ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ހަރަކާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންފިއެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޒާހިރަކީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. މަރޮއްޓަށް އުފަން ބޭފުޅެކެވެ. ޒާހިރު ވަނީ މަރޮށީގައި މިއަދު ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރާޝިދަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވައިފައެވެ.

އެހެން ނަމަވެސް އަދާލަތު ޕާޓީން މި އިންތިޚާބުގައި ތާއީދު ކުރާނެ ކެންޑިޑޭޓަކު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އެ ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ކުރިން ވިދާޅުވެފައި ވަނީ ފަހުގެ ވަގުތެއްގައި އެ ޕާޓީން ތާއީދު ކުރާނެ ކެންޑިޑޭޓަކު އިއުލާން ކުރާނެ ކަމުގައެވެ.

މި ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮންނަ އަދާލަތު ޕާޓީ ތަމްސީލް ކުރައްވާ ދެ ވަޒީރަކު ސަރުކާރުގެ ކެބިނެޓުގައި އިންނަވައެވެ. އެއީ މިނިސްޓަރު ޒާހިރުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

މި އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި އެމްއެންޕީން ވެސް ވާދަކުރެއެވެ.

އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސްގެ މަގާމު ވެސް ފުރުއްވީ ރާޝިދެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މޫސާ ފަތުހީއެވެ. ދައުލަތުގެ އެތައް މަގާމެއް ފުރުއްވި ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާފައިވާ އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން މިދިޔަ ތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ކޮމަންޑޫ ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީންނެވެ. ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑުއާއި ފޯކައިދުއާއި މަރޮއްޓަކީ އެމްޑީޕީއަށް ތާއީދު ބޮޑު ސަރަހައްދެއްގެ ގޮތުގައި އަބަދުވެސް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަންނި

    މިކެމްޕޭނުގައި އެއްވެސް ވަޒީރަކު ބައިވެރިނުވާނަމަ ސުލޫކީ މައްސަލަ ބެލޭނެތީ ހުރިހާ ވަޒީރުން ބިރުން ހީބިހި ނަގަނީ.

    20
    1
  2. Anonymous

    އަނެއްހެން ގޯހެއްނުން، އެވަޒީރުވެސް ކޮންމެހެން ނުގޮސް ހުންނާނެކަމެއްނެތް ދޯ؟

    11
  3. އަހްމަދު

    ޒާހިރުކެމްޕޭންގައިބައިވެރިވެވަޑައިގެންނެވީ މަޖްބޫރުހާލަތެއްގައިތޯ ނޫނީ އެމްޑީޕީން ހިންގާލާދީނީ ކަންކަމައް ތާއީދުކުރައްވާތީތޯ

    17
    1
    • ޙުސް ވާ

      ނަޝިދަށް އެހީވާ ކޮންމެ މިހަކީ އިސްލާދިން ނަށްތާލަން މަސައްކަތް ކުރާ މީހެއްކަން ބުނީ އިމުރާނު ރައްޔިތުންނަށް ބުނެދީ މިހުންމަގުފުރެއްދީ މިހުން މިހާރު ނަސީދަށް ވަގިވެރިވަނީއެހެން ވީމަ ތިބައިގަޑު ތީ އިސްލާމްދީނުގެ އަދުންވުންގެ ޕާޓީތާ އެމީހުންނަށް ވެރިކަން ހޯދައިދެން ތިތިބަ ތެޅިބާލަނީއ

      13
  4. ދުއްޕާން

    މީނަ ގޮސް ކީކިޔާނީ. ދޫބެދިފަ ހުރި އިސްލާމިކް މިނިސްޓަރެއް. އަދި މިހާތަނަށް މީނާ ކުރިކަމެއް ކުރާ ކަމެއް ނޭގެއެވެ. ހަމަ ޔަގީނުންވެސް ސަލްމާނު މިސްކިތް ބޭނުން ކުރެވޭގޮތެއް ނުވެއެވެ. މިސްކިތުގެ މަސައްކަތް ނިމުނުތާ ތިން އަހަރު ފުރިއްޖެއެވެ. ގޮޑިގަންނާނެ ފައިސާ ނެތިގެން ހުޅުވޭގޮތް ނުވެގެންނެވެ. މިވަރުގެ މީހަކަށް މީހަކަށް ކެންޕޭންކުރާނެ ގޮތެއް ތިޔާގެ ތެރޭން އެކަކުވެސް ބުނެދީބަލާށެވެ.

    13
  5. ޏަމް

    މިބެޔަށް ހުތުބާލިޔަންވެސް ނޭނގޭ ކީއްކުރާނީދޯ ފަހުޒަމާނަށް އައިސް ހުރި އިސްލާމިކު މިނިސްޓަރެއް.

  6. ކާޖާ

    ސަރު މަގާމަށް ކުފޫހަމަނުވެއެޭ އެމްޑީޕީ ކުދިން އެ ގޮވާ ހަ:ޅޭއްލަވަނީ! އެހެންވެ އަވަހަށް އެ ކުދިންކޮޅު ހިއްހަމަ ޖައްސާލާދީ ސަރުވެސް ސިޔާސަވެލީ ދެއްތޯ؟ ސަރު ގެ ގޮނޑި ހަމަކިރިޔާ ތިހުރީ ނުވެއްޓި! ވާންއަރުވާފަ ހިފަހައްޓާތި އިނގޭ! އެމްޑީޕީ ކުދިންކޮޅު އެ ތިބެނީ ހަމަ ކަޅިއަޅައަޅާ!

  7. އުގުރި

    މި ގޮނޑި ކަޓާފި ނަމަ ވަރަށް ވެސް ހީނުކުރާހާ ކަންތައްތައް ފެއްނާނެ..

    އިންޝާ ﷲ މިގޮޑިޔެއް ނުލިބޭނެ..

    10
  8. ހަވާސާ އިބޫ

    މަރޮއްޓަން އުފަންވިޔަސް ތިޔައީ މީދާކެއި އުންބެއް ތިޔަކުތް ނެތްކަމަެއް!

    3
    1
  9. ހަވާސާ ހަމީދު

    މޮގިންޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބު ނުވެއްޖެނަމަ ބަރުލަމާނީ ޔަގީންވާނެ ސާލިހުއަށް އިތުރު ޗޮއިސްއެއްނެތް! ޔާﷲ މިގޮންޑި އެމްޑީޕީގެ ކެންޑިޑޭޓަށް ނާކާމިޔާބު ދެއްވާންދޭވެ. އާމީން އިންޑިޔާ އަޓު ކެންޕެއިން ވަރުގަދަކުރަށްވާންދޭވެ އާމީން!

  10. އަލީ

    ތިޔާ ޒާހިރަކީ ކިޔަވާފަހުރިބީތާއެއް!!!