އދ. މަންދޫ ކައިރި ފަރަކަށް ޑައިވިންގއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މާންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެއް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ މާލެ ސަރަހައްދުގެ ސިފައިންނެވެ.
އދ.މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އެއް ފަތުރުވެރިއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފަށައިފި pic.twitter.com/qTD1t9wBT5
— Maldives National Defence Force (@MNDF_Official) January 15, 2022
އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ ވިދާޅުވީ، އެ މީހާ ގެއްލުނުކަަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު މެންދުރު ފަހު 15:55 ހާއިރު ކަމަށެވެ.
އަދި ގެއްލިގެން ހޯދަމުން ދަނީ 69 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެއް ކަަމަށްވެސް ހަނާ ވިދާޅުވިއެވެ.
އެ މީހާ ހޯދުމަށްޓަކައި ކަނޑު އުޅަނދުފަހަރު ހަރަކާތްތެރިވަމުންދާއިރު، އެ ސަރަހައްދުން ދަތުރު ކުރި ސީޕްލޭންތައް މެދުވެރިކޮށްވެސް އެ ސަަރަހައްދު ބަލާފައިވާ ކަމަށް ހަނާ ވިދާޅުވިއެވެ.
އަދި ކުރިއަށްއޮތް ދުވަސްތަކުގައި ކަނޑާއި ވަރުގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ މި ސާރޗް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަަމަށް ހަނާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ކަނޑުގައި ކޮންމެވެސް ގޮތް ނޭނގޭކަންތައްގަޑެއް އެބައުޅޭ
ކަނޑަށް މީހަކު ގެއްލުނަސް އިންޑިއާއޭ ބުނަން އުޅެވެނީ ދޯ…..ހޭބަލިވެފަދޯ ތިތިބެނީ….
ގޮތް އެނގޭ. އަހަރެމެން މިޔަރުމެންގެ ހަމަލާ ތަންކޮޅެއް ވަރުގަދައީ