ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މަބްރޫކް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިއަދު ވިދާޅުވި ގޮތުގައި އޭނާ ކޮވިޑް-19 އަށް ފައްސިވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް މިދުވަސްކޮޅު ޖަވާބު ނުދެއްވެނީ އެ ސަބަބާ ހުރެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މި ދުވަސްކޮޅު ހުންނެވީ "މެޑިކަލް ލީވް"އެއްގައި ކަމަށާއި ސިއްހީ ހާލުކޮޅު ރަނގަޅުވީހާ އަވަހަށް މަސައްކަތަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ގިނަ ބަޔަކަށް އެނގިގެން ދިޔައީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން ފުރަތަމަ އުފެއްދި އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ހަމަޖެއްސި ހިސާބުންނެވެ. އެ ތަނުގެ ތަރުޖަމާނަކަށް ހުންނަވައި މަބްރޫކް ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މަބްރޫކް އެ ފަހަރު ފާހަގަ ކުރެއްވުނީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ކޮވިޑް-19 އާ ގުޅިގެން ނޫސްވެރިން ކުރާ ކޮންމެ ސުވާލަކަށް ހެން ޖަވާބު ދެއްވިއެވެ.

މަބްރޫކް ދާދި ފަހުން ވަނީ ތައިލެންޑްގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެންފައެވެ.

ކުރިން މަބްރޫކް ހުންނެވީ ރައީސް އޮފީހުގެ އަންޑާ ސެކެެރެޓަރީގެ މަގާމުގައެވެ. ނަަމަވެސް ފަހުން އޭނާ ވަނީ ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް ބަދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުބާރިކް

    ތިވެސްދެން ހަބަރެއް...

    9
    1
  2. Anonymous

    ހެހެހެ

    9
    1
  3. Anonymous

    ތައިލެންޑުގެ ވައްތަރުބާ

    7
    2
  4. ހުސެން

    ތައިލެންޑުގެ ވައްތަރުބާ

    8
    2
  5. ބުރުގާ

    މަރުހަބާ މަބުރޫކު، ރާއްޖޭގެ ކޮވިޑު ރޯނު އެދުރު. ރާއްޖެ ކޮވިޑު ލޮކްޑައުންތެރޭ އޮތްއިރު އޮންލައިންކޮއްވެސް އެއްވެސް ހަރަކާތެއް ނުބާއްވަން ބުނި މީހާ.

    11
    2
  6. ސަމްކުޅިބޭ

    މަބްރޫކް ބޫސްޓަރޑޯޒް ނުޖަހަނީތޯ؟ ރައީސްސޯލިހު ބުނީ ބޫސްޓަރޑޯޒް ޖެހީމާ ކޮވިޑުން ދިފާއު ވާނެޔޯ. މަބްރޫކް ބޫސްޓަރ ޑޯޒް ޖެހިކަމަށްވަންޏާ ރައީސް އެހެދީ ބޮޑުދޮގެއްނު.

    6
    2
  7. ނަޒޫ

    އެހެން މީހަކު ނޫޅޭ ތިޔަ ޖެހިދާނެތީއެއް

    2
    2
  8. އެހެންދީ

    ކޮމެންޓް ތަށް ކިޔާލީމާ އެންގޭނެ މިހާރު ދިވެހިންގެ ނަފްސާނީ މައްސަލަތަށް ހުރި ވަރު….ވަރަށް ދެރަ…..

    3
    2