ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިލާ، ބްރިޖުތައް ކައިރީގައި ހަތް ކެފޭ/ރެސްޓޯރެންޓް ހަދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިއަދު ހުޅުވާލައިފިއެވެ.
މި ކެފޭ/ރެސްޓޯރަންޓް ހެދުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހަތް ބިމެއް ވަނީ ހާއްސަކޮށްފައެވެ. އެ ބިންތައް ދޫކުރާނީ ބިން ލިބޭ ފަރާތްތަކުން އެ ތަންތަނުގައި ރެސްޓޯރެންޓު/ކެފޭ ތަރައްގީކޮށް އަމިއްލައަށް ހިންގާ ގޮތަށެވެ.
މި ތަންތަން ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. އެޗްޑީސީގެ އިއުލާންގައިވާ ގޮތުން ޕްރޮޕޯސަލް ހުށަހެޅޭނީ އެޗްޑީސީގައި ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށް އެކަންޏެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ މެންދުރު 12:30ގައި އޮންނަ އިރު، މިއީ ޒޫމް މެދުވެރިކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖްގެ މަސައްކަތް ވެސް މިހާރު އޮތީ ނިމިފައެވެ.
ފަސް ބްރިޖް ވެސް ހެދީ ތާރު އަޅައި ވަރަށް ހިތްގައިމުކޮށެވެ. މިއީ، މިހާ ފުރިހަމަ ކުދި ބްރިޖުތަކެއް ރާއްޖޭގައި އެޅި ފުރަތަމަ ފަހަރެވެ. އެ ބްރިޖްތައް ހެދީ އަޑިން ކޯރެއް ހެން ފެން ދައުރުވާ ގޮތަށެވެ. ފަސް ބްރިޖު ވެސް ތައްޔާރުކޮށްފައި ވަނީ ތަފާތު ރީތި ޑިޒައިންތަކަކަށެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ބްރިޖުގެ ތެރެއިން ހަތަރު ބްރިޖު ގުޅިފައި ވަނީ، ފުރަތަމަ ފިޔަވަހީގެ ބޮޑު ހަތަރު މަގާއެވެ. ފަސް ވަނަ ބްރިޖެއް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަކިން އޮންނަ ޓޫރިޒަމް ޒޯނު ސަރަހައްދާއި، ދެ ވަނަ ފިޔަވަހީގެ އަނެއް ބައި ގުޅުވައިދޭށެވެ.
shukuriyaa raees yaameen
ބުރިޖް ކާރިޔަށްވުރެން ހިޔާ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓް ހެދުން މާރަގަޅު ނުންތޯ ؟ މީހުން ދިރިއުޅޭ ހިސާބުން އަދިވެސް ހިދުމަތެއް ނުލިބޭ !