލާ.

  • ހިމާރުލް ގައުމުގެ ބަފާ

   ކަލޭހިތުން ވަރަށްމޮޅުވާހަކައެއްދޯ ތިބުނެވުނީ

   1
   1
 6. އަލީ

  ޗައިނާއިން ނެގިލޯނުން ރިޓާންގެ ގޮތުގައި މިހާރު ލިބޭފައިސާއިން ނުދެއްކެންވީ ސަބަބެއްނޭގެ. އެއަރޕޯޓް ޓެކްސް. ޓީ.ޖީ.އެސް.ޓީ އިތުރު ނުވޭތޯ؟ ދަރުމަވަންތަ ހޮސްޕިޓަލުން ދެވޭޙިދުމަތުގެ ސަބަބުން އާސަންދައިގެ ޙަރަދުގައި ރާއްޖެއިން ބޭރަށް ދާންޖެހުން މަދު ނުކުރެވޭތޯ؟ މިފަދަ ކިތައް ކަންތައްތޯ ޗައިނާގެ ލޯނުން ކޮށްފައިހުރީ؟

  14
 7. ލޮލް

  ތީ ޗައިނާގެ މައްސަލައެއްނޫން. ތީ ކަލޭމެންގެ ގަޅި ގަމާރުކަން. ވެރިކަމަަށް ކުރިމަތިލާއިރު ކުރިން ވެރިކަމުގައި ހުރި މީހާ ހާވާފައި ހުރި ހަޑި ސާފުކުރަން ޖެހޭނެކަމާއި، އެހަޑިތައް ސާފުކުރަން ފިހިގަނޑަކާ މޮޕަކާ އެއްޗެހި ބޭނުންވާނެކަން ދަންނަންވާނެ. އެންމެ މުހިންމު ކަމަކީ އެހަޑިތައް ސާފު ކުރާނެ ގޮތެއް ރާވައި އެކްޝަން ޕުލޭނަކާއެކު ވެރިކަމާ ހަވާލުވުން. އޭރުގައި އެކަން ނުކޮށް މިހާރު ބަނޑައިދުލޭ ކިޔަކަސް ވާނެކަމެއް ނޯންނާނެ. ދެންވެސް ލޯނުތައް ނެގިމީހާކައިރީ އަހާބަލަ އެލޯނުތައް ދައްކަން އެމީހާ ރާވާފައި ހުރީ ކޮންކަންތައްތަކެއްތޯ!

  13
  1
 8. Anonymous

  މުޅި އުމުރު އުޅެން 2 ރޫމް އެޕާރޓްމަންޓްގެ 7000 ފްލެޓް އެއީ ތަރައްޤީއެއްކަމަށް ވަންޏާ ދެން ބުނާންހުރި އެއްޗެހި މިތާކު ނުލިޔެވޭނެ.

  2
  11
  • ބޮޑުމަސް

   2ރޫމް އެޕާޓްމެންޓް ހަދާފާ އެހުރީ އެތާނގާ 20، 30 މީހުން އުޅޭކަށްނޫނޭ. ތަންދޮރުނޭގި ކޮމެންޓްކުރާނެކަމެއްނެތް

  • ހާކިމާ

   ދެން އެހެން ފްލެޓެއް ހޯދާނީ

 9. Anonymous

  ދެންވެސް ސިޔާސީ ވެރިން ލާރި ނުކައި ލޯނު ދައްކަބަލަ

 10. އާރުސީއެންސީ

  އެކަމާތަ އޭނަ ގެނެސް ހައްދަން ތި އުޅުނީ.. ހަހަހަހ

 11. ކޮރަލް

  ޗައިނާ ރުޅި އަރުވާލީމަ ގޯސް ވީ އެވެ. އަންނި ދެއްކި ހަޑި ވާހަކަ ތައް އެހެރީ ފެންނާށެވެ. ދެން މިހާރު ލުއި ހޯދަނީ އިންޑިޔާ އިން އަނެއް ބިލިއަން ޑޮލަރު ހޯދާ ށެވެ.

 12. ޙައްގުބަސް

  ރައިސް ޔާމީންގެ ސަރުކާރުން ޗައިނާއިން 1.1 ބިލިޔަން ޑޮލަރުގެ ލޯނ ނަގައި ރާއްޖެގައި ކޮށްފައިވާ މަސައްކަތް އެހެރީ ދިވެހި ރައްޔިތުންގެ ލޮލަށް ފެންނަން!! އެއީ ހުޅުމާލެ ދެވަނަ ފިޔަވައްސާއެކު 7000 ފްލެޓް! އެންމެ ޒަމާނީ ވަސީލަތްތަކާއެކު 25 ބުރީގެ ދަރުމަވަންތައް ހޮސްޕިޓަލް! ސިނަމާލެ ބްރިޖް ހުޅުމާލެ މާލެ ހައިވޭއާއެކު!! ހުޅުލޭގައި މުޅިން އަލަށްއެޅި ޒަމާނީ ފެންވަރުގެ އާ ރަންވޭ!! ހުޅުލޭގައި އެޅި ހަރަތު ބުރީގެ އާ ސީޕްލޭން ޓާމިނަލާ ފާލަންތައް!! އަހަރަކު ހަތް ލައްކަ ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ގައި ފަށައިގެން ކުރިއަށް އެގެންދާ ދެ ބުރީގެ އާ ޕަސިންޖަރ ޓާމިނަލް އާއި މިފަދަ އެތައްކަމެއް!! އަޅުގަނޑު އަހާލަން ބޭނުންވަނީ މި ނަހަލާލު ސަރުކާރު ޑުއަލް ޖޮބް މިނިސްޓަރުކައިރިން އިންޑިޔާއިން 1.7 ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން މިރާއްޖޭގައި ކަލޭމެންކުރީ ކޮން ކަމެއްހޭ!! ނުވަތަ ކުރަނީ ކޮން ކަމެއްހޭ!! ރައްޔިތުންނަށް ފެންނަން އޮތީ އެންމެ ކަމެއް! އެއީ އަޑިނޭނގޭ އެއްބަސްވުންތަކުގެ ތެރެއިން އިންޑިޔާ ސިފައިންގެ ގިނަ ޢަދަދެއްގެ ބަޔަކު މިރާއްޖޭގެ ގާނޫނުވެސް އެމީހުންގެ މައްޗަށް ނުހިނގާގޮތަށް މިރާއްޖެގައި ބައިތިއްބައިގެން އުޅޭތަން!! އީސީ ޝަރީފާ ގުޅިގެން ވޯޓުން ވައްކން ކޮށްގެން އައިސްފައިވާ ނަހަލާ ބައެއް!! ރައްޔިތުން މިމީހުން ބޭރުކުރާނެ!!

 13. ގަލަން ތުނޑު

  މިޝާހިދު މީ ވަރަށް ހާޔާތްކުޑަވެސް ބޭފުޅެއް