ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީ ހުރިހާ ވައުދެއް މިހާރު ދަނީ ފެންނަމުން ކަމަށާއި އެ ކަންކަން މިހާރު ކޮށްދެވިފައިވާ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުއަށް ތާއީދު އިތުރުކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ދާއިރާގެ ތިން ރަށަށް ވެސް ދެ ފަހަރަށް ދެވިއްޖެ ކަމަށާއި ފެންނަ މަންޒަރަށް ބަލާފައި މި އިންތިހާބު ފަސޭހަކަމާއިއެކު ކާމިޔާބު ކުރެވޭނެކަމަށެވެ.

އެގޮތުން އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި އަދިވެސް އެހެން ކަންކަމާއި ދެކޮޅަށް ރައްޔިތުން ކުރެއްވި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުންކަން ފާހަގަ ކުރައްވާ މަހުލޫފް ވިދާޅުވީ އޭގެ ފަހުން ރައްޔިތުންގެ މަޖިލީހަށް ކެނޑިޑޭޓުންތަކެއް ގޮވައިގެން ނުކުތްއިރުގައި ހަގީގަތުގައި ރަށްރަށުގައި ތަރައްގީ ކޮށްދޭނެ ވާހަކަ ދައްކަން ހުރި ކަމަށެވެ.

"އޭރު ހަގީގަތުގައި އަދި ދައްކަން ހުރީ ވާހަކަ. ތަރައްގީ ކޮށްދޭނެ ވާހަކަ. އެކިއެކި ރަށްރަށަށް އެކިއެކި ޕްރޮޖެކްޓުތައް ހިންގަދޭނެ ވާހަކަ. މިއަދު ތިން އަހަރު ފަހުން އައިސް ތިބޭފުޅުންގެ ކުރިމަތީ އަޅުގަނޑުމެން ވޯޓު ދޭށޭ ބުނާއިރު އެހުރިހާ ކަމެއް ދެންމެ އެ ވިދާޅުވި ގޮތަށް އެދަނީ ފެންނަމުން. ކުރަމުން. ނިމިފައި އެހެރީ." މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވީ ވައުދުތައް ފުއްދިފައިވާކަން ހާމަކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

އަދި ކޮމަންޑޫ ދާއިރާއަށް ހަމައެކަނި ޔޫތު އެންޑް ސްޕޯޓްސްގެ ދާއިރާއިން ބެލިކަމުގައި ވީނަމަވެސް، މިމަހުގެ ތެރޭގައި ފޯކައިދޫގެ ދަނޑު މިމަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އަދި މަރޮށި ދަނޑު މިހާރުވެސް އޮތީ ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ނޭޅި އޮތީ ހަމައެކަނި ކޮމަންޑޫގައި ކަމަށާއި އެރަށު ދަނޑުގެ މަސައްކަތް ވެސް މިދިޔަ މެއި މަހުގެ ތެރޭގައި އިއުލާނުކޮށް މަސައްކަތް ފެށިފައިވާ ކަމަށް މަހުލޫފް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ކުރިޔަށްދަނީ އިންތިހާބަކާއި ގުޅިގެން ނޫން ކަމަށާއި އެއީ ސާފުކޮށް ފެންނާން އޮތް ކަމެއްކަން ފާހަގަ ކުރައްވާ އޭނާ އިތުރަށް ވިދާޅުވީ ރަށްރަށަށް އަރައިގެން ދާއިރުގައި ހީވަނީ ޕްރޮޖެކްޓެއް ހިންގާ ސައިޓެއްގެ ތެރެއިން ދެވޭހެން ކަމަށާއި ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ.

"ހަމަގައިމުވެސް ކަމެއް ނުވެގެންނޭ ކިޔާފައި ވޯޓު ނުދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. އެއްވެސް ސަބަބެއް މިހާރު ނޯންނާނެ. އަނިޔާވެރީކީ ނޫން." އަދުގެ ސަރުކާރަށް ތައުރީފު ކުރައްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ީަަްއަހުމަދު

  ޢެރަށްތަކެއްގަ އުޅޭރައްޔިތުންނާ ސަރުކާރުގެ ހިދުމަތްދޭ ތަންތާގެ ތިބިމީހުންނާ އެހިދުމަތް ލިބިގަންނަމީހުންނަށް ވަރަށް ސާފުކޮށް އިގޭމިގައުމު މިއޮތް ހާލަތު.ސުކުރިއްޔާ ތިހަދާ ދޮގުތަކަށް

  45
  4
 2. ޔުހާ

  ތީދެންކާކު މާފޮނިވާހަކަ ދައްކާން ބޮޑު ކުށްވެރިޔެއް

  49
  3
 3. މަހުފޫޅު

  ބޮރޯ.. ބުދަދުވަހު އޮތް ޝަރީއަތުން ސަލާމަތް ވާނެ ކަމަށް.. ހިތުން މޮޅުވާހަކަ އެއް ދަކަލީ ދޯ.. މިފަހަރު ދެން ނެތް ސަލާމަތްވާކަށް..

  49
  3
 4. ހަގީގަތް

  އިންތިހާބު ބާއްވަންވީމަ ފެށީވެސް ދެންކޮން ވާހަކައް ދަށްކާކަށް އަދި ނުވެސްނިމޭ

  20
 5. ގުދުގުދާބެއްޔާ

  ހޮޅިވާހަކަ ނުދައްކާ މާލެއަށް އުފަން މާލޭ މީހަކަށްވެހުރެ މަހުލޫފު ހަދާ ދޮގުދޯ! ކޮބައިތަ މާލޭ މީހުންނަށް ގޯތި ދޭން ވީ ވައުދު؟ އެ ނުފުއްދާ ދޭނަމޭ ދޭނަމޭ! ކިއިޔަސް މިފަހަރު މާލޭ މީހުން ގުނބޯ ނުހެއްދޭނެ! # ނޯ ވޯޓް ނޯ ގޯތި

  21
 6. ާަަްްްއަބުދުައްރަސީދު

  އޭ އޮރިޔާންކާޑު ކަލޭގެބަސް ގަބޫލުކުރާނީ ކާކު ސަރުކާރު އޮރިޔާން ކުރެވިއްޖެތަ، އިސްތިޢުފާ ދެވިއްޖެތަ އަދިވެސް އަނގަ ތަޅާތި، ލަދުކުނޑި،

  21
 7. ރަން ރީނދޫ

  އެއީ ހަމަ ތެދު. އައްޑޫ މީހުން ޖީބަށް ޕައުންޑް ވަދެ ޖީބުތައް ފަޅައިގެން ގޮސްފައި. އެ ނެރޭނެ ގޮތެއް ނޭނގިގެން އެ އަތޮޅުގެ ރައްޔިތުން އުޅޭނީ.

  24
 8. މާޟީ

  ހަނދު ބޮޑުވާ މީހެއް

 9. ފޯކައިދޫ އަލިބެ

  އެއީ ތެދެްނޫންތޯ ވެންޓިލޭޓަރތައް މީދާކާލީ އެއީ ސަރުކާރުގެ މައްސަލައެއްނޫނެއްނޫންތޯ އަނެއްކޮޅުން މާލޭގެ ރައްޔިތުންނައް ގޯތިދޭން ވައުދުވެގެން މަސްލިސް އިންތިހާބް ކާމިޔާބްކުރީ މިހާރު މަހުލޫފް އާއި މުޅި އާއިލާ އެއުޅުއްވަނީ މާލޭގެ ރައްޔިތުންނާ އެއްފަދައިން މިސަރުކާރުން ވީވައުދައް ދެއްވި ގޯތީގައިއުފަލާއަރާމުގައި ޑުރަގް އެތެރެކުރާ އިރައް އެއަތުލައިގަންނަނީ 100 ކިލޯއިން 200 ކިލޯއިން ސަރުކާރުން ކުރާނެ ކަމެއް ނޫން ދެއްތޯ އެދެރެކުރާ ޑުރަގް ރައްމެދައް ވިހެއުން ހަވާލްވާނެ މީހަކުނެތުން އޭސަހަރޯ މިޔޮއްގައުމެއް

 10. ޢަބުދުﷲ

  އޭތްމިހިރަ ބަހުލޫލާ ކޮބައިތަ ބާނާ މަހައް ދޭން ބުނި ހަމަ އަގު މަސްވެރިންނައް ވީވައުދު?

 11. މިތުރާ

  ފުއްދުނީ ފުނާއަޅަނިކޮށް ވެއްޓުނު 5 އިސްތަށިނަގަން ވިވައުދު،،،،ގައުމުގެ ނެތެމުން ދާޖީލުނަގާ ކޮށްޅަށްޖަހަން ކުރިވައުދު ކޮބާ؟ ޑުރަގުގެ ވަބާގަ ޖެހިފަތިބި ޒުވާނުންނަށް ވިވައުދު ކޮބާ؟ ބޮލޭ ނުކިޔާ ،ހުރިހާބާރަކާ އެެކީ ކޮންކަމެތްވީ؟ ޙުސްވަގުން ވެރިކަމަތް އަރަނީ